މި ތަނުގައި ސައުވީހަކަށް ބަޔާންކުރެވެއެވެ:
1- ފަހަތު މަގުން ނުކުންނަ ތަކެތި.
2- ކުރިމަތީ މަގުން ނުކުންނަ ތަކެތި.
3- ފަނިއާއި ކުދި ހިލަ ފަދަ ތަކެތި ކުރިމަތީ މަގުން ނުވަތަ ފަހަތު މަގުން ނުކުތުން.
4- އިޙްތިޤާން ކުރުވުން.
5- އަންހެނުން ވިހާ މަގަށް އެޅި ބޭސް އަނބުރާ ނުކުތުން.
6- މީހަކު ކަންފަތަށް އެޅި ބޭސް އަނގައިން ނުކުތުމުން ވުޟޫ ގެއްލެއެވެ. [ކަންފަތުން ނުވަތަ ނޭފަތުން ނުކުތަސް ވުޟޫ ނުގެއްލެއެވެ (ހިންދިއްޔާ).]
7- ފިރިހެނަކު ކުޑަކަށި މަގަށް ޖެހި ކަފަކޮޅެއް ތެތްވެ ވެއްޓުން، [ކަފަކޮޅުގެ ބައެއް ބޭރުގައި ހުރެ، ބޭރުގައިވާ ބައި ހިކިކޮށް ހުރިނަމަ، ވެއްޓެންދެން ވުޟޫ ނުގެއްލެއެވެ.]
8- ކަފަކޮޅު ވެއްޓި، ބޭރުގައި ހުރި ބައި ތެތްވެފައިވުން.
9- އަނގަ ފުރާ ހޮޑުލުން. ބަލްޣަމް ހޮޑުލުމުން، ގިނަވިޔަސް، ވުޟޫ ނުގެއްލެއެވެ. ނިދާ މީހަކުގެ އަނގައިން ނުކުންނަ ފެން، ރީނދޫވިޔަސް ސާފެވެ.
10- ބަލިއެއްގެ ސަބަބުން ލޮލުން ކަރުނަ ގެލުމުން ވުޟޫ ގެއްލެއެވެ. ރުއުމުން ނުވަތަ ފިޔާ ފަދަ ތަކެތީގެ އަސަރުން ކަރުނަ ގެލުމުން ވުޟޫ ނުގެއްލެއެވެ.
11- ނޭފަތުން ނުކުންނަ ލެއާއި، ފަހާއި، ރީނދޫ ދިޔަ، ވަޅުން ބޭރަށް ނުނުކުތަސް ވުޟޫ ގެއްލުވައެވެ. ސިންގާ ނަޖިހެއް ނޫނެވެ. ވުޟޫ ނުގެއްލުވައެވެ.
12- ތުއްލާ ކެޅިގައި ފެންނަ ލޭ ގިނަވުން.
13- އެއްޗެއް ދަތުން ހިފާއިރު، ދަތުން ހިފި ތަނުގައި ލޭ ހުރެ، އެ ލޭ އަނގައަށާއި ދަތަށް އެލިފައިވާނަމަ، ވުޟޫ ގެއްލެއެވެ. ނޭޅިނަމަ ނުގެއްލެއެވެ.
14- ބަދަނުގެ ތަނަކުން ލޭ ނުކުމެ، މަދުވިޔަސް ފެތުރިފައި ހުރިތަން ފެނުމުން، ޙަނަފީ މަޛްހަބުގައި ވުޟޫ ގެއްލެއެވެ. މާލިކީ އާއި ޝާފިޢީ މަޛްހަބުގައި ނުގެއްލެއެވެ.
15- ޒީނެއް ނެތް ޖަނަވާރެއްގެ މަތީގައި ބަރުނިދީގައި ނިދައިގެން، ފާބައްތިއަކުން ތިރިއަށް ދިއުން.
16- ވުޟޫކުރިންތޯ، ނުކުރިންތޯ ޝައްކުވެ، ޣާލިބު ޒަންނު ހުރީ ވުޟޫ ނެތްކަމުގައިވުން.
17- ފިރިހެނަކު އަނބިމީހާއާ، ދެމީހުން ހުސްބަދަނުގައި ތިބެ ބައްދާލުން.
18- ވުޟޫގެ އަންގަތަކުން އަންގައެއް ދޮވުން ހަނދާންނެތި، އެއީ ކޮން އަންގައެއްކަން ނޭނގުން.
19- ބަދަނުގެ ތަނެއްގައިވާ ބުރެއްގެ ތެރެއިން، އަމިއްލައަށް ނުވަތަ ފިތުމުން، ފަހާއި ލެއާއި ރީނދޫ ދިޔަ ބޭރަށް ނުކުތުން.
20- ބަދަނުގެ ތަނެއްގައި ވަނެއް ހުރެ، އޭގެ މެދުތެރޭގައި ރީނދޫ ފެން، ލޭ، ހަވަނި ފަދަ ނަޖިސް ދިޔާ އެއްވެ، ޒަޚަމް ނުވެ ހުރި ތަނަކަށް ނުވަތަ އޭގެ މަތީގައި އޮތް ކޮޓަނަށް ނުވަތަ ފައްޓިޔަށް ލާފިނަމަ، ވުޟޫ ގެއްލެއެވެ. ވަނުންނާއި ގުރަހުން ނުކުންނަ ކުލައެއް ނެތް ފެނުން ވުޟޫ ނުގެއްލެއެވެއޭ ބުނެވިފައިވެއެވެ. ކަހަނބިލިޔާއި ކުޑަވިދޫރި [އަދި އެކްޒިމާ] ޖެހިފައިވާ މީހުންނަށް މި ޤައުލަށް ތަބާވުން ޖާއިޒުވެއެވެ.
21- އެއްޗަކަށް ބުރަވެގެން ނިދާ، ބުރަވެފައި ހުރި އެއްޗެއް ނަގާލައިފިނަމަ ވެއްޓޭނެ ގޮތަށް ވާނަމައެވެ.
22- ރުކޫޢާއި ސުޖޫދު ހިމެނޭ ނަމާދުތަކުގައި، ތިމާއަށާއި ތިމާގެ ކައިރީގައި ހުރި މީހަކަށް އިވޭ ވަރަށް ހީހުމެވެ. އެކަނި ތިމާއަށް އިވޭ ވަރަށް ހީފިނަމަ، ފާސިދުވަނީ ނަމާދު އެކަންޏެވެ. ވުޟޫ ނުގެއްލެއެވެ.
23- މީމަސްދޮށުވުމުގެ ބަލި އަރައިފިނަމަ، ނުވަތަ ހޭނެތިއްޖެނަމައެވެ.
24- ކަންފަތުން ހަވަނި، ރީނދޫ ފެން ނުވަތަ ލޭ ނުކުމެ، ހިނައިގަންނާއިރު ދޮވުން ލާޒިމުވާ ތަނަށް އެ ދިޔައިފިނަމައެވެ.
ޙައްމާމުގައި ހިނައިގަތުން ޔޫރަޕުގެ މީހާ ދަސްކުރީ އަހަރެމެންގެ އަތުންނެވެ.
މީގެ ކުރިން، ވަސްދުވަހުގެ ސަބަބުން އެމީހުންގެ ގޭގެތަކަށް ނުވަދެވުނެވެ.
ދުނިޔެއަށް ސާފުތާހިރުކަން ފެތުރީ މުސްލިމުންނެވެ.
މިހެން މީހުން ބޮޑު ހަސްމެއްގެ އަތުން ސަލާމަތްކޮށްދިނެވެ.