Hakikat Books
English
Preview: the booklet list is a draft awaiting approval. The text is taken unchanged from the book.

Faith and Truth

އީމާންކަމާއި އިސްލާމްކަން

From: Belief and Islam · 1 chapters ⏱ 4 min draft

Read the full book

Chapters in this booklet

  1. އީމާންކަމާއި އިސްލާމްކަން

އީމާންކަމާއި އިސްލާމްކަން

މި ފޮތް، إعتقادنامة، ގައި އީމާންކަމާއި އިސްލާމްކަމާ ބެހޭ ކީރިތި ރަސޫލާ (صلّى اللّه تعالى عليه وسلّم) ގެ ޙަދީޘް އޮޅުންފިލުވައިދެވޭނެ އެވެ. އަޅުގަނޑު އުއްމީދުކުރަނީ، މި ޙަދީޘުގެ ބަރަކާތްތެރިކަމުން، މުސްލިމުންގެ އީމާންތެރިކަން ފުރިހަމަވެ، އެބައިމީހުންނަށް ދިންނެވުމާއި، އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ގިނަ ފާފަތަކަށް އަރައިގެނެވިފައިވާ އަޅުގަނޑު ޚާލިދު ދިންނަވާނެ ކަމަށް ވެސް އަޅުގަނޑު އުއްމީދުކުރަމެވެ. އަޅުގަނޑު އެ ފަރާތަކަށް އީމާންވާ، އެފަރާތަށް ބޭނުމެއް ނުވާ އަދި އެކަލާނގެ ދަރުމަޔާއި، ނިޢުމަތްތައް ގިނަވެފައި، އެކަލާނެގެ އަޅުތަކުންނަށް ހަމްދަރުދީ ވެ ވޮޑިގަންނަވާ اللّه تعالى، ކުރެވިފައިވާ ހެޔޮކަންތައް މަދު އަދި ދައްކާފައިވާ ކަމުނުދާ ވާހަކަތަކުގެ ސަބަބުން ކަޅު ހިތަކާއެކު ވާ މި ނިކަމެތި ޚާލިދަށް ޢަފޫކުރައްވައި، މި އަޅާގެ ފުރިހަމަ ނޫން އަޅުކަންތައް ޤަބޫލުކޮށްދެއްވާނދޭވެ. މަގުއޮޅުވާލާ، ދޮގުވެރި ޝައިޠާނާގެ ނުބައިކަމުން [އަދި އިސްލާމް ދީނުގެ ޢަދުއްވުންގެ ދޮގުވެރި، ގޯސް ބަސްތަކާއި، ލިޔުންތަކުން މަގުއޮޅިގެން ދިއުމުން] އެކަލާނގެ އަޅަމެން ރައްކާތެރިކޮށްދެއްވައި، އަޅަމެން އުފަލުގައި ލަހައްޓަވާށި އެވެ! އެކަލާނގެ އަކީ، އޯގާތެރިންގެ ތެރެއިން އެންމެ އޯގާތެރި އަދި ދީލަތި ފަރާތްތަކުގެ ތެރެއިން އެންމެ ދީލަތި ފަރާތެވެ.

އިސްލާމީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބާލިޣު ޢުމުރު ހަމަވެފައިވާ ކޮންމެ މުކައްލަފު ފިރިހެން ނުވަތަ އަންހެން މުސްލިމަކު ވެސް اللّه تعالى ގެ صفات الذاتية އާއި صفات الثبوتية ރަނަގަޅަށް އެނގި ޤަބޫލުކުރަންޖެހޭނެ އެވެ. ކޮންމެ މީހެއްގެ މައްޗަށް ވެސް ކޮންމެހެން ކުރަންޖެހޭ (ފަރްޟް) ކަމަކީ އެއީ އެވެ. ނޭނގުމަކީ ޢުޒުރެއް ނޫނެވެ؛ އެއީ ފާފައެކެވެ. މި ފޮތް ޚާލިދު ބިން އަޙްމަދު އަލްބަޣްދާދީ ލިޔުއްވާފައިވަނީ، އެހެން މީހުންނަށް ގަދަކަމާއި، އެނގޭކަން ދެއްކުމަށް ނުވަތަ މަޝްހޫރުވުމަކަށް ނޫނެވެ. އެކަމަކު، ހަނދުމަކޮށްދީ، ޚިދުމަތެއް ދެއްވުމަށެވެ. اللّه تعالى ނިކަމެތި ޚާލިދަށް، އެކަލާނގެ ބާރާއި، އެކަލާނގެ ރަސޫލާ ގެ ބަރަކާތްތެރި ރޫޙުން އެހީތެރިވެ ވޮޑިގަންނަވާށި އެވެ! އާމީން.

اللّه تعالى ފިޔަވައި އެހެން ހުރިހާ އެއްޗަކަށް ކިޔެނީ ما سِوَى ނުވަތަ މިހާރު ޠަބީޢަތޭ ކިޔޭ عَالَمْ (އުފެއްދެވުން، ޔުނިވަރސް) އެވެ. ހުރިހާ މަޚްލޫޤުން ކުރިން ނެތެވެ. އެ ހުރިހާ އެއްޗެއް ހެއްދެވީ اللّه تعالى އެވެ. އެއީ مُمْكِنْ (ނެތުމުގެ ތެރެއިން ވުޖޫދުވެދާނެ) އަދި حديث (ނެތުމުގެ ތެރެއިން ވުޖޫދަށް އައި)؛ މާނަ އަކީ، އެ ބައިމީހުން ވުޖޫދަށް އައީ އެ ބައި މީހުން ވުޖޫދުގައި ނެތް އިރު ކަމަށް ވެދާނެ ކަމާއި، އެ ބައިމީހުން ވުޖޫދަށް އައީ ވުޖޫދުގައި ނެތީސް ކަމެވެ. "اللّه تعالى ވޮޑިގެންވިއެވެ. އެއްވެސް އެހެން އެއްޗެއް ނެތެވެ"، މި ޙަދީޘުން އެއީ، ތެދެއްކަން އެނގިގެން ދެއެވެ.

މުޅި ކައުނާއި (ޔުނިވަރސް) އެންމެހާ މަޚްލޫޤުންތަކަކީ، ނެތުމުގެ ތެރެއިން ވުޖޫދަށް އައި އެއްޗެހި ކަން ކަން އަންގައިދޭ ޙަޤީޤަތަކީ، މަޚްލޫޤުން ދަނީ އަބަދު ވެސް އެކަތި އަނެކައްޗަށް ބަދަލުވަމުން ކަމަށް ވާ އިރު؛ قديم (ފެށުމެއް ނެތް) އެއްޗެއް އެއްވެސް ގޮތަކަށް ބަދަލެއް ނުވާނެ އެވެ. اللّه تعالى ގެ ذات (މީހާ، ޖައުހަރު) އަދި ޞިފަތަކަކީ قديم އަދި އެއްގޮތަކަށް ވެސް ބަދަލުނުވާ އެއްޗެކެވެ. މަޚްލުޤުންނަށް އަންނަ ބަދަލުތަކަކީ، ނިމުމެއް ނެތް މާޒީއަކުން އަންނާނެ އެއްޗެއް ނޫނެވެ. އެ އެއްޗިހި އުފެދުމުގައި ފެށުމެއް ވެފައި، ވުޖޫދަށް އަންނާނީ ނެތުމުގެ ތެރެއިން އުފެއްދެވި މާއްދާ އިންނެވެ.

ކައުނަކީ مُمْكِنْ ކަމުގެ އަނެއް ހެއްކަކީ، މާނަ އަކީ، ވުޖޫދަށް އައީ ނެތުމުގެ ތެރެއިން ކަމުގެ ހެއްކަކީ، އަޅުގަނޑުމެންނަށް ފެންނަ ފަދައިން މަޚްލޫޤުންނަކީ ނެތުމުގެ ތެރެއިން ވުޖޫދަށް އައި އެއްޗެތި ކަމާއި، އެއެއްޗެތި ވުޖޫދުވެގެން އައީ ނެތުމުގެ ތެރެއިން ކަމެވެ.

ދެ ވައްތަރެއްގެ މަޚްލޫޤުން ވެއެވެ. އެއީ: مُمْكِنْ އާއި واجب އެވެ. ހަމައެކަނި مُمْكِنْ ވުޖޫދުގައި ވީނަމަ، ނުވަތަ واجب الوجود ނެތް ނަމަ، އެއްވެސް އެއްޗެއް ނެތީހެވެ. މި ސަބަބަށް ޓަކައި، مُمْكِنْ އަށް ވުޖޫދު ނުވެވުނީސްހެވެ. ނުވަތަ އަމިއްލައަށް ވުޖޫދުނުވެވުނީސްހެވެ. ކޮންމެވެސް ބާރަކުން އަސަރުފޯރާފައި ނުވާ ނަމަ، އެ އެއްޗެއް ވީހީ ނެތުމުގެ ތެރޭގައެވެ. އަދި ވުޖޫދު ނުވެވުނީހެވެ. مُمْكِنْ އަށް އަމިއްލަ އަށް ވުޖޫދުނުކުރެވޭ އިރު، އެހެން مُمْكِنْ އެއްޗެއް ވުޖުދުނުކުރެވޭނެ އެވެ. އުފެއްދަވާފައިވާނީ واجب الوجود އެވެ. عالَم ވުޖޫދުވުމުން އެއިން ދޭހަކޮށްދެނީ، ނެތުމުގެ ތެރެއިން އެ އެއްޗެއް އުފެއްދެވި ޚާލިޤު ވާ ކަމެވެ. އެހެންކަމުން، އެ ހުރިހާ مُمْكِنْ އެއްޗެއް، މަޚްލޫޤުންތައް، އުފެއްދެވި ޚާއްޞަ މަޚްލޫޤަކީ، ނެތުމުގެ ތެރެއިން ވުޖޫދަށް އައުމެއް ނުވަތަ مُمْكِنْ ވުމެއް ނެތް އެކަމަކު ވުޖޫދުގައިވާ އަދި قديم (ފެށުމެއް ނެތް) ހަމައެކަނި واجب الوجود އެވެ. واجب الوجود ގެ މާނަ އަކީ، އެ އެއްޗެއްގެ ވުޖޫދަކީ އެހެން އެއްޗަކުން އައިސްފައިވާ އެއްޗެއް ނޫން ކަމާއި، އެކަމަކު އޭގެ ޒާތުގައި އުފެދިފައިވާ އެއްޗެއް ކަމެވެ. މިއީ ވެފައިވާ ގޮތް ނޫން ކަމުގައި ވާ ނަމަ، އެވެފައި އޮތް ގޮތަކީ، މަޚްލޫޤު (مُمْكِنْ އާއި حديث) އުފައްދަވާފައިވަނީ އެހެން ފަރާތަކުން ކަމެވެ. މިއީ، މަތީގައި ޚުލާޞާކުރެވިފައިވާ ގޮތާ އިދިކޮޅެވެ. ފާރިސީ ބަހުގެ (ކިރިތި اللّه ގެ ނަމެއްގެ ގޮތުގައި ބޭނުންކުރެވޭ) 'ޚުދާ' ގެ މާނަ އަކީ، 'އަބަދު ވެސް އަމިއްލަ ޒާތުގައި ވުޖޫދުވުން، ދާއިމީ' އެވެ.

އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި، ދިރިހުރި ތަކެތީގެ ދަރަޖަތައް ވަނީ، ޙައިރާންކުރުވަނިވި ހާ ތަރުތީބަކުންނެވެ. އަދި ކޮންމެ އަހަރަކު ވެސް ސައިންސް ގެ ހޯދުންތަކުން މި ތަރުތީބުގެ އާ ޤާނޫނުތައް ފެނެއެވެ. މި ތަރުތީބު އުފައްދަވާފައިވާ ޚާލިޤަކީ ޔަޤީނުން ވެސް حيّ (އަބަދަށް ދެމިވޮޑިގެންވާ)، عالِم (ހުރިހާ ކަމެއް ދެނެވޮޑިގެންވާ)، قادِر (ކުޅަދުންވަންތަ)، مُرِيد (ހުރިހާ ކަމެއްގެ އިރާދަކުރައްވާ)، سامِع (ހުރިހާ އެއްޗެއް އައްސަވާ ވޮޑިގެންވާ)، بصير (ހުރިހާ އެއްޗެއް ދެކެވޮޑިގެންވާ)، مُتَكلِّم (ހުރިހާ ބަހެއް ދެނެވޮޑިގެންވާ)، خالِق (އުފައްދަވާ) މި ޞިފަތަކުގެ ވެރި ރަސްކަލާނގެ އެވެ. އެހެނީ، މަރާއި، ޖާހިލުކަމާއި، ޤާބިލުނުވުން ނުވަތަ އެހެން ފަރާތެއްގެ މަޖްބުރުގެ ދަށުގައި ހުރުމާއި، ބީރުކަމާއި، ކަނުކަމާއި، ގަމާރުކަމަކީ އުނިކަންތައްތަކެވެ. މިފަދަ އުނި ޞިފަތައް، މި عالَم ނުވަތަ كائنات (ވާހާ އެއްޗެއް) މިފަދަ ފުރިހަމަ ތަރުތީބަކުން އުފައްދަވައި، އެ އެއްޗެތި ނެތިގެންދިއުމުން ރައްކާތެރިކޮށްދެއްވާ އެ ފަރާތުގެ ކިބައިގައި ހުރުމަކީ މުސްތަޙީލު ކަމެކެވެ.

ހަމަ އެއާއެކު، މަތީގައި ބަޔާންކުރެވިފައިވާ ފުރިހަމަކަމުގެ އިތުރު ޞިފަތައް މަޚްލޫޤުންގެ ކިބައިން ވެސް އަޅުގަނޑުމެންނަށް ފެނެއެވެ. މި ޞިފަތައް އެ ފަރާތުގެ ކިބައިގައި ނެތް ނަމަ ވެސް އެ ފަރާތުން ހައްދަވާ މަޚްލޫޤުންގެ ކިބައިގައި އެ މަޚްލޫޤުން އެކަލާނގެ އަށް ވުރެ މަތިވެރިވީހެވެ.

ހަމަ އެއާއެކު ދަންނަވަންޖެހެނީ، މި ހުރިހާ ޢާލަމްތަކެއް އުފެއްދެވި ފަރާތަކީ ހުރިހާ ފުރިހަމަކަމަކާއި، މަތިވެރި ކަމެއްގެ ވެރި ފަރާތްކަމާއި، އުނި ސިފަތަކުން ދުރުވެގެންވާ ފަރާތް ކަމަށާއި، އެހެނީ، އުނިސިފަތައް ހުންނަ ފަރާތެއް އުފައްދަވާ ފަރާތަކަށް ނުވާނެ ކަމަށެވެ.

މި ހެކިތަކުގެ އިތުރަށް ވެސް، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އޮޅުންފިލުވައިދެނީ، اللّه تعالى ގެ ކިބަފުޅުގައި ހުރި ފުރިހަމަ ޞިފަފުޅުތަކެވެ. އެހެންކަމުން، އެ ޞިފަފުޅުތަކާ މެދު ޝައްކުކުރުން ޖާއިޒެއް ނޫނެވެ. އެހެނީ، އެ ކަމާ މެދު ޝައްކުކުރުމަކީ، ކާފިރު ވާ ސަބަބެކެވެ. މަތީގައި ބަޔާންކުރެވިފައިވާ 8 ޞިފަފުޅުތަކަށް ކިޔޭ ނަމަކީ، الصِّفات الثبُوتِيّة އެވެ. اللّه تعالى ގެ ކިބަފުޅުގައި ފުރިހަމަކަމުގެ ހުރިހާ އަށް ޞިފައެއް ވެއެވެ. اللّه تعالى ޞިފަކުރެވިފައިވަނީ ހުރިހާ ފުރިހަމަ ޞިފަތަކުންނެވެ. އަދި އެކަލާނގެ ޒާތުފުޅާއި، ޞިފަތަކާއި، ޢަމަލުފުޅުތަކުގައި އެއްވެސް އުނިކަމެއް، މަދުވުމެއް ނުވަތަ ބަދަލެއް ނެތެވެ. صفات الذاتية އާއި صفات الثبُوتِيّة އަށް ކިޔެނީ أُلُوهِيّة ގެ ޞިފަތައް ކަމަށެވެ. މަޚްލޫޤެއްގެ ކިބައިގައި أُلُوهِيّة ގެ ޞިފަތައް ހުރި ކަމަށް ޤަބޫލުކުރާ މީހަކު ވާނީ މުޝްރިކަކަށެވެ.

This booklet in other languages

Türkçe中文(普通话)EnglishPortuguêsРусскийFilipinoУкраїнськаČeštinaБългарски

Share

WhatsAppTelegramE-mail