Hakikat Books
English
Preview: the booklet list is a draft awaiting approval. The text is taken unchanged from the book.

Faith and Truth

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ތިން ވަނަ ރުކުން

From: Belief and Islam · 1 chapters ⏱ 8 min draft

Read the full book

Chapters in this booklet

  1. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ތިން ވަނަ ރުކުން

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ތިން ވަނަ ރުކުން

އީމާންކަމުގެ ހަ ރުކުނު ގެ ތެރެއިން ތިން ވަނަ ރުކުނަކީ، اللّه تعالى ބާއްވާލެއްވި ފޮތްތަކަށް އީމާންވުމެވެ. އެކަލާނގެ މީގެ ތެރެއިން ބައެއް ފޮތްތައް ނަބީ ބޭކަލުންނާއި، ރަސޫލާ ބޭކަލުންނަށް ފޮނުއްވީ، މަލާއިކަތާ އެ ބޭކަލުންނަށް ވަޙީ ކިޔައިދެއްވުމުންނެވެ. އަދި ބައެއް ފޮތްތައް ފޮނުއްވީ ލައުޙުތަކުގައި ލިޔުއްވައިގެންނެވެ. އަދި ބައެއް ފޮތްތައް ފޮނުއްވީ މަލާއިކަތާގެ މެދުވެރިނުވެ އަޑުއިވިގެންނެވެ. ބާވައިލެއްވި މި ހުރިހާ ފޮތްތަކަކީ، اللّه ގެ ކަލާމްފުޅެވެ. އެ ފޮތްތަކަކީ، ނިމުމެއް ނެތް މާޟީ އެއް އޮތް އަދި ދާއިމަށް ދެމިގެންވާ ފޮތްތަކެވެ. ބާވައިލެއްވި ފޮތަކީ މަޚްލޫޤެއް ނޫނެވެ. އެ ފޮތްތައް ލިޔުއްވީ اللّه تعالى އެވެ. އެއީ، މަލާއިކަތުން ލިޔުއްވި ނުވަތަ ރަސޫލުން އަމިއްލަފުޅަށް ވިދާޅުވި ބަސްފުޅުތަކެއް ނޫނެވެ. اللّه تعالى ގެ ވަޙި ބަސްފުޅު، އަޅަމެން ލިޔެ އުޅޭ، ވިސްނައި، އަދި ވާހަކަދައްކާ އުޅޭ ބަސްތަކާ އެއްގޮތެއް ނޫނެވެ. އެ ވަޙީ ބަސްފުޅު، ލިޔުމުންނާއި، ސިކުނޑިއާއި، ލަފްޒުން އިންސާނުންގެ ބަސްތަކުގެ ވުޖޫދާ އެއްގޮތްވުމެއް ނެތް، އަޑެއް ނެތް އަދި އަކުރުތަކުން އެކުލެވޭ ވަޙީ ބަސްފުޅެއް ނޫނެވެ. اللّه تعالى ގެ ޒާތުފުޅާއި، ޞިފަފުޅުތައް ވަނީ ކިހިނެއްކަން އިންސާނާ އަށް ވިސްނަނުގަނެވޭނެ އެވެ. އެކަމަކު، އިންސާނާ އަށް اللّه ގެ ކަލާމްފުޅު ކިޔައި، ހިތުދަސްކޮށް، ލިޔެހަދަން އެނގޭނެ އެވެ. އަދި اللّه ގެ ކަލާމްފުޅު ކިޔާ އިރު، އެ ވާނީ ޙާދިޘް ކަމެއްގެ ގޮތުގައެވެ. އޭގެ މާނަ އަކީ، اللّه تعالى ގެ ކަލާމްފުޅު ގެ ދެ ޚާއްޞިއްޔަތެއް ވާ ކަމެވެ. اللّه تعالى ގެ ކަލާމްފުޅު އިންސާނުންގެ ކިޔަވާ އިރު، ޙާދިޘް އަދި މަޚްލޫޤަކަށް ވެއެވެ. اللّه تعالى ގެ ކަލާމްފުޅު ގެ ގޮތުގައި ބަލާއިރު، އެއީ، ދާއިމަށް އަބަދަށް ދެމިހުންނަ (قديم) އެއްޗެކެވެ.

اللّه تعالى ބާވައިލެއްވި ހުރިހާ ފޮތްތަކަކީ ޙައްޤު ތެދެވެ. އެ ފޮތްތަކުގައި ދޮގެއް ނުވަތަ ކުށެއް ނެތެވެ. ޢިލްމީ ރިޕޯޓެއް ގައި ޢަޒާބު ދެއްވާނެ ކަމަށް ވަޙީކުރއްވާފައި ވިޔަސް، އެކަލާނެގެ ބައެއް އަޅުތަކުންނަށް ޢަފޫކުރެއްވުމަކީ ޖާއިޒު ކަމެއް ކަމެއް ކަމަށް ބުނެފައިވުން މާނަކުރަންޖެހޭނީ، ޢަފޫކުރެއްވުމަކީ، އަޅަމެންނަށް ވަންހަނާވެފައިވާ ޝަރުޠުތަކަކާ ގުޅިފައިވާ އެކަލާނގެ އިރާދަފުޅުގެ ތެރެއިން ހިނގާ ކަމެއްގެ ގޮތުގައެވެ. ނުވަތަ އެ ބުނާ ޢިލްމީ ރިޕޯޓް ގައި ބުނަންއުޅެފައި ވަނީ، އަޅުތަކުންނަށް ޙައްޤުވާ ޢަޒާބު އެކަލާނގެ ޢަފޫކުރައްވާނެ ކަމުގެ އުއްމީދު ކަމަށް ވެދާނެ އެވެ. އެއިން ވަކި ޙަޤީޤަތެއް އެންގެވުމަށް ނުފޮނުއްވާ އިރު، ޖަޒާ އާއި ޢަޒާބު ދެއްވާނެ ކަމަށް ވެވޮޑިގެންވާ ވަޢުދު ދޮގަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ اللّه تعالى ވަޢުދުވެވޮޑިގެންފައިވާ ޖަޒާތައް ނުދެއްވުމަކީ ޖާއިޒު ކަމަކަށް ނުވިޔަސް، ޢަޒާބު ޢަފޫކޮށްދެއްވުމަކީ، އެކަލާނގެ އަށް ޖާއިޒު ކަމެކެވެ. މި ޝަރަޙަ ހަމަޖެހުމުގެ އިތުރަށް މިކަމަކީ، ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި މިހާރު ވެސް ބަޔާންކުރެވިފައިވާ ވާހަކައެކެވެ.

ނުތަނަވަސްކަމެއް މެދުވެރިވެދާނެ ކަމުގެ ނުރައްކާ ނެތްހާ ހިނދަކު، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، މަތިވެރިވެގެންވާ ޙަދީޘްތަކުން ދޭހަވާ ލުޣަވީ މާނަ ކުރުމަކީ ޟަރޫރީ ކަމެކެވެ. ލުޣަވީ މާނަޔާ އެއްގޮތް އެހެން މާނަތައް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. مُتشبِهات އޭ ކިޔޭ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ވިސްނައިނުގަނެވޭ ފަދަ ފޮރުވިފައިވާ މާނަތައް ހިމެނެއެވެ. އެ މާނަތައް އެނގިވޮޑިގެންވަނީ ހަމައެކަނި اللّه تعالى އެވެ. އަދި علم اللدنية ލިބިފައިވާ ފާހަގަކުރެވޭ މަތިވެރި ވަރަށް މަދު ބަޔަކަށް އެ ބަސްތަކުގެ މާނަ އެކަލާނގެ ދެއްވި މިންވަރަކަށް އެނގެއެވެ. މި ސަބަބަށް ޓަކައި، އަހަރެމެން އީމާންވާންޖެހެނީ مُتشبِهات އާޔަތްތަކަކީ اللّه تعالى ގެ އާޔަތްތައް ކަމަށާއި، އެ އާޔަތްތަކުގެ މާނަ އަހަރެމެން ތަޙްޤީޤުކޮށްގެން ނުވާނެ ކަމެވެ. أشعري މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، އެފަދަ އާޔަތްތައް ކުރުކޮށް ނުވަތަ ތަފްޞީލުކޮށް تأويل ކުރުމަށް ވަނީ ހުއްދަވެފައެވެ. تأويل ގެ މާނަ އަކީ، ލަފްޒެއްގެ އެތައް މާނައެއްގެ ތެރެއިން ޢާއްމު ނޫން މާނަ އިޚްތިޔާރުކުރުމެވެ. މިސާލަކަށް ދަންނަވާ ނަމަ، اللّه ގެ ވަޙީ ބަސްފުޅު ކަމުގައިވާ (يَدُ اللّهِ فَوْقَ أَيْدِيهِمْ* الفتح: 10) މާނައީ: " اللّه ގެ يد قدرة ފުޅު ވަނީ، އެއުރެންގެ އަތްތަކަށް ވުރެ މަތީގައެވެ". މި އާޔަތާ މެދު އަހަރެމެން ބުނަންޖެހޭނީ، "މި އާޔަތުން اللّه تعالى ކުރައްވާ ކޮންމެ މާނައެއް އަޅާ ޤަބޫލުކުރަމެވެ". ބުނުން އެންމެ ރަނގަޅީ، "އަޅާ އަށް އެ އާޔަތުގެ މާނަ ނޭނގެއެވެ. ހަމައެކަނި އެނގިވޮޑިގެންވަނީ اللّه تعالى އެވެ". ނުވަތަ އަހަރެމެން ބުނަންޖެހޭނީ، "اللّه تعالى ގެ ޢިލްމުފުޅަކީ، އަހަރެމެންގެ ޢިލްމާ ތަފާތު ޢިލްމެކެވެ. އެކަލާނގެ އިރާދަ، އަހަރެމެންގެ އެދޭ ގޮތާ ތަފާތެވެ. ހަމަ އެއާއެކު، اللّه تعالى ގެ އަތްކޮޅު އެކަލާނގެ ހެއްދެވި އިންސާނީ މަޚްލޫޤުންގެ އަތްތަކާ ތަފާތެވެ".

اللّه تعالى ބާވާލައްވާފައިވާ ފޮތްތަކުގައި ބައެއް އާޔަތްތަކުގެ ޕްރޮނައުންސިއޭޝަން ނުވަތަ މާނަ ނުވަތަ މި ދެބައި ވެސް އެކަލާނގެ ވަނީ ބަދަލުކުރައްވާފައެވެ. އެހެން ފޮތްތަކުގެ ބަދަލުގައި ކީރިތި ޤުރްއާން ބާއްވައިލައްވައި، އެ ފޮތްތަކުގައިވާ ޤަވާޢިދުތަކުގެ ޞައްޙަކަން ވަނީ އުވާލައްވާފައެވެ. ދުނިޔެ ނިމެންދެން، ކީރިތި ޤުރްއާނުގައި ކުށެއް، އިތުރުކުރުމެއް، ހަނދާންނެތިފައިވާ ނުވަތަ އުނި ނުކުތާތަކެއް ނުހުންނާނެ އެވެ. އަދި އެ ޤުރްއާން ހަނދާނެއް ނުނެތޭނެ އެވެ. ކީރިތި ޤުރްއާނުގައި މާޟީ އާއި، މުސްތަޤްބަލުގެ ހުރިހާ ޢިލްމެއް ވަނީ ކީރިތި ޤުރްއާނުގައި ހިމެނިފައެވެ. މި ސަބަބަށް ޓަކައި، އެ ފޮތަކީ އެހެން ހުރިހާ ފޮތްތަކަށް ވުރެ މަތިވެރި އަދި މާ އަގުހުރި ފޮތެކެވެ. رسول اللّه (صلّى اللّه عليه وسلّم)ގެ އެންމެ ބޮޑު މުޢުޖިޒާތަކީ ކީރިތި ޤުރްއާނެވެ. ހުރިހާ އިންސީންނާއި، ޖިންނީން އެއްވެ ކީރތި ޤުރްއާނުގެ އެންމެކުރު ސޫރަތާ ވައްތަރު އެއްޗެއް ބުނަން އުޅުނަސް، އެ ކަމެއް ނުވާނެ އެވެ. (قُل لَئِنِ اجْتَمَعَتِ الإِنْسُ وَالْجِنُّ عَلَى أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعضُهُمْ لِبَعْضٍ ظَهِيرًا * الإسراء: 88) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވި ނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިން ކަމުގައި ވީނމަވެސް މެއެވެ.". އަދި ކީއްތޯއެވެ، ޢަރަބި ކަރައިގެ ބަލާޣާތްތެރި އަދަބީ ޝާޢިރުން އެއްވެ، ކުރު ތިން އާޔަތާ ވައްތަރު އެއްޗެއް ބުނަން ވަރަށް މަސައްކަތް ކުރިޔަސް އެ ކަމެއް ނުވި އެވެ. ކީރިތި ޤުރްއާނާ ދެކޮޅަށް ތެދުވާކަށް އެބައިމީހުންނަށް ކުޅަދާނައެއް ނުވިއެވެ. އެ މީހުން ތިބީ ޙައިރާންވެ، ހަދާނެ ގޮތް ހުސްވެފައެވެ. އެހެނީ، ކީރިތި ޤުރްއާންގެ ބަލާޣާތްތެރިކަން ވަނީ އިންސާނުންގެ ޤާބިލްކަމަށް ވުރެ މަތީގައެވެ. اللّه تعالى އިސްލާމް ދީނުގެ ޢަދުއްވުން ކީރިތި ޤުރްއާނުގެ ކުރިމަތީގައި ނުކުޅަދާނަ އަދި ބަލިވެފައިވާ ބަޔަކަށް ހައްދަވައެވެ. އިންސާނުންނަށް ޤުރްއާނާ އެއްފަދަ ފޮތެއް ލިޔުމުގެ ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. ކީރިތި ޤުރްއާނުގައި ވާ މޫރިތި އާޔަތްތައް، އިންސާނުންގެ ބަހުރުވައާއި، ޅެމާއި، ވަޒަނަށް ނުހުންނަ ޢިބާރާތްތަކާ ތަފާތެވެ. އެހެންނަމަވެސް، ކީރިތި ޤުރްއާން ބާވައިލެއްވުނީ، ޙިޖާރުކަރައިގައި ވާހަކަދެކެވުނު ބަހުން ކަމުގައި ވީ އިރު ވެސް މެއެވެ. އެއީ، އޭރުގެ ޢަރަބި އަދީބުންނާއި، ފަޞާޙާތްތެރިންނާއި، ބަލާޣާތްތެރިންގެ ބަހެވެ.

ސަމާވީ ފޮތްތައް

އަހަރެމެންގެ މައްޗަށް ބާވައިލެއްވިކަން އެނގިފައިވަނީ ސަތޭކަ ހަތަރު ސަމާވީ ފޮތެކެވެ. އެއީ: آدم (عليه السّلام) ގެ މައްޗަށް ބާއްވައިލެއްވި ދިހަ صُحف (صَحيفة - ކުޑަފޮތް - ގެ ޖަމްޢު) އާއި، شِيت (عليه السّلام) ގެ މައްޗަށް ބާއްވައިލެއްވި ފަންސާސް صُحف އާއި، إدريس (عليه السّلام) ގެ މައްޗަށް ބާއްވައިލެއްވި ތިރީސް صُحف އާއި، إبراهيم (عليه السّلام) ގެ މައްޗަށް ބާއްވައިލެއްވި ދިހަ صُحف އާއި، مُوسَى (عليه السّلام) ގެ މައްޗަށް ބާއްވައިލެއްވި التَّوراة އާއި، دَاوُد (عليه السّلام) ގެ މައްޗަށް ބާއްވައިލެއްވި الزَّبُور އާއި، عِيسَى (عليه السّلام) ގެ މައްޗަށް ބާއްވައިލެއްވި الإنجِيل އާއި، مُحمّد (عليه السّلام) ގެ މައްޗަށް ބާއްވައިލެއްވި القُرْآن އެވެ.

އިންސާނަކު ކަމަކަށް އަމުރުކޮށް ނުވަތަ މަނާކޮށް ނުވަތަ ސުވާލެއްކޮށް ނުވަތަ ޚަބަރެއް ދޭން ބޭނުން ވާ ނަމަ، އެކަމަކާ ދޭތެރޭ ވިސްނައި ތައްޔާރުވެއެވެ. ސިކުނޑީގައި ހުންނަ މިފަދަ މާނަތަކަށް ކިޔާއުޅެނީ الكلام النفسي އެވެ. މިފަދަ މާނަތަކަށް، ޢަރަތްބި ބަހޭ ނުވަތަ ފާރިސީ ބަހޭ ނުވަތަ ތުރުކީ ބަހޭ ނުބުނެވޭނެ އެވެ. އެކި ބަސްތަކުން އެ ވާހަކައެއް ބުނުމަކުން އެއީ އެއިން ތަފާތު މާނަތަކެއް ނުކުންނަންޖެހޭ ސަބަބެއް ނޫނެވެ. މި މާނަތައް ދޭހަވާ ލަފްޒުތަކަށް ކިޔެނީ الكلام اللفظي އެވެ. الكلام اللفظي އެކި ބަސްބަހުން ކިޔައިދެވޭނެ އެވެ. މިއިން ދޭހަވާ ކަމަކީ، الكلام النفسي އަކީ ވާހަކަދައްކާ މީހާގެ ކިބައިގައި ހުންނަ ޢިލްމާއި، ބޭނުންވުމާއި، ފެނުން ފަދަ އެހެން ޞިފަތައް ފަދައިން، ސާފު، ސާބިތު އަދި އާދައިގެ ޞިފައެއް ކަމެވެ. އަދި الكلام اللفظي އަކީ ވާހަކަދައްކާ މީހާގެ އަނގައިން ނުކުންނަ އަދި އަޑުއަހާ މީހާގެ ކަންފަތާ ހަމަޔަށް ފޯރާ الكلام النفسي ތަޢުބީރުކޮށްދޭ ބަސްތަކެކެވެ. اللّه تعالى ގެ ވަޙީ ބަސްފުޅަކީ، އެކަލާނގެ ޒާތުފުޅާ އެކުގައިވާ އަޒަލީ އަދި ދާއިމީ ޞިފައެކެވެ. އެއީ، اللّه تعالى ގެ صفات الذاتية އާއި، ދެނެވޮޑިގަތުމާއި، އިރާދަކުރެއްވުން ފަދަ صفات الثبوتية އާ ތަފާތު ޞިފައެކެވެ.

ވާހަކަދެއްކުމުގެ ޞިފަ (ވާހަކަދެއްކުން، ލަފަޒު) އަކީ ބަދަލުނުވާ ސާފު އެއްޗެކެވެ. އެއީ، އަކުރުތަކެއް ނުވަތަ އަޑުތަކެއް ނޫނެވެ. އަދި އަމުރެއް، ނުވަތަ ނަހީއެއް، ނުވަތަ ޚަބަރެއްގެ ގޮތުގައި، ނުވަތަ ޢަރަބި، ފާރިސީ، ޢިބްރީ، ތުރުކީ ނުވަތަ ސިރްޔާނީ ބަހުން ވާ އެއްޗެއް ކަމަށް ވަކި ކެޓެގަރީއަކަށް ނެހެދޭނެ އެވެ. އެފަދަ ޞިފަތަކެއް އެއަކު ނުޖެހެއެވެ. އެއީ، ލިޔެވޭ އެއްޗެއް ނޫނެވެ. އަދި ސިކުނޑިއާއި، ކަންފަތާއި، ދުލެއްވެސް ބޭނުމެއް ނުވާނެ އެވެ. އަދި ވިސްނުންތޫނުކަމާއި، ކަންފަތާއި، ދޫ ފަދަ އެއްވެސް ވަސީލަތެއް ބޭނުމެއް ނުވާނެ އެވެ. އެހެންނަމަވެސް، އެކަލާނގެ ކަލާމްފުޅަކީ، އެ ހުރިހާ އެއްޗަކާ ތަފާތު؛ ބޭނުން ކޮންމެ ބަހަކުން ކިޔޭނެ އެއްޗެކެވެ. އެހެންކަމުން، ޢަރަބި ބަހުން ކިޔާ ނަމަ، ކިޔެނީ القرآن الكريم އެވެ. ޢިބްރީ ބަހުން ނަމަ التوراة އެވެ. ސިރްޔާނީ ބަހުން ނަމަ، الإنجيل އެވެ. [شرح المقاصد މި ފޮތުގައި ވާ ގޮތުގައި، ގްރީކް ބަހުން ބުނެވޭ ކަމުގައި ވާ ނަމަ އެއީ الإنجيل އެވެ. އަދި ސިރްޔާނީ ބަހުން ބުނެވޭ ކަމުގައި ވާ ނަމަ އެއީ الزبور އެވެ.]

އިލާހީ ކަލިމަފުޅުން ތަފާތު އެކި މައުޟޫޢުތަކާ ބެހޭ ވާހަކަތަކުގެ ޚަބަރުދެއްވައެވެ. ހިނގާފައިވާ ނުވަތަ ވާން ހުރި ކަންތައްތަކުގެ ވާހަކަ ނަމަ، އެއަށް ކިޔެނީ ޚަބަރެވެ؛ އެހެން ނޫން ނަމަ، ކިޔެނީ إنشاء އެވެ. ކުރަންޖެހޭ ކަމެއް ނަމަ، ކިޔެނީ أمر އެވެ. ދުރުވާންޖެހޭ ކަމެއް ނަމަ ކިޔެނީ نهي އެވެ. އެކަމަކު، اللّه ގެ ވަޙީ ބަސްފުޅަށް ބަދަލެއް އަދ އިތުރުވުމެއް ނާންނާނެ އެވެ. ބާއްވާލައްވާފައިވާ ކޮންމެ ފޮތަކީ ނުވަތަ ކޮންމެ ޞަފްހާއަކީ اللّه تعالى ގެ ވަޙީ ބަސްފުޅުގެ ކަރުދާހެކެވެ. އޭގެ މާނަ އަކީ، އެއީ އެކަލާނގެ الكلام النفسي އެވެ. ޢަރަބިން ވާ އިރު، އެއަށް ކިޔެނީ القرآن الكريم އެވެ. މި ވަޙީ ބަސްފުޅަށް ކިޔެނީ الكلام اللفظي އެވެ. އަދި ކީރިތި ޤުރްއާނަކީ، އިލާހީ ކަލިމަ ކަމަށާއި، އިލާހީ ޞިފަ ކަމަށް ކިޔުން ޖާޒިރުވެގެން ވެއެވެ. އެހެނީ، އެއިން ތަޢްބީރުކޮށްދެނީ، الكلام النفسي އެވެ. اللّه ގެ ކަލާމްފުޅަކީ، އެއް ވައްތަރު ކަމަށް ވިޔަސް، މީހުންނަށް ބަލާ އިރު، އެކި ބައިތަކަށް ބަހާލެވެއެވެ. ޤުރްއާނުގެ ބައިތަކާއި، މުޅި ޤުރްއާނަށް ވެސް ކިޔެނީ القرآن الكريم އެވެ.

أهل السنّة ގެ ޢިލްމުވެރިން އިއްތިފާޤުވާ ގޮތުގައި، الكلام النفسي ޤަދީމް އެވެ. ޙާދިޘެއް ނޫނެވެ. الكلام اللفظي އަކީ ޤަދީމް ކަމަށް ނުވަތަ ޙާދިޘް ކަމަށް ދަންނަބޭކަލުންގެ އިޖްމާޢެއް ނެތެވެ. الكلام اللفظي ޙާދިޘް ކަމަށް ދަޢުވާކުރައްވާ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، الكلام اللفظي އަކީ ޙާދިޘް ނުވަތަ އުފެދިފައިވާ އެއްޗެއް ކަމަށް އަހަރެމެން ބުނުން ވާޖިބެއް ނޫނެވެ. އެހެނީ، އެއީ އުފެދިފައިވާ އެއްޗެއް ކަމަށް ބުނުމުން އެއިން ފަހްމުވަނީ الكلام النفسي އަކީ އުފެދިފައިވާ އެއްޗެއް ކަމެވެ. މިއީ، މި ކަމާ ގުޅޭ ގޮތުން އޮތް އެންމެ ރަނގަޅު ބަހެވެ. އެހެން މާނައެއް ދޭހަވާ ވާހަކައެއް އިންސާނާއަށް އަޑުއިވުމުން، ހަމަ އެ ވަގުތު އެ މާނަ ހަނދާންވެއެވެ. އަހްލުއްސުންނާގެ ޢިލްމުވެރިޔަކު ކީރިތި ޤުރްއާނަކީ ޙާދިޘް އެއްޗެއް ކަމަށް ވިދާޅުވި އަޑުއިވުމުން، އަހަރެމެންނަށް ވިސްނެންޖެހޭ ކަމަކީ، އެ ޢިލްމުވެރިޔާ އެ ޙަވާލާދެއްވީ އަހަރެމެންގެ އަނގައިން ބޭރުކުރާ އަޑުތަކަށާއި، ލަފްޒުތަކަށް ކަމެވެ. އަހްލުއްސުންނާގެ ޢިލްމުވެރިންގެ އިޖްމާޢުން ބަޔާންކުރައްވާފައިވާ ގޮތުގައި، الكلام النفسي އާއި، الكلام اللفظي އާ ދެ ވައްތަރުގެ ކަލާމަކީ ވެސް اللّه تعالى ގެ ކަލާމްފުޅެވެ. މި ބަޔާނަކީ ބައެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި، މަޖާޒީ ބުނުމަކަށް ވިޔަސް، ހުރިހާ ޢިލްމުވެރިން ވެސް އެއްބަސްވާ ގޮތުގައި، އެއީ ވަޙީ ބަސްފުޅެވެ. الكلام النفسي އަކީ اللّه تعالى ގެ ވަޙީ އޭ ބުނެވޭ ބަހުގެ މާނަ އަކީ، އެއީ اللّه تعالى ގެ ކަލާމްފުގެ ޞިފަ ކަމަށް ވެފައި، الكلام اللفظي އަކީ اللّه تعالى ގެ ވަޙީ އޭ ބުނެވޭ ބަހުގެ މާނަ އަކީ، އެއީ اللّه تعالى ގެ އުފެއްދެވުމެއް ކަމެވެ.

ސުވާލު: "މަތީގައިވާ ފަދައިން، اللّه تعالى ގެ އަބަދީ ކަލާމްފުޅުގެ އަޑު ނީވޭނޭކަން އެނގިގެންދެއެވެ. މީހަކު ތިމަންނަ އަށް ' اللّه تعالى ގެ ވަޙީ ބަސްފުޅު އަޑު އިވުނޭ' ބުނުމުން އޭގެ މާނަ އަކީ، 'އަހަންނަށް ވާހަކަދެއްކި އަޑާއި، ލަފްޒުތައް އިވުނު' ނުވަތަ 'އެ ބަސްތަކުން އަހަންނަށް އަބަދީ الكلام النفسي ވިސްނުނު' މިހެންނެވެ.

ޖަވާބު: مُوسَى (عليه السّلام) ވަނީ އިލާހީ ޢާދަޔާ ތަފާތުކޮށް، އެކަލާނގެ އަޒަލީ ކަލާމްފުޅު އަކުރު ނުވަތަ އަޑާ ނުލައި އަޑުއައްސަވާފައެވެ. އެކަލޭގެފާނު اللّه تعالى ވަޙީ ބަސްފުޅު އަޑުއައްސަވާފައިވަނީ، ސުވަރުގޭގައި ފެންނާނެ ފަދައިން އެ ކަން ހިންގި ގޮތް ވިސްނައިނުގަނޭ އަދި ސިފަ ވެސް ނުކުރެވޭ ފަދަ ގޮތަކަށެވެ. މޫސާގެފާނު ފިޔަވައި އެހެން ބޭކަލަކު اللّه تعالى ގެ ވަޙީ ބަސްފުޅު އަޑާ އެކު އަޑުއައްސަވާފައެއް ނެތެވެ. އެއީ، ހަމައެކަނި ކަންފަތަކުނެއް ނޫނެވެ. އެކަމަކު، އެކަލޭގެފާނުގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކުން އަދި ކޮންމެ ޒައްރާއަކުން ހުރިހާ ދިމާއަކުންނެވެ. ނުވަތަ އެކަލޭގެފާނު ވަޙީ ބަސްފުޅު އަޑުއެއްސެވީ ގަހާވީ ދިމާލުން އެކަނި، އެކަމަކު އަޑު ނުވަތަ ވައިގެ ވައިބްރޭޝަން ނުވަތަ އެހެން ވަސީލަތަކުނެއް ނޫނެވެ. މޫސާގެފާނަށް كليم اللّه އޭ ނަންދެވުނީ، އެކަލޭގެފާނަށް ވަޙީ ބަސްފުޅު އަޑު އިވިވަޑައިގަތީ މި ތިން ޙާލަތު ގައި ކަމަށް ވާތީ އެވެ. އަޅަމެންގެ ނަބިއްޔާ مُحمّد (صلّى اللّه عليه و سلّم) އަށް މިޢުރާޖަށް އަރައިވަޑައިގެންނެވި ރޭގަޔާއި، جبريل (عليه السّلام) ގެ އަރިހުން ވަޙީބާވައިލެއްވުނީ ވެސް މި ތިން ގޮތަށެވެ.

This booklet in other languages

Türkçe中文(普通话)EnglishPortuguêsРусскийFilipinoУкраїнськаČeštinaБългарски

Share

WhatsAppTelegramE-mail