Hakikat Books
English
Preview: the booklet list is a draft awaiting approval. The text is taken unchanged from the book.

Faith and Truth

ވައްހާބީންނާއި އެހެން ލާ މަޒްހަބީން

From: Belief and Islam · 1 chapters ⏱ 21 min draft

Read the full book

Chapters in this booklet

  1. ވައްހާބީންނާއި އެހެން ލާ މަޒްހަބީން

ވައްހާބީންނާއި އެހެން ލާ މަޒްހަބީން

ޞަޙާބީންނަށް ލޯބިވާ ކަމަށް ބުނެ، އެކަމަކު، ޞަޙާބީންނަށް ތަބާނުވެ، އެބޭކަލުންގެ ފިކްރަކީ، ފާސިދު އެއްޗެއް ކަމަށް ބުނާ ވައްހާބީން ތަބާވަނީ، އެ މީހުންގެ އަމިއްލަ ބިދުޢަ އަށެވެ. އެބައިމީހުންގެ ފިކުރަކީ، އެއްވެސް މަޒްހަބެއް ޤަބޫލުނުކުރާ أحمد أبن تيمية ގެ ފޮތްތަކާއި، އިނގިރޭސި ޖާސޫސު ހެމްފަރ ގެ ދޮގުތަކާ އެއްވެގެން އުފެދިފައިވާ ފިކުރެކެވެ. އެ މީހުން أهل السنّة ގެ ޢިލްމުވެރިންނާއި، ބޮޑެތި ޞޫފީންނާއި، ޢަލަވީން ދެކެ ނުރުހުން ވެ، އެ ހުރިހާ އެންމެން ގެ އަދުވައްޓާލުމަށް މަސައްކަތްކުރެއެވެ. އެ މީހުން ދެކޭގޮތުގައި، މުސްލިމުންނަކީ، އެ މީހުން އެކަންޏެވެ. އެ މީހުން ދެކޭގޮތުގައި، އެ މީހުންނާ އެއްފަދަ ނޫން އެންމެންނަކީ، މުޝްރިކުންނެވެ. ވައްހާބީން ބުނާގޮތުގައި، އެ މީހުން ނޫން މީހުންގެ މުދަލާއި، ފުރާނަ އެ މީހުންނަށް ހުއްދަ އެވެ. އެއާ އެކު، އެހެން މީހުންނަކީ، އިބާޙީންނެވެ. ވައްހާބީން ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘުން، ގޯސް، ބިދުޢައިގެ މާނަތައް ނެރެ، އެ މީހުން، ޝަރުޢީ ގިނަ ދަލީލުތަކާއި، ޙަދީޘްތައް ޤަބޫލެއް ނުކުރެއެވެ. ހަތަރު މަޒްހަބުގެ ބޮޑެތި ޢިލްމުވެރިންގެ ގިނަ ފޮތްތަކުގައި، ވައްހާބީން މަގުގެއްލިފައިވާ ކަމާއި، އިސްލާމް ދީނުން ބޭރުވެފައިވާ ކަމާއި، އިސްލާމް ދީނަށް ވަރަށް ބޮޑު ގެއްލުމެއް ދެމުންދާ ކަމުގެ ހެކި ހުށަހަޅުއްވާފައި ވެއެވެ.

أيوب صبري باشا ވިދާޅުވި އެވެ.: "ވައްހާބިޒަމް އުފެދިފައިވަނީ ލެއިން ތަތްތެޅިފައިވާ، އަނިޔާވެރި އިންގިލާބެއް ޢަރަބި ކަރަޔަށް ގެނައުމާ އެކުގައި ހިޖުރައިން 1205ހ. (1791މ.) ގައެވެ". ޢަރަބި ކަރައިގައި ހިޖްރައިން 1205ހ. (1791މ.) ގައި ލޭއޮހުރުވައިގެން ގެނައި އިންޤިލާބަކުން ފާޅުވި ވައްހާބިޒަމް އަށް ގޮވާލި އެކަކީ، މިޞްރުގެ محمّد عبده އެވެ. އޭނާ ދުނިޔޭގެ ކަންކޮޅުތަކަށް ވައްހާބިޒަމް ފަތުރާފައިވަނީ، އޭނާގެ ފޮތްތަކުގެ ޒަރީޢާ އިންނެވެ. އަކީ، މިޞްރުގެ ޤާހިރާ ގައި ހުރި جمعيّة الماسونيّة ގެ ރައީސް ކަމުގައިވާ جمال الّين الأفغاني (ނިޔާވީ 1314ހ. [1897މ.] ގައި) އާ ވަރަށް ޤަބޫލުވި މީހެކެވެ. محمّد عبده ގެ ފޮތްތައް، ނުވަތަ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް އެކުލަވާލެވުނު الإتّحاديّين ނުވަތަ جمعيّة الإتّحاد والترقّي ގެ ދުވަސްވަރު ތުރުކީ ބަހަށް ތަރުޖަމާކުރެވުނެވެ. އަދި މި ފޮތްތައް ޒުވާނުންނަށް ހުށަހަޅާފައިވަނީ، އިސްލާމީ ބޮޑު ޢިލްމުވެރިއެއް އަދި ކުރިއަރާފައިވާ މުފައްކިރެއްގެ ފޮތްތަކެއްގެ ގޮތުގައެވެ. އިސްލާމީ ޢިލްމުވެރިންގެ ނިވައިފަތްގަނޑުގައި أهل السنّة ގެ މަޒްހަބު ނައްތާލައި، ޚަރާބުކުރުމަށް ބޭނުންވެފައި ތިބި ފޮރުވިގެންތިބި ތިބި އިސްލާމް ދީނުގެ ޢަދާވާތްތެރިން މި ފުރުޞަތުގެ ބޭނުންކޮށް، ތަޢުރީފުގެ ބަސްތަކުންނާއި، މަޒްހަބީ މަދަޙަތަކުން ފިތުނަވެރިކަމުގެ އަލިފާން ރޯކޮށް، محمّد عبده އާސްމާނަށް އެރުވިއެވެ. އެއާއެކު، أهل السنّة ގެ ބޮޑެތި ޢިލްމުވެރިން ކަމުގައި ވި ހަތަރު މަޒްހަބުގެ އިމާމުންނަކީ، ޖާހިލުން ކަމަށް ބުނަން ފެށިއެވެ. އެ ޢިލްމުވެރިންގެ ނަންތައް ކިޔުން ހުއްޓާލެވުނެވެ. އެކަމަކު، ކީރތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އާއި، އިސްލާމް ދީނަށް ޓަކައި އެ ބޭކަލުންގެ ލޭ ޤުރްބާންކުރެއްވި އަހަރެމެންގެ ކާބަފައިންގެ ދަރިފަސްކޮޅާއި، ޢިއްޒަތްތެރި ޝަހީދުންގެ ދަރިން، އެތަކެއް މިލިޔަން ޕައުންޑެއް ޚަރަދުކުރެވުނު މި ޕްރޮޕަގެންޑާތަކާއި، އިޝްތިހާރުތަކުގެ ދަޅައިގައި ނުޖެހުނެވެ. މި ދޮގު 'އިސްލާމް ދީނުގެ ބަޠަލުން'ގެ ވާހަކަތައް އަޑެއް ނޭހި އެވެ. އަދި އެ ދޮގުތައް ޤަބޫލެއް ނުކުރި އެވެ. الله تعالى، ޝަހީދުންގެ ދަރިން، މި މަކަރުވެރި ޙަމަލާތަކުން ރައްކާތެރިކޮށްދެއްވި އެވެ. މިއަދު، މަޒްހަބެއް ޤަބޫލުނުކުރާ المودودي އާއި، سيد قطب އާއި، حميد اللّه އާއި، تبليغ الجماعة ގެ ފޮތްތައް ދަނީ ޒުވާނުންނަށް ހުށަހެޅެމުންނެވެ. އެ ފޮތްތަކުގައި ވަނީ، އިސްލާމީ ޢިލްމުވެރިންގެ ރައުޔުތަކާ ޚިލާފު ގެއްލެނިވެގެންވާ ފިކުރުތަކެވެ. އަހަރެމެން އަބަދުވެސް ތިބެންވާނީ، ސަމާލުވެގެންނެވެ. އެކަލާނގެ ލޮބުވެތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އަށް ޓަކައި، الله تعالى މުސްލިމުން ޣާފިލުކަމުގެ ނިދިން ހޭއަރުއްވައިދޭނވެ! ޢަދުއްވުންގެ ދޮގާއި، އޮޅުވާލުން ޤަބޫލުކުރުމުން އެކަލާނގެ އަޅަމެން ރައްކާތެރިކޮށްދެއްވާ ދޭވެ! އާމީން! ހަމައެކަނި ނަމާދުކުރުމުން އަހަރެމެންގެ ނަފްސުތައް އޮޅުވާލިޔަނުދެއްވާދޭނވެ! ސަބަބުތަކަށް ވާސިލުވުމަކާ ނުލައި ހަމައެކަނި ދުޢާކުރުމުން އަހަރެމެންގެ ނަފްސުތަކަށް އޮޅުވާލުމެވެ. އެ ގޮތަށް ދުޢާކުރުމަކީ، الله ގެ ޙަޟްރަތުން މުޢުޖިޒާތަށް އެދި ދެންނެވުން ފަދަ ކަމެކެވެ. މުސްލިމު މީހާ މަސައްކަތްކޮށް އަދި ދުޢާކުރަން ވެސް ޖެހޭނެ އެވެ. އަހަރެމެންގެ މައްޗަށް ފުރަތަމަ އޮތް ކަމަކީ، ދުޢާކުރުމެވެ. ދީން ޤަބޫލުނުކުރުމުން ސަލާމަތްވާން އޮތް ފުރަތަމަ ގޮތަކީ، އިސްލާމް ދީން ދަސްކޮށް، ކިޔވައިދިނުމެވެ. އިސްލާމް ދީނުގެ ރުކުންތަކާއި، އަމުރުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތައް އުނގަންނައިދިނުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. މިއަދު އެ ކަންތައްތައް އުނގެނުމަކީ، ނުހަނު ފަސޭހަ ކަންތައްތަކެވެ. އެހެނީ، ތެދު އިސްލާމީ ފޮތްތައް ލިޔެ ޝާއިޢުކުރުމުގެ މިނިވަންކަން ވަނީ ލިބިގެންނެވެ. މުސްލިމުންނަށް އެ މިނިވަންކަން ދީފައިވާ ސަރުކާރަށް ކޮންމެ މުސްލިމަކު ވެސް، އެހީތެރިކަން ދޭންވާނެ އެވެ.

أهل السنّة ގެ ޢަޤީދާ އާއި، ޟަރޫރީ ފިޤްހުގެ މަޢުލޫމާތުތައް ނުއުނގެނި އަދި ދަރިންނަށް އުނގަންނައިނުދޭ މީހުން އެ ތިބެނީ، އިސްލާމް ދީނުން ފެއަށް ޖެހި، ކުފުރާއި އިސްލާމް ދީނުން ދުރުވުމުގެ ނުރައްކަލަށް ހުރަހޮޅިފައެވެ. މިފަދަ މީހުން ކުފުރުގެ ތެރެއަށް ވެއްޓުމުން ދުރުވުމުން ފިޔަވައި، މިފަދަ މީހުންގެ ދުޢާ އިޖާބަ ނުކުރައްވައެވެ. ދެން މިފަދަ މީހުން ކުފުރުން ސަލާމަތްވެވޭނީ ކިހިނެއް ހެއްޔެވެ؟ ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދިޘްފުޅެއްގެ މާނައިގައި ވެއެވެ.: "ޢިލްމެއް ވާ ނަމަ، އެ ވަނީ އިސްލާމް ދީނުގައެވެ. ޢިލްމެއް ނުވާ ތަނެއް ގައި އިސްލާމް ދީން ނުވެއެވެ". ބަނޑުހައިހޫނު ކަމުގައި މަރުވުމުން ސަލާމަތްވުމަށް ޓަކައި، ކާންޖެހޭ ފަދައިން، ދީނުގެ ރައްކަލަށް ޓަކައި، އަދި ކާފިރުންގެ ބަސްތަކަށް ހެއްލިގެން ދިއުމުން ދުރުވުމަށް ޓަކައި، އަހަރެމެންގެ ދީން އުނގެނުމަކީ، ލާޒިމު ކަމެކެވެ. އަހަރެމެންގެ ކާބަފައިން ގިނަގިނައިން އެއްވެ، އިސްލާމީ ފިޤްހު ފޮތްތައް ކިޔައި، އަޑުއަހައި، އެ ބޭކަލުންގެ ދީނާއި ޢަޤީދާ ރައްކާތެރިކުރެއްވި އެވެ. އަދި އިސްލާމް ދީނުގެ ފޮނިމީރުކަން ހޯއްދެވި އެވެ. އަދި އުފާވެރިކަމުގެ ނޫރު އަހަރެމެންނާ ހަމައަށް ޞައްޙަކަމާއި، ފުރިހަމަކަމާ އެކު ފޯރުކޮށްދެއްވި އެވެ. އެހެންކަމުން އަހަރެމެން މުސްލިމުންގެ ގޮތުގައި ދެމިތިބުމަށް ޓަކައި، އަދި ކާފިރުން އެތެރެއިންނާއި، ބޭރުން އަހަރެމެންގެ ދަރިން ޖަހައިގަތުން ހުއްޓުވުމަށް ޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، أهل السنّة ގެ ޢިލްމުވެރިން ލިޔުއްވި ފިޤްހު ފޮތްތައް ކިޔައި، އުނގަންނައިދިނުމެވެ. އެމީހެއް ދަރިޔާ ޞާލިޙު މުސްލިމު ދަރިޔަކަށް ވާން ބޭނުންވާ މައިންބަފައިން، އެ ދަރި ކީރިތި ޤުރްއާން ކިޔަވައިދޭ މުޢައްލިމެއްގެ ގާތަށް ފޮނުވުން މުހިއްމެވެ. އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރިން، އަހަރެމެން ކިޔަވައި، އުނގެނި، އަހަރެމެންގެ ދަރިންނާއި، އަހަރެމެންގެ މަސްއޫލިއްޔަތުގެ ދަށުގައި ވާ މީހުންނަށް އުނގަންނައިދެމާ ހިނގާށެވެ. އެހެނީ، އެ ދަރިން ސްކޫލަށް ވަނުމަށް ފަހު، އުނގަންނައިދިނުމަކީ، ވަރަށް އުނދަގޫ ކަމެކެވެ. ފަހުން އެކަމާ ދެރަވުމަކީ، މާނައެއް ހުރި ކަމެއް ނޫނެވެ. އިސްލާމް ދީނުގެ ޢައްދުއްވުންނާއި، އެ މީހުންގެ އޮޅުވާލުމުގެ އަދި ދޮގު ފޮތްތަކާއި، ނޫސް މަޖައްލާތަކާއި، ޓީވީ އާއި، ރޭޑިޔޯ ޕްރޮގްރާމްތަކާއި، ފިލްމުތަކާއި، ވެބްސައިޓްތައް އަހަރެމެން ޤަބޫލުކޮށްގެން ނުވާނެ އެވެ. ردّ المحتار على الدرّ المختار ގެ ތިން ވަނަ ވޮލިއުމް ގައި إبن العابدين ލިޔުއްވާފައި ވެއެވެ.: "އެއްވެސް ދީނެއް ނުއުނގެނި، މުސްލިމެއް ކަމަށް ދައްކައިގެން، ކުފުރުވުމަށް މެދުވެރިވާ ކަންތައްތަކަކީ، އިސްލާމީ ކަންތައްތައް ކަމަށް ދައްކައިގެން، އިސްލާމް ދީނުން މުސްލިމުންނަށް ގޮއްޖަހާ މީހަކީ ޒިންދީޤެވެ".]

ސުވާލު: "ތަރުޖަމާކުރެވިފައިވާ ވައްހާބީންގެ ފޮތެއް ކީ މީހަކު ބުނާ ގޮތުގައި:

'ޤުރްއާނުގެ ތަފްސީރު އަހަރެމެން ކިޔަންޖެހެއެވެ. އަހަރެމެންގެ ދީނުގެ ކަންތައްތައް އުނގެނި، ކީރިތި ޤުރްއާން ފަހްމުވާން ޖެހޭނެ އެވެ. އެހެނީ، އެ ކަންތައްތައް ހަމައެކަނި ދީނުގެ ޢިލްމުވެރިންނަށް ދޫކޮށްލުމަކީ، ނުރައްކާތެރި ކަމެކެވެ. އަދި ގޯސް ފިކުރެކެވެ. އެހެނި ކީރިތި ޤުރްއާނުގައި ވަނީ (ياأيها العلماء المسلمون) މިހެނެއް ނޫނެވެ. އެކަމަކު، (ياأيّها النّاس) އަދި (ياأيّها الّذين آمنوا) މިފަދައިންނެވެ. މި ސަބަބަށް ޓަކައި، ކޮންމެ މުސްލިމަކު ވެސް ކިރިތި ޤުރްއާން އުނގެނި ފަހުމްވާންޖެހޭނީ ޚުދު އަމިއްލަ އަށެވެ. އަދި އެހެން މީހެއްގެ ފަރާތަކުނެއް ނޫނެވެ."

"މި ޖާހިލު ބޭނުންވަނީ، ކޮންމެ މީހަކު ތަފްސީރާއި ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ޙަދީޘް ފޮތްތައް ކިޔުމަށެވެ. އަދި توحيد އާއި فقه އާއި އެހެނިހެން އިސްލާމީ ޢިލްމުވެރިންނާއި، أهل السنّة ގެ އިމާމުންގެ ފޮތްތައް ކިޔުމަކަށް ވަޞިއްޔަތްކޮށްފައެއް ނެތެވެ. ދީނީ ކަންތައްތަކާ ބެހޭ އިދާރާގެ ރައިސް ގެ އޮފީހުން 1392ހ. [1974މ.] ގައި ނަމްބަރ 157 ގެ ރަޖިސްޓްރޭޝަން ގެ ދަށުން "الوحدة في الإسلام و المذاهب الفقهيّة" މި ނަމުގައި ނެރުނު ފޮތް ޤާހިރާ ގައި "محاورات المصلح و المقلد" މި ނަމުގައި رشيد الرضا ނެރުމުން، ކިޔާ މީހުން އެއްކޮށް ޙައިރާންކޮށްލި އެވެ. އެ ފޮތުގެ ވަރަށް ގިނަ ޞަފްޙާތަކުގައި، ޚާއްޞަކޮށް، "ހަވަނަ ޑައިކޮގް" ގައި ލިޔެފައި ވެއެވެ.

"އެ މީހުން މުޖްތަހިދުންގެ ޤަދަރު ނަބީންގެ ލެވެލް އަށް އެރުވިއެވެ. އަދި ކީއްތޯއެވެ؟ އެއަށް ވުރެ ވެސް ކަންތައް ބޮޑުކުރި އެވެ. އެގޮތުން، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘްފުޅުތައް ޤަބޫލުނުކުރާ މުޖްތަހިދެއްގެ ބަސް ޙަދީޘަށް ވުރެ ވެސް އިސްކުރިއެވެ. އެގޮތުން ބުނީ، އެ ޙަދީޘް ނަސްޚުވެފައި އޮވެދާނެ ކަމަށާއި، އެ މީހުންގެ އިމާމުގެ ރައުޔުގައި އެހެން ޙަދިޘެއް އޮވެދާނެ ކަމަށެވެ. މި މީސްމީހުން، އެބައެއްގެ ޙުކުމް ގޯސްވެދާނެ، ނުވަތަ އެ ޙުކުމް ނުދަންނަ ބަޔަކުގެ ބަހަށް ޢަމަލުކޮށް، އެއްވެސް ކުށެއް ނެތް ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘްފުޅުތައް ދޫކޮށްލިއެވެ. މި ފަދަ މުޤައްލިދުން މުޖްތަހިދުންގެ ރައުޔާ ވެސް ޚިލާފުވީ އެވެ. އަދި އެގޮތަށް ޢަމަލުކުރުމުގެ ސަބަބުން، އެ މީހުން ކީރިތި ޤުރްއާނާ ވެސް ޚިލާފުވީ އެވެ. އެބައިމީހުން ބުނީ، މުޖްތަހިދު އިމާމަމަކަށް މެނުވީ ކީރތިތި ޤުރްއާން ފަހުމެއް ނުވާނެ ކަމަށެވެ. ފިޤްހު ޢިލްމުވެރިންނާއި، މުޤައްލިދީންގެ މިފަދަ ބަސްތައް އެ މީހުންނާ ހަމަޔަށް އައިސްފައިވަނީ، ޔަހުދީންނާއި، ނަޞާރާއިންގެ ފަރާތުންނެވެ. ކީރިތި ޤުރްއާނާއި، ރަސޫލާ ގެ ޙަދީޘް ފަހުމުވުން، ފިޤްހު ޢިލްމުވެރިންގެ ފޮތްތައް ފަހްމުވުމަށް ވުރެ މާ ބޮޑަށް ވެސް ފަސޭހަ އެވެ. ރަނަގަޅަށް ޢަރަބި ބަސް ދަންނަ އަދި ޢަރަބި ބަހުގެ އުސްލޫބުތައް ދަންނަ މީހުންނަށް، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، އެއްވެސް ދަތިކަމެއް އުނދަގުލެއް ނެތި ކިރިތި ރަސޫލާގެ ޙަދީޘްފުޅުތައް އެނގޭނެ އެވެ. އެކަލާނގެ ދީން އޮޅުންފިލުވައިދެއްވުމުގައި اللّه تعالى ގެ ކުޅަދުންވަންތަކަމަށް އިންކާރުކުރަނީ ކާކު ހެއްޔެވެ؟ އަދި އާޔަތްތަކުގައި اللّه تعالى ގެ މުރާދާއި، އާޔަތްތައް ފަހްމުވުން އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އަށް އެނގިވަޑައިގަންނަވާނެ ކަމާ މެދު އިންކާރުކުރަނީ ކާކު ހެއްޔެވެ؟ ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޝަރަޙަތައް މުސްލިމުންނަށް ނުފުދޭ ކަމަށް ބުނުމަކީ، އެކަލޭގެފާނުގެ ތަބްލީޣު ބަރާބަރަށް މުވާޞަލާތު ނުކުރެވުނު ކަމަށް ދަޢުވާކުރުމެވެ. އަޣްލަބިއްޔަތު މީހުންނަށް ކީރިތި ޤުރްއާނާއި ސުންނަތް ނުވިސްނޭ ކަމުގައި ވާ ނަމަ، ކީރިތި ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވާ ޙުކުމްތައް އެންމެހާ މީސްތަކުންގެ މައްޗަށް ތަކްލީފު ނުކުރެއްވީސްހެވެ. އިންސާނާގެ މައްޗަށް ވާޖިބުވެގެންވަނީ، އޭނާ ޤަބޫލުކުރާ ކަންތައް ހެއްކާ އެކު ޤަބޫލުކުރުމެވެ. ތަޤްލީދުކުރުން ވަނީ ހުތުރުވެގެންވާ ކަމެއް ކަމަށް اللّه ކަނޑައަޅުއްވާފައެވެ. އަދި ބައްޕައިންނާއި، ކާފައިން ކޮޕީކުރުމަކީ ހުއްދަކަމެއް ނޫނެވެ. ކޮޕީކުރުމަކީ، اللّه އެއްވެސް އިރެއްގައި ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ކީރިތި ޤުރްއާނުގެ އާޔަތްތަކުން ދޭހަވެއެވެ. ދަލީލުތަކުން أصول الدّين (ދީނުގެ އަޞްލުތައް) ފަހުމުވުމަށް ވުރެ فروع الدّين (ދީނުގެ ފަރްޢުތައް) ފަހުމްވުން މާ ފަސޭހަވެގެން ވެއެވެ. އެންމެ އުނދަގޫ ކަންތައް ތަކްލީފުކުރެއްވި އިރު، އެންމެ ފަސޭހަ ކަންތައް ތަކްލީފުނުކުރައްވާނީ ކީއްވެގެން ހެއްޔެވެ؟ ބައެއް ނާދިރު ޙާދިސާތަކުން ޙުކުމްތައް ނެރުން އުނދަގޫވުމުގެ ސަބަބުން، އެ ކަންތައްތައް ނޭނގުމަކީ، އަދި ޢަމަލުކުރުމަކީ، ޢުޒުރެއް ކަމަށް ވަނީ ލައްވާފައެވެ. ފިޤްހު ޢިމްމުވެރިން ވަނީ ވަރަށް ގިނަ މައްސަލަތައް އެ މީހުން އަމިއްލަޔަށް އުފައްދާފައެވެ. އެ މީހުން ވަނީ، އެ މީހުންނަށް ޤަވާޢިދުތައް ހަދައި، އެ އަށް ޙުކުމްތައް ހަދާފައެވެ. އަދި ރައުޔާއި، القياس الجلي އާއި، القياس الخفي އިން ދަލީލު ދެއްކުމަށް މަސައްކަތްކޮށްފައި ވެއެވެ. މި ކަންތައްތައް ބޭނުންކޮށްގެން ބުއްދީގެ ހަމަ ބޭނުންކޮށްގެން ނުވިސްނޭ ޢިބާދާތު އުނގެނުމަށް ބޭނުންކުރިއެވެ. އެއާ އެކު، ދީން ފުޅާކޮށް، އެތައް ގުނައެއް ބޮޑުކޮށް، މުސްލިމުން މައްސަލަތަކުގެ ތެރެއަށް ވެއްދި އެވެ. އަހަރެން ޤިޔާސާ ދެކޮޅެއް ނޫނެވެ. އަހަރެން މި ބުނަނީ، ޢިބާދާތު ގައި ޤިޔާސެއް ނެތް ކަމަށެވެ. ކީރިތި ރަސޫލާގެ ދުވަސްވަރު އީމާނާއި، ޢިބާދާތު ވަނީ ފުރިހަމަވެފައެވެ. އެއްވެސް މީހަކަށް އެއަށް އެއްޗެއް އިތުރެއް ނުކުރެވޭނެ އެވެ. އިޖްތިހާދުކުރެއްވި އިމާމުން ވަނީ ތަޤްލީދުކުރުން މަނާކުރައްވައި، ޙަރާމްކުރައްވާފަ އެވެ).

"ދީނީ ކަންތައްތަކާ ބެހޭ އިދާރާގެ ރައީސް ގެ އޮފީހުން ޝާއިޢުކޮށްފައިވާ އެ ފޮތުން ނަގާފައިވާ މި ޕެސެޖް، ހުރިހާ ލާމަޒްހަބީ ފޮތްތައް ފަދައިން، ހަތަރު މަޒްހަބުގެ ތިރީގައި މިބަޔާންކުރާ އިމާމުން މަނާކުރެއެވެ. އޭގައި ވަނީ، ކޮންމެ މީހަކު ވެސް ތަފްސީރާއި، ޙަދީޘް އުނގެނެން ޖެހޭނެ ކަމަށް އަމުރުކޮށްފައެވެ. އެ ކަމާ މެދު ވިދާޅުވަނީ ކީކޭތޯ އެވެ؟

ޖަވާބު: ލާމަޒުހަބީ މީހުން ލިޔެފައިވާ ޕެސެޖްތައް ސަމާލުކަމާ އެކު ކިޔައިފިނަމަ، ދެކޮޅުނުޖެހޭ ހެކިތަކާއި، ދޮގުތަކާ އެކު، އެބައި މީހުންގެ ބާޠިލު ފިކުރުތަކާއި، ވަކިވެގަތުމުގެ ވިސްނުންތައް ބޭނުންކޮށްގެން، މުސްލިމުންނަށް އޮޅުވާލުމަށް މަސައްކަތްކުރާ ކަން ވަރަށް ފަސޭހަކަމާ އެކު ފެނިގެންދާނެ އެވެ. ޖާހިލުން މި ވާހަކަތައް ޤަބޫލުކުރާނީ، އެ ވާހަކަތަކަކީ، ބުއްދިއާއި، މަންޠިޤުގެ މައްޗަށް ބިނާވެފައިވާ ވާޖަކަތަކެއް ކަމަށް ހީކޮށެވެ. އެކަމަކު، ޢިލްމުވެރިންނާއި، ބުއްދީގެ އަހްލުވެރިން އެމީހުންގެ ދަންތުރައިގައި ނުޖެހޭނެ އެވެ.

މުސްލިމުން ހަލާކުގެ ތެރެއަށް ވައްދަމުންދާ ވައްހާބީންނާއި، ލާމަޒްހަބީންގެ ނުރައްކަލާ މެދު ޒުވާނުންނަށް އިންޒާރު ދިނުމަށް ޓަކައި، ސާދަ ސަތޭކަ ޤަރުނުއްސުރެ މުސްލިމު ޢިލްމުވެރިން ވަނީ އެތަކެއް ހާސް ފޮތެއް ލިޔުއްވާފައެވެ. އޭގެތެރެއިން އަހަރެމެންނަށް ލިބުނު ފޮތްތަކުގެ ތެރެއިން ފައިދާހުރި ފޮތްތައް ތަރުޖަމާކޮށް، އެއްކޮށް، އަހަރެމެންގެ ފޮތްތައް ކަމުގައިވާ عداوة رجل الدّين للدّين އާއި، النّصيحة للوهّابي އާއި، المجدّدون في الدّين ގައި ޚުލާޞާކޮށްފައި ވާނެއެވެ. އަދި މަތީގައިވާ ސުވާލުގެ ޖަވާބެއްގެ ގޮތުން، ތިރީގައި މި ވަނީ، الأستاذ يوسف النّبهاني [އަވަހާރަވީ 1350ހ. (1932މ.) ގައި] ލިޔުއްވާފައިވާ حجّة اللّه على العالمين في معجزات سيّد المرسلين މި ފޮތުގެ 771 ވަނަ ޞަފްޙާ އިން ފެށިގެން ވާ ބައެއްގެ ތަރުޖަމާ އެވެ.

"ކޮންމެ ކޮންމެ މީހަކަށް ކީރިތި ޤުރްއާނުން ޙުކުމްތަކެއް ނުނެރެވޭނެ އެވެ. މުޖްތަހިދު އިމާމުންނަށް ވެސް ހުރިހާ ޙުކުމްތަކެއް ކީރިތި ޤުރްއާނުން ނެރުމުގެ ކުޅަދާނަކަން ލިބިގެންނުވާ އިރު، އެކަން ކުރާނެ ގޮތް ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ވަނީ ޝަރަޙަކޮށްދެއްވާފަ އެވެ. ޙަޤީޤަތުގައި، އެކަން ވަނީ ކަނޑައަޅުއްވާފައެވެ. އެއީ: (وَمَا يَنْطِقُ عَنِ الْهَوَى * إِنْ هُوَ إِلّا وَحْيٌ يُوحَى * النجم: 3-4 ) މާނަ އަކީ: "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް މުނެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ وحي އެއް ކަމުގައި ނޫނީ ނުވެއެވެ". ކީރިތި ޤުރްއާން މިފަދައިން ޝަރަޙަކުރުމަކީ ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ފިޔަވައި އެހެން މީހަކަށް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމަކަށް ނުވާ އިރު، އަދި ކީރިތި ޤުރްއާނާއި ސުންނަތް ޝަރަޙަކޮށް، އެއިން ޝަރުޢީ ޙުކުމްތައް ނެރުމަކީ، ޞަޙާބީންނާއި، މުޖްތަހިދު އިމާމުންނަށް މެނުވީ ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫނެވެ. އެ ބޭކަލުންނަށް ކީރިތި ޤުރްއާނާއި ސުންނަތް ފަހުމްވުމަށް ޓަކައި، اللّه تعالى ވަނީ، އެކަމަށް ބޭނުންވާ ޢަޤްލީ އަދި ނަޤްލީ ޢިލްމާއި، ދޭހަވުމުގެ ބާރާއި، ތޫނު ވިސްނުމާއި، އެހެނިހެން ގިނަގުނަ މަތިވެރި ޞިފަތައް ދެއްވާފައެވެ. އެ ހުރިހާ ޞިފައެއްގެ ވެސް އަޞްލަކީ އެބޭކަލުން ލިބިފައިވި ތަޤްވާ އާއި، އެ މީހުންގެ ހިތްތަކުގައި ލައްވާފައިވާ އިލާހީ ނޫރެވެ. މި ޞިފަތަކުގެ އެހީގައި، اللّه تعالى ގެ ވަޙީ ބަސްފުޅާއި، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘް ބަސްފުޅުގެ މާނަ އަހަރެމެންގެ މުޖްތަހިދު އިމާމުންނަށް ވިސްނުނެވެ. މާނަ ނޭނގުނު ބަސްތަކުގެ މާނަ ހޯދުމަށް ބޭނުންކުރެއްވީ ޤިޔާސް އެވެ. ހަތަރު އިމާމުން ކުރެ ކޮންމެ އިމާމަކު ވެސް، އަމިއްލަ ރައުޔުން މާނަނުނެރެވޭ ޙާލަތްތަކުގައި ވިދާޅުވެފައިވަނީ: "ޞަޙީޙު ޙަދީޘެއް ފެނިއްޖެ ނަމަ، އަޅުގަނޑުގެ ބަސް ދޫކޮށްލާފައި، ކީރިތި ރަސޫލާގެ ޙަދީޘް ގައިވާ ގޮތަށް ޢަމަލުކުރާށެވެ. މިގޮތަށް ހަތަރު އިމާމުން މި ގޮތަށް އިރުޝާދުދެއްވި މީހުންނަކީ، އެ ބޭކަލުން ފަދައިން އިޖްތިހާދުކުރެއްވި މަޝްހޫރު ޢިލްމުވެރިންނެވެ. އިޖްމާޢާއި، ޤިޔާސުން ޙުކުމް ނުނެރެވޭ ނަމަ، ހަތަރު އިމާމުން ކުރެ ކޮންމެ އިމާމެއްގެ ރައުޔު ވަނީ ހިމަނުއްވާފައެވެ. އެ މަޒްހަބެއްގެ އިމާމުގެ އިޖްތިހާދު އެ ޙަދީޘެއްގެ މައްޗަށް ބިނާކުރައްވާފައިވާ ޙަދީޘްތަކާއި، އަލަށް ފެނުނު ޙަދީޘްތައް ދިރާސާކުރައްވައި، އޭގެ ތެރެއިން އެންމެ ފަހުން ޙަދީޘްކުރައްވާފައިވަނީ، ކޮން ޙަދީޘެއް ތޯ ބައްލަވައި، އޭގެތެރެއިން އިސްކުރަންވީ (ترجيح) ކޮން ޙަދީޘެއް ކަން ދެނެވަޑައިގަތެވެ. އެހެންކަމުން، މިފަދައިން އިޖްތިހާދުކުރާ އިރު، އިމާމު ބޭނުންކުރެއްވި ޤަވާޢިދު ދޫކޮށްނުލައެވެ. އެ މީހުންގެ ފަހުން އައި މުޖްތަހިދު މުފުތީން ފަތުވާ ދެއްވީ ވެސް ހަމަ މި ގޮތަށެވެ. މި ތަނުގައި ކޔެވިފައި މިވާ ވާހަކަތަކުން އެނގޭފަދައިން، ހަތަރު މަޒްހަބުގެ އިމާމުންނަށް ތަބާވެފައިވާ މުސްލިމުންނާއި، އެ މަޒްހަބުތަކުން އުނގެނިފައިވާ މުޖްތަހިދުން ދަނީ اللّه تعالى އާއި، އެކަލާނގެ ރަސޫލާ محمّد (صلّى اللّه عليه وسلّم) އަށް ތަބާވަމުންނެވެ. މި މުޖްތަހިދުންނަށް ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ ޤަވާޢިދުތަކާއި ހަމަތައް ވިސްނި، އެ މީހުންނަށް ވިސްނުނު އެއްޗެއް ކިޔައިދިނެވެ. މުސްލިމުން އުޅެމުން އައިސްފައިވަނީ، މުޖްތަހިދުންނަށް ނައްސުން، މާނަ އަކީ، ކީރިތި ޤުރްއާނާއި ސުންނަތުން، ވިސްނި ކިޔައިދިން އެއްޗަކާ އެއްގޮތަށެވެ. އެހެނީ، ކީރިތި ޤުރްއާނުގައި اللّه تعالى ވަޙީކުރައްވާފައިވަނީ: (فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ * النحل: 43) މާނައީ: "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން علم ގެ أهل ވެރިންނާ سؤال ކުރާށެވެ"!

މި އާޔަތުން ދައްކުވައިދެނީ، ކޮންމެ މީހަކަށް ވެސް ކީރިތި ޤުރްއާނާއި ސުންނަތް ރަނގަޅަށް ފަހުމްވެދާނެ ކަމެވެ. ކީރިތި ޤުރްއާނާއި ސުންނަތް ފަހުމްނުވާ މީހުންނަށް އަމުރުކުރައްވާފައި ވަނީ، އަމިއްލަޔަށް ކީރިތި ޤުރްއާން ނުވަތަ ޙަދީޘް ވިސްނައިގަންނަން އުޅުމުގެ ބަދަލުގައި، އެނގޭ މީހުން ކައިރިން އަހައިގެން އުނގެނުމަށެވެ. ކޮންމެ މީހަކަށް ކީރިތި ޤުރްއާނާއި، ޙަދީޘްގެ މާނަ ޞައްޙަގޮތުގައި އެނގޭ ނަމަ، 72 ގެއްލެނިވެފައިވާ ގްރޫޕްތަކެއް ނުއުފެދުނީހެވެ. އެއިން ކޮންމެ ބާޠިލު ގްރޫޕެއް އުފެދުމުގެ ފަހަތުގައި ހުރި މީހަކީ، ކިޔަވައިގެންހުރި މީހަކަށް ވިޔަސް، އެއިން އެއްވެސް މީހަކަށް ކީރިތި ޤުރްއާނާއި، ޙަދީޘްގެ މާނަ ޞައްޙަގޮތުގައި ނޭނގެއެވެ. އެއާއެކު، އެބައިމީހުން ތެދުމަގުން ކައްސާލައި، އެތަކެއް މިލިޔަން މުސްލިމުން ހަލާކާއި ނުރައްކަލުގެ ތެރެއަށް ވެއްޓުމުގެ ސަބަބަކަށް ވެގެންދިޔަ އެވެ. ދީނީ ނައްޞުތަކުން ގޯސް މާނަ ނެރުމުގައި ވައްހާބީންގެ ކަންތައް މާ މައްޗަށް ދިޔަދިޔައިނުން ގޮސް، އެންމެ ފަހުން ސުންނީ މުސްލިމުންނަކީ، ކާފިރުކުރާ ހިސާބަށް ވެސް ދިޔައެވެ. އެގޮތުން، ސުންނީ މުސްލިމުންނަކީ، މުޝްރިކުން ކަމަށް ބުނަން ފެށިއެވެ. ތުރުކީ ބަހަށް ފަހުން ތަރުޖަމާކުރެވިފައިވާ، محمّد بن عبدالوهّاب ލިޔުނު كشف الشّبهات މި ފޮތުގައި ލިޔެފައިވާ ގޮތުގައި، ސުންނީ މުސްލިމުން މަރައި، އެ މީހުންގެ މުދާ ޣަނީމާގެ ގޮތުގައި އަތުލުމަކީ، މުބާޙު (ހުއްދަކުރެވިފައިވާ) ކަމެކެވެ.

އޭގެ ފަހުން العلّامة يوسف النّبهاني ވިދާޅުވެފައިވަނީ: "ހަތަރު މަޒްހަބުގެ އިމާމުން އިޖްތިހާދުކުރައްވައި، އެ މަޒްހަބުތައް ޤާއިމްކުރައްވައި، ހުރިހާ މުސްލިމުން މި މަޒްހަބުތަކުގައި އެކީގައ އުޅުމަކީ اللّه تعالى ހަމައެކަނި އެކަލާނގެ ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ އުއްމަތަށް ދެއްވި ނިޢުމަތެކެވެ. އެއްކޮޅުން، اللّه تعالى އިޢްތިޤާދުގެ އިމާމުން ލައްވައި، ރައްކާތެރިކުރެއްވި އިރު، ކާފިރުންނާއި، ޒިންދީޤުންނާއި، މުލްޙިދުންނާއި، ޝައިޠާންތަކުންގެ އެންމެހާ އާއުވާނުން އެ މަޒްހަބުތަކަށް ވަދެ ޢަޤީދާ އާ ކުޅުމުން ރައްކާތެރިކުރެއްވި އެވެ. ނަޞާރާ ދީނާއި، ޔަހޫދީ ދީނުގައި މި ނިޢުމަތް ދެއްވާފައި ނުވުމާ އެކު، އެ ދެ ދީނަށް ބަދަލުތައް ގެނެސް ކުޅެފައި ވެއެވެ".

އޭނާ އަދިވެސް ވިދާޅުވެފައި ވެއެވެ.: "އިސްލާމީ ޢިލްމުވެރިން އިޖްމާޢުވާ ގޮތުގައި، ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ ނައްޞުން ޙުކުމްތައް ނެރުން ސުވަރުގެ ވަޑައިގަތުމަށް ފަހު ހަތަރު ސަތޭކަ އަހަރު ވެގެންދިޔަ އިރު، އިޖްތިހާދުކުރެވޭ ވަރުގެ މޮޅު ޢިލްމުވެރިއެއް ނާދެއެވެ. މިހާރު އިޖްތިހާދު ކުރަންޖެހޭނެ ކަމަށް ބުނާ މީހަކީ އިސްލާމްދީން ނޭނގޭ މީހެކެވެ. މަޝްހޫރު ޢިލްމުވެރިޔާ الجلال السيوطي (رحمه اللّه تعالى) (އަވަހާރަވީ 911ހ. [1501މ.] މިޞްރުގައި) ވިދާޅުވެފައި ވާ ގޮތުގައި، އޭނާ ވަނީ އިޖްތިހާދުގެ ދަރަޖައަށް ފޯރާފައެވެ. އެގޮތުން، އެހެން ޢީލްމުވެރިން އޭނާ އަރިހުން ސުވާލެއް ކުރެއްވުމުން، ތަފާތު ދެ ޖަވާބެއް ދެއްވުމުން، އޭގެ ތެރެއިން ބޮޑަށް ރަނގަޅީ ކޮން ޖަވާބެއް ތޯ ސުވާލުކުރެއްވި އެވެ. އޭނާ އަށް އެ ސުވާލުގެ ޖަވާބެއް ނުދެއްވުނެވެ. އޭނާ ވިދާޅުވީ، އެ ސުވާލަށް ޖަވާބުދިނުމަށް ވަގުތުދެވޭ ވަރަށް ވުރެ އޭނާ މާ ބިޒީ ކަމަށެވެ. އެކަމަކު، އޭނާ ގެ ފަރާތުން ކުރުމަށް އެދެވުނު ކަމަކީ، އިޖްތިހާދުކުރުމުގެ އެންމެ ދަށް ލެވެލް ކަމުގައިވާ، ފަތުވާ ދިނުމުގައި، އިޖްތިހދުގެ ބޭނުންކުރުމެވެ. ފަދަ މޮޅު ޢިލްމުވެރިޔަކު، ފަތުވާދިނުމުގައި އިޖްތިހާދުގެ ބޭނުންކުރުމުން ދުރުވެލެއްވި އިރު، މުޠްލަޤު އިޖްތިހާދު ކުރުމަށް އެހެން މީހުންގެ މައްޗަށް ބާރުއަޅާ މީހުންނަށް މޮޔައިން ނުވަތަ ރޫޙާނީގޮތުން ޖާހިލު ނޫން ދެން ކިޔާނީ ކީކޭ ބާވައެވެ؟ الإمام الغزالي (رحمه اللّه تعالى) އޭނާގެ ފޮތް إحياء علوم الدّين ގައި ލިޔުއްވާފައިވާ ގޮތުގައި، އޭނާގެ ޒަމާނުގައި މުޖްތަހިދުން ނެތެވެ.

"މުޖްތަހިދު ނޫން މުސްލިމަކު ޞަޙީޙު ޙަދީޘެއް އުނގެނި، އޭނާގެ މަޒްހަބުގެ އިމާމު ކިޔާދެއްވާފައިވާ ގޮތް، އެ ޙަދީޘް ގައި ވާ ގޮތާ ޚިލާފުވާތީ، އެ ކަމެއް ކުރުމާ މެދު ހިތްނުތަނަވަސް ވާ ކަމުގައި ވާ ނަމަ، އޭނާ އަށް ޖެހޭނީ، ހަތަރު މަޒްހަބުގެ ތެރެއިން އެ ޙަދީޘްގެ މައްޗަށް އިޖްތިހާދުކުރެއްވި އެހެން މުޖްތަހިދެއް ހޯދައި، އެ މުޖްތަހިދެއްގެ މަޒްހަބުގައި ވާ ގޮތަށް ޢަމަލުކުރުމެވެ. މަޝްހޫރު ޢިލްމުވެރިޔާ الإمام يحيى النّووي (رحمه اللّه تعالى) (އަވަހާރަވީ 676ހ. [1277މ.] ދިމިޝްޤުގައި) މިކަން ވަރަށް ތަފްޞީލުކޮށް އޭނާގެ ފޮތް روضة الطّالبين ގައި އޮޅުންފިލުވައިދެއްވާފައި ވެއެވެ. އެހެނީ، އިޖްތިހާދުގެ ދަރަޖަ އަށް ފޯރާފައިނުވާ މީހުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ ނައްޞުން ޙުކުމްތައް ނެރުން ހުއްދައެއް ނޫނެވެ. މިހާރު، ތަންދޮރުނުދަންނަ ބައެއް މީހުން، ދަޢުވާކުރާ ގޮތުގައި، އެބައިމީހުން ވަނީ އިޖްތިހާދުގެ ދަރަޖައަށް ފޯރާފައެވެ. އަދި އެއާއެކު، ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ ނައްޞުން އެބައިމީހުންނަށް ޙުކުމްތައް ނެރެވޭނެ އެވެ. އެހެންކަމުން، އެމީހުން ހަތަރު މަޒްހަބުން ކުރެ މަޒްހަބަކަށް ތަބާވާކަށް ނުޖެހޭނެއެވެ. އަދި އެއާއެކު، އެތަކެއް އަހަރެއް ވަންދެން އެ މީހުން ތަބާވި މަޒްހަބު ދޫކޮށްލައެވެ. އެބައިމީހުންގެ ދެކޮޅުނުޖެހޭ ހަމަތަކުގެ ބޭނުންކޮށްގެން މަޒްހަބުތަކާ ދެކޮޅުވެއެވެ. "އަހަރެމެން ހާ ތަންދޮރުނުދަންނަ ދީނީ މީހަކުގެ ރައުޔުތަކަކަށް އަހަރެމެން ތަބާނުވާނަން" ފަދަ ޖާހިލު އަދި ގަމާރު ބަޔާންތައް އެބައިމީހުން ނެރެއެވެ. ޝައިޠާނާގެ ވަސްވާސްތަކުގައި ޖެހި، އަމިއްލަ ހަވާ ނަފްސަށް ހެއްލިގެން ގޮސް، އެމީހުންނަކީ މާ މަތިވެރި ބައެއް ކަމަށް ދަޢުވާކުރެތެވެ. އެ މީހުންނަށް ރޭކާނުލާ ކަމަކީ، އެހެން ބުނުމުން، އެ ދައްކުވައިދެނީ، އެ މީހުންގެ މަތިވެރިކަން ނޫން ކަމަށާއި، އެކަމަކު، އެ މީހުންގެ ގަމާރުކަމާއި، ބޭޒާރުވުން ކަމެވެ. އެ މީހުންގެ ތެރޭގައި، އަހަރެމެންނަށް ފެންނަ ބައެއް ޖާހިލު ބިދުޢަވެރިން ބުނެ ލިޔާ ގޮތުގައި، ކޮންމެ މީހަކު ވެސް، ޙުކުމްތައް ނެރެންވާނީ ތަފްސީރު ފޮތްތަކާއި، ޞަޙީޙު ބުޚާރީންނެވެ. އޭ މުސްލިމު އަޚާ އެވެ! އެފަދަ ގަމާރުންނާ އެކުވެރިވެ ނުވަތަ އެއީ ދީނީ ޢިލްމުވެރިން ކަމަށް ނުބަލާށެވެ! ތިބާގެ އިމާމުގެ މަޒްހަބުގައި ރަނގަޅަށް ހިފަހައްޓާށެވެ! ހަތަރު މަޒްހަބުގެ ތެރެއިން ތިބާ ބޭނުން މަޒްހަބެއް އިޚްތިޔާރުކުރުމުގެ މިނިވަންކަން ތިބާ އަށް ލިބިގެން ވެއެވެ. އެކަމަކު، މަޒްހަބުތަކުގެ ރުޚުޞާތައް އެއްކޮށް ޙުކުމްތަކުގައި تلفيق ކުރުމަކީ، ހުއްދަކަމެއް ނޫނެވެ.

ކީރިތި ރަސޫލާގެ ޙަދީޘް ރަނގަޅަށް ކިޔައި ފަހުމްވާ މުސްލިމެއް ނަމަ، ދަސްކުރަންވާނީ، އޭނާގެ މަޒްހަބުން ދަލީލުދައްކާފައިވާ ޙަދީޘްތަކެވެ. އެއަށް ފަހު، ކުރުމަށް އަންގަވާފައިވާ ކަންތައްތައް ކޮށް، ޙަދީޘުން މަނާކޮށްފައިވާ ކަންތަކުން ދުރުވެ، އިސްލާމް ދީނުގެ މަތިވެރިކަމާއި، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އާއި، اللّه تعالى ގެ ނަންފުޅުތަކާއި، ޞިފަފުޅުތަކުގެ ފުރިހަމަކަމާއި، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ސީރަތާއި، އެކަލޭގެފާނުގެ ރިވެތި ޞިފަތަކާއި، މުޢުޖިޒާތަކާއި، ދުނިޔެއާއި، އާޚިރަތުގެ ޙާލަތްތަކާއި، އަލުން ދިރުއްވުމާއި، ޤިޔާމަތްކުރެއްވުމާއި، ސުވަރުގެ އާއި، ނަރަކަ އާއި، މަލާއިކަތުންނާއި، ޖިންނީންނާއި، ޤަދީމީ އުއްމަތްތަކާއި، ނަބީންނާއި ރަސޫލުންނާއި އެ ބޭކަލުންގެ ސަމާވީ ފޮތްތަކުގެ މަތިވެރިކަމާއި، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އާއި ކީރިތި ޤުރްއާނުގެ މަތިވެރިކަމާއި، ކީރިތި ރަސޫލާގެ އާލުންނާއި، ޞަޙާބީންގެ ޙަޔާތާއި، ޤިޔާމަތް ދުވަހުގެ ޢަލާމާތްތަކާއި، މި ދުނިޔޭއާއި އާޚިރަތާ ގުޅުންހުރި އެތައް ކަމެއްގެ މަޢުލޫމާތު އުނގެނެންވާނެ އެވެ. މި ދުނިޔެ އާއި، އާޚިރަތާ ގުޅޭ ހުރިހާ ޢިލްމެއް ވަނީ ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައި ޖަމާވެފައެވެ.

"އަހަރެމެން މި ތާނގައި ލިޔެފައި މިވާ ވާހަކަތަކަށް ވިސްނުމުން، ޙަދީޘުން ނެރެވިފައިނުވާ އިސްލާމް ދީނުގެ ޙުކުމްތަކަކީ، ބޭނުމެއް ނެތް އެއްޗެއް ކަމަށް ބުނާ މީހުން ކިހާ ޖާހިލުކަން އެނގިގެންދާނެ އެވެ. ޙަދީޘްތަކުގައި ވާ ގުނާ ޢަދަދުނުކުރެވޭ ފަދަ ގިނަ މަޢުލޫމާތުތަކުގެ ތެރެއިން، ނަމާދާއި، ރޯދައާއި، ޙައްޖާއި، ޒަކާތް ފަދަ عبادات އާއި، معاملات އާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތައް މަދެވެ. އެއީ ގާތްގަޑަކަށް ފަސްސަތޭކަ އެވެ. [އޭގެ ތެރޭގައި، ތަކުރާރުވެފައި ހުރި ޙަދީޘްތައް ހިމެނިއަސް، ތިން ހާހަށް ވުރެ ގިނައެއް ނުވާނެ އެވެ.] ހަތަރު މަޒްހަބުގެ އިމާމުންގެ ތެރެއިން އެއް އިމާމަކަށް ވެސް، މަދު ޙަދީޘްތަކުގެ ތެރެއިން، ޞައްޙަ އެއް ޙަދީޘް އަޑުނީވެ އޮވެދާނެ ހެން ހިއެއް ނުވެއެވެ. ކޮންމެ ޞައްޙަ ޙަދީޘެއް ވެސް، ހަތަރު އިމާމުން ކުރެ މަދުވެގެން އެއް އިމާމަކު ދަލީލެއްގެ ގޮތުގައި ވަނީ ބޭނުންކުރެވިފައެވެ. މުސްލިމަކަށް އޭނާގެ މަޒްހަބުގައި ވަކި ކަމެއް އޮތީ ޞައްޙަ ޙަދީޘެއް ގައި ވާ ގޮތަށް ނޫން ކަމަށް ފެނިއްޖެ ނަމަ، އެކަމަކާ ގުޅޭ ޙަދީޘްގެ މައްޗަށް އިޖްތިހާދުކޮށްފައިވާ އެހެން މަޒްހަބެއްގައި ވާ ގޮތަށް ޢަމަލުކުރުން ހުއްޓެވެ. ފަހަރެއްގައި، އޭނާގެ މަޒްހަބުގެ އިމާމު ވެސް އެ ޙަދީޘް އަޑުއައްސަވާފައި އޮވެދާނެ އެވެ. އެކަމަކު، ޞައްޙަ ކަމަށް ބޮޑަށް ގާތް އެހެން ޙަދީޘެއް ދަލީލަކަށް ނަންގަވާފައި، ނުވަތަ އޭގެ ފަހުގެ ތާރީޚެއް ގައި ރަސޫލާ ޙަދީޘްކުރައްވާފައި އޮތުމުން، އޭގެ ކުރީގެ ޙަދީޘް ބާޠިލުވެފައި އޮތުމުން، ނުވަތަ މުޖްތަހިދުންނަށް އެނގިފައި އޮތް އެހެން ސަބަބަކާ ހެދި، ކުރީގެ ޙަދީޘް ދަލީލަކަށް ނުނެންގެވީ އެވެ. ކުރީގެ ޙަދީޘް ޞައްޙަ ކަމަށް ވިސްނޭ މުސްލިމަކު، އެ ޙަދީޘް އާ ނުގުޅޭ އޭނާގެ އަމިއްލަ މަޒްހަބުގެ އިޖްތިހާދު ދޫކޮށް، އެ ޙަދީޘަށް ޢަމަލުކުރުމަކީ، ރަނގަޅު ކަމެކެވެ. އެއީ، އެ ޙާލަތުގައި ސުވާލު އުފެދޭ ކަމަކާ ބެހޭ ގޮތުން، އިޖްތިހާދަށް އެ ޙަދީޘް ބޭނުންކުރި އެހެން މަޒްހަބަކަށް އޭނާ ޢަމަލުކުރަންޖެހުނު ކަމަށް ވުމާ އެކު އެވެ. އެކަމަކު، އެ ޙަދީޘް ދަލީލަކަށް ނެންގެވި އެ ދެވަނަ މަޒްހަބުގެ އިމާމަށް ތަބާވުމަކީ ލާޒިމު ކަމެކެވެ. އެހެނީ، އެއީ އަނެއް މަޒްހަބުގެ އިމާމު ދަލީލަކަށް ނުނަންގަވާ ޙަދީޘަކަށް ޢަމަލުނުކުރަންޖެހޭ ސަބަބެއް ނެތުމުންނެވެ. ކޮންމެ ގޮތެއް ވިޔަސް، އެކަމުގައި އޭނާގެ އަމިއްލަ މަޒްހަބުގެ ޙުކުމް ވާ ގޮތަށް ޢަމަލުކުރުމަކީ، ހުއްދަ ކަމެކެވެ. ސަބަބަކީ، އޭނާގެ އަމިއްލަ މަޒްހަބުގެ އިމާމު ވެސް ކޮންމެ ވެސް ރަނގަޅު ދަލީލެއްގެ މައްޗަށް ކަމާ މެދު ޝައްކެއް ނެތުމުންނެވެ. ތިބާ އަށް އެ ދަލީލު ނުފެނުނަސް، އިމާމުން ކީރިތި ޤުރްއާނާއި، ޙަދީޘުން ބޭރުވެފައެއް ނުވެއެވެ. އެ ބޭކަލުންގެ މަޒްހަބުތަކަކީ، ކީރިތި ޤުރްއާނާއި، ޙަދީޘުގެ ޝަރަޙަ އެވެ. އެ އިމާމުން ކުރެއްވި ކަމަކީ، ކީރިތި ޤުރްއާނާއި، ޙަދީޘުގެ މާނަތަކާއި، ޙުކުމްތައް ޝަރަޙަކޮށްދެއްވުމެވެ. އެގޮތުން، އެ ބޭކަލުން ޝަރަޙަކޮށްދެއްވާފައިވަނީ، މުސްލިމުންނަށް ވިސްނޭ ގޮތަށް ފޮތްތަކުގައި ލިޔުއްވައިގެންނެވެ. ހަތަރު މަޒްހަބުގެ އިމާމުންގެ އެ މަސައްކަތަކީ، اللّه تعالى ގެ އެހީތެރިކަން ނުލިބުނު ނަމަ، އިންސާނީ ބާރުން ނުކުރެވޭ ފަދަ އިސްލާމްދީނަށް ޓަކައި ކުރެއްވި ވަރަށް އަގުހުރި ޚިދުމަތެކެވެ. މި މަޒްހަބުތައް [ހުރުމަކީ] ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އަކީ ތެދު ރަސޫލާ ކަމާއި، އިސްލާމް ދީނަކީ ތެދު ދީން ކަމުގެ އެންމެ ފުރިހަމަ ދަލީލެވެ.

"އަޅުގަނޑުމެންގެ ހަތަރު މަޒްހަބުގެ އިމާމުންގެ އިޖްތިހާދުގެ ޚިލާފު ހުރީ ދީނުގެ އަޞްލުތަކާއި، ތައުޙީދުގެ ޢަޤީދާއަކަށް ނޫނެވެ. އަދި ރަސޫލާގެ ޙަދީޘްތަކުން ސާފުކޮށް އެނގިގެންވާ ޝަރުޢީ ގިނަ ޙުކުމްތަކާ މެދު ވެސް ޚިލާފެއް ނެތެވެ. އެކަމަކު، ޚިލާފު ހުރީ، ބައެއް ފަރްޢުތަކާ މެދުގައެވެ. މި ތަފާތު އައިސްފައި ވަނީ، އެ ކަންކަމާ ބެހޭ ގޮތުން އައިސްފައި ހުރި ދަލީލުތަކުގެ ޞައްޙަކަން ވިސްނުމުގައި ހުރި ތަފާތުތަކާ ހެދި އެވެ. އަދި އެ މީހުންގެ މެދުގައި ހުރި މި ކުޑަ ތަފާތަކީ اللّه تعالى އުއްމަތަށް ލެއްވި ރަޙްމަތެކެވެ. ކީރތި ރަސޫލާ ޙާދީޘްކުރައްވާފައި ވެއެވެ.: إختلاف أمتي رحمة – رواه البيحقي و غيره كما في الجامع الصغير. މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ މެދުގައިވާ ޚިލާފަކީ ރަޙްމަތެކެވެ". މުސްލިމުން އެ މީހަކު ބޭނުން އަދި ފަސޭހަ މަޒްހަބަކަށް އުޅުމަކީ، ހުއްދަކުރެވިފައިވާ ޖާއިޒު ކަމެކެވެ. މި ޚިލާފު އަންނާނެ ކަމުގެ ޚަބަރު ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ކުރިން ދެއްވާފައި ވާ އިރު، އެކަން ހިންގާފައިވަނީ، ޚަބަރު ދެއްވި ގޮތަށެވެ.

ޢަޤީދާގެ ޢިލްމުގައި އިޖްތިހާދުކުރުމަކީ، ހުއްދަކަމެއް ނޫނެވެ. އެއީ، މަގުފުރެދުމާއި، ކުފުރަށް މަގުފަހިވާ ކަމެކެވެ. އެއީ، ބޮޑު ފާފައެކެވެ. ޢަޤީދާއާ ގުޅޭ ކަންތައްތަކުގައި އޮތީ ޞައްޙަ އެންމެ ގޮތެކެވެ. އެއީ، أهل السّنّة والجماعة އެވެ. اللّه تعالى ގެ رحمة ގެ ގޮތުގައި ކީރިތި ރަސޫލާގެ ޙަދީޘް ގައި ވާ ޚިލާފުތައް ހުރީ فروع ނުވަތަ ޙުކުމްތަކުގައެވެ.

العلّامة النبهاني އަދިވެސް ވިދާޅުވި އެވެ.: "ހަތަރު މަޒްހަބުގެ ޙުކުމް ތަފާތުވާ ކަމެއް ގައި، ޞައްޙަވާނީ އޭގެ ތެރެއިން އެންމެ ޙުކުމެވެ. މިކަން ޞައްޙަގޮތުގައި ކުރާ މީހުންނަށް ދެ ޘަވާބު ލިބޭނެ އެވެ. އަދި ރަނގަޅު ނޫން ޙުކުމްތަކުގެ ތެރެއިން އެއް ޙުކުމަށް ޢަމަލުކުރާ މީހާ އަށް ލިބޭނީ އެއް ޘަވާބެވެ. މަޒްހަބަކީ رحمة އެއް ކަމަށް ވުމަކީ، އެއް މަޒްހަބު ދޫކޮށް، އެހެން މަޒްހަބަކަށް އުޅުން، ހުއްދަކަމެވެ. އެކަމަކު، ސުންނީ ހަތަރު މަޒްހަބު ފިޔަވައި އެހެން މަޒްހަބަކަށް އުޅުން ހުއްދައެއް ނޫނެވެ. އަދި ޞަޙާބީންނަށް ތަބާވުމަކީ ވެސް ހުއްދަކަމެއް ނޫނެވެ. ސަބަބަކީ، ޞަޙާބީންގެ މަޒްހަބަކީ ލިޔެވިފައިވާ މަޒްހަބަކަށް ނުވާތީ އެވެ. މިހާރު ހަތަރު މަޒްހަބު ފިޔަވައި، އެހެން މަޒްހަބަކަށް އުޅުމުގެ އިޙްތިމާލެއް ނެތެވެ. الإمام أبوبكرأحمد الرّازي (رحمه اللّه تعالى) (އަވަހާރަވީ 370ހ. [980މ.] ގައި) ވެސް ރިޕޯޓްކުރައްވާފައިވާ ގޮތުގައި، އިސްލާމީ ޢިލްމުވެރިން އިޖްމާޢުން ކަނޑައެޅިފައިވަނީ، ޞަޙާބީންނަށް ސީދާ ތަބާވުމަކީ ހުއްދަކަމެއް ނޫނެވެ. ހަތަރު މަޒްހަބުގެ މަތިވެރިކަން ދެނެގަންނަން ބޭނުންވާ މީހުން، އަދި އެ މަޒްހަބުތައް ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތަށް ވުރެ ދުރަށް ނުދާ ކަމާއި، އިޖްމާޢާއި، ޤިޔާސުގެ ޒަރީޢާ އިން ބުނެދިން ޙުކުމްތަކަކީ، އެ އިމާމުންގެ ރައުޔު ނޫންކަމާއި، އެއީ، ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ނެގިފައިވާ ޙުކުމްކަން ދެނެގަތުމަށް ޓަކައި، الإمام عبدالوهّاب الشّعراني (رحمه اللّه تعالى) ލިޔުއްވާފައިވާ ދެ ފޮތް ކަމުގައިވާ الميزان الكبرى އާއި، الميزان الخضريّة ކިޔާށެވެ".

"ކީރިތި ޤުރްއާނުގައި 'ދީނީ ޢިމްމުވެރިން"، މިހެން ވަޙީކުރައްވާފައިނުވާ ކަމަށް ބުނުން ޞައްޙައެއް ނޫނެވެ. އެހެނީ، ކީރތި ޤުރްއާނުގެ އެތައް އާޔަތެއް ގައި، ޢިލްމުވެރިން (علماء) އަދި علم އަށް ތަޢުރީފުކުރައްވާފައި ވެއެވެ. الشيخ عبدالغني النّابلسي އޭނާގެ ފޮތް ކަމުގައިވާ الحديقة ގައި ލިޔުއްވާފައި ވެއެވެ. "سورة الأنبياء ގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. (فَسْئَلُوا أَهْلَ الذِّكْرِ) މާނައީ: "علم ގެ أهل ވެރިންނާ سؤال ކުރާށެވެ!". ذِكر ގެ މާނަ އަކީ، ޢިލްމެވެ. މި އާޔަތުން މީސްތަކުންނަށް އަމުރުކުރައްވަނީ، ނޭނގޭ މީހުން، ޢިލްމުވެރިން ހޯދައި އެ މީހުންގެ ގާތުން އުނގެނުމަށެވެ. (إِنْ كُنْتُمْ لاَ تَعْلَمُونَ). މާނައީ: "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާ ނަމަ". البيضاوي ވިދާޅުވެފައިވާ ގޮތުގައި، މި އާޔަތަކީ، ނޭނގޭ ކަންތައްތަކާ ބެހޭގޮތުން ޢިލްމުވެރިންނާ ސުވާލުކުރުމަކީ ވާޖިބެއްކަން އަންދައިދޭ ދަލީލެކެވެ. اللّه تعالى آل عمران ގެ 7 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌۭ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌۭ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌۭ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّۭ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ * آل عمران: 7) މާނައީ: "އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އޮޅުމެއް ނެތި، މާނަ ސާފުކޮށް އެނގޭ آية ތަކެއް އޭގެތެރޭގައި ވެއެވެ. އެ آية ތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެވެ. އަދި متشابه آية ތަކެއް ވެސް ވެއެވެ. (އެބަހީ: އަށް اللّه މެނުވީ އޭގެ މާނަ އެނގިވޮޑިގެންނުވާ، ނުވަތަ علمي نظر އަކުން ބަލައިގެން މެނުވީ އޭގެ މާނަ ދޭހަނުވާ آية ތަކެއް ވެސް އޭގެ ތެރޭގައި ވެއެވެ.) ފަހެ، حق މަގުން އެއްކިވާވުމުގެ ގޮތް، އެއުރެންގެ ހިތްތަކުގައި ވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން فتنة އުފެއްދުމުގެ ބޭނުމުގައްޔާއި، އެ آية ތައް އެކި ގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައިވާ متشابه آية ތައް ނަގައި، އޭގައި ހިފަހައްޓައެވެ. އެ آية ތަކުގެ حقيقي މާނަ، اللّه ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނޭނގެއެވެ. علم ގައި ހަރުދަނާކަމާއި، ثابت ކަން ލިބިފައިވާ މީހުން ބުނާހުށީ، ތިމަންމެން މިތިބީ އެ آية ތަކަށް إيمان ވެގެންނެވެ. ހުރިހާ آية ތަކެއް ވެސް ވަނީ، ތިމަންމެންގެ ވެރި ރަސްކަލާނގެ حضرة ންނެވެ. ބުއްދީގެ أهل ވެރިން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ.". އަދި آل عمران سورة ގެ 18 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَـٰهَ إِلَّا هُوَ وَٱلْمَلَـٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ * آل عمران: 18) މާނައީ: "ހަމަކަށަވަރުން، اللّه، އެކަލާނގެ މެނުވީ، إله އަކު ނުވާކަމަށް ހެކިވޮޑިގެންފިއެވެ. އަދި، ملائكة ންނާއި، علم ގެ أهل ވެރިން ވެސް (އެކަމަށް) ހެކިވެ ވަޑައިގެންފި އެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبير ކުރެއްވުމުގައި) عدل ވެރި ކަމާއިގެން އެކަލާނގެ قائم ވެ ވޮޑިގެންވެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. (އެކަލާނގެއީ) عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ". އަދި قصص سورة ގެ 80 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. (وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌۭ لِّمَنْ ءَامَنَ وَعَمِلَ صَـٰلِحًۭا * القصص: 80) މާނައީ: "އަދި علم ލިބިގެންވާ މީހުން ބުނޫއެވެ. ތިޔަބައިމީހުންނަށް ހަލާކުހުށްޓެވެ. إيمان ވާ صالح عمل ކުޅަ މީހަކަށް، اللّه ގެ ثواب (قارون ގެ މުދާވެރިކަމަށް ވުރެ) މާ ހެޔޮކަން ބޮޑެވެ. އަދި ކެތްތެރިންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެތެވެ". އަދި روم سورة ގެ 56 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَـٰنَ لَقَدْ لَبِثْتُمْ فِى كِتَـٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ * الروم: 56) މާނައީ: "އަދި އެބަޔަކަށް علم އާއި، إيمان ކަން ލިބިގެންވާ މީހުން ބުނާނެތެވެ. އަލުން ދިރުއްވާނޭ ދުވަހާ ޖެހެންދެން اللّه ކަނޑައަޅުއްވާފައިވާ ގޮތަށް ހަމަކަށަވަރުން، ތިޔަބައިމީހުން ތިބެއްޖައީމުއެވެ. ފަހެ، މިއީ އަލުން ދިރުއްވައި ފޮނުއްވާ ދުވަހެވެ". އަދި الإسراء سورة ގެ 107-108 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. (إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًۭا * وَيَقُولُونَ سُبْحَـٰنَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولًۭا * الإسراء: 108-107) މާނައީ: "ހަމަކަށަވަރުން، އޭގެ ކުރިން علم ލިބިގެންވާ މީހުންނަށް އެ قرآن ކިޔަވައިދެއްވާ ހިނދު، އެއުރެން سجدة ކުރާ حال، މޫނު ވަރަށް ތިރިވެއެވެ". އަދި الحج سورة ގެ 54 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ * الحج: 54) މާނައީ: "އަދި علم ލިބިގެންވާ މީހުންނަށް، ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަން އެނގުމަށްޓަކައެވެ. ދެން އެއަށް إيمان ވެ،". އަދި العنكبوت سورة ގެ 49 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (بَلْ هُوَ ءَايَـٰتٌۢ بَيِّنَـٰتٌۭ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ * العنكبوت: 49) މާނައީ: "އަދި ކިއެއްތަ! އެއީ علم ލިބިގެންވާ މީހުންގެ ހިތްތަކުގައި بيان ވެގެންވާ آية ތަކެކެވެ". އަދި سبأ سورة ގެ 6 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ * سبأ: 6) މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ حق ބަސްފުޅު ކަމުގައި، އެއުރެންނަށް علم ލިބިގެންވާ މީހުން ދެކޭނެތެވެ. އަދި އެފޮތް މަގުދައްކަނީ، عزيز ވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ މަގަށެވެ". އަދި المجادلة سورة ގެ 11 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَـٰتٍۢ ۚ * المجادلة: 11) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން علم ލިބިގެންވާ މީހުން اللّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ". އަދި فاطر سورة ގެ 28 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَـٰٓؤُا۟ ۗ * فاطر: 28) މާނައީ: "اللّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެ ތެރެއިން علم ވެރިންނެވެ". އަދި الحجرات سورة ގެ 13 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ * الحجرات: 13) މާނައީ: "ހަމަކަށަވަރުން، اللّه ގެ حضرة ގައި ތިޔަބައިމީހުން ކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުން ކުރެ އެންމެ تقوى ވެރި މީހާ އެވެ". އަދި 365 ވަނަ ޞަފްޙާ ގައި ބަޔާންވެގެންވާ ޙަދީޘްތަކުގައި ވަނީ:

(إنّ اللّه و ملائكته وأهل السموات والأرض حتى النملة في جحرها والحيتان في البحر يصلّون على معلّم النّاس الخير) އަދި (يشفع يوم القيامة الأنبياء ثم العلملء ثم الشهداء) އަދި (يا أيها النّاس إنّما العلم بالتعلم) އަދި (تعلّموا العلم فأنّ تعلّمه للّه خشية و طلبه عبادة و مذاكراته تسبيح والبحث عنه جهاد و تعليمه لمن لا يعلمه صدقة و بذله لأهله قربة) އެވެ. طاهر البخاري ގެ الخلاصة ނަމަކަށް ކިޔުނު އޭނާގެ ފަތުވާތަކުގެ ޚުލާޞާއެއް ހިމެނޭ ފޮތުގައި ލިޔުއްވާފައިވަނީ: "ފިޤްހު ފޮތްތައް ކިޔުމުން ދަމު ނަމާދުކުރުމަށް ވުރެ ގިނަ ޘަވާބު ލިބޭނެ އެވެ. އެހެނީ، ފަރްޟު ކަންތަކާއި، ޙަރާމް ކަންތައް ޢިލްމުވެރިން ނުވަތަ އެ ބޭކަލުންގެ ފޮތްތަކުން އުނގެނުމަކީ، ފަރްޟެކެވެ. ކިޔެވި އެއްޗެއް ފެތުރުމަށް ނުވަތަ އެހެން މީހުންނަށް އުނގަންނައިދިނުމަށް ޓަކައި، ފިޤްހު ފޮތްތައް ކިޔުމަކީ، ދަމު ނަމާދު ކުރުމަށް ވުރެ ރަނގަޅު ކަމެކެވެ. الحديقة الندية شرح الطريقة المحمدية ގައި ބަޔާންވެގެންވާ ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘްފުޅެއް ގައި ވެއެވެ.: ما عبداللّه بشئ أفضل من فقه في الدّين. މާނައީ: "ދީނީ ޢިލްމު އުނގެނުމަށް ވުރެ ރަނގަޅު ކަމެއް، اللّه ގެ އަޅަކަށް ނުކުރެވޭނެ އެވެ". އިސްލާމީ ޢިލްމު އުނގެނެވޭނީ ހަމައެކަނި އުސްތާޒުންނާއުމ ފޮތްތަކުންނެވެ. ޝަރުޢީ ފޮތްތަކާއި، މުރުޝިދުންގެ ބޭނުމެއް ނެތް ކަމަށް ބުނާ މީހުންނަކީ، ދައްޖާލުންނާއި، ޒިންދީޤުންނެވެ. އެބައިމީހުންނަކީ، މުސްލިމުންނަށް އޮޅުވާލައި، ހަލާކުގެތެރެއަށް ފޮނުވާ މީހުންނެވެ. ދީނީ ފޮތްތަކުގައި ވާ ޢިލްމު ނެގިފައިވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘުންނެވެ". الحديقة ގައި العلّامة عبدالغني النّابلسي ލިޔުއްވާފައި ވެއެވެ.

اللّه تعالى، އެކަލާނގެ ނަބިއްޔާ محمّد (صلّى اللّه عليه وسلّم) ފޮނުއްވީ، ކީރިތި ޤުރްއާން އުނގަންނަވައި ދެއްވައި، ތަބްލީޣުކުރައްވައި، އެކަލޭގެފާނުގެ އަޞްޙާބުންނަށް ޤުރްއާނުގެ ޢިލްމު އުނގަންނަވައި ދެއްވުމަށެވެ. އިސްލާމީ ޢިލްމުވެރިން ކީރތި ޤުރްއާން އުނގެނުނީ، ޞަޙާބީންގެ އަރިހުންނާއި، އެބޭކަލުންގެ ފޮތްތަކުންނެވެ. ކީރތި ރަސޫލާގެ ޙަދީޘް ގައި ވެއެވެ.: (العلم خزائن و مفاتيحها السؤال)؛ މާނައީ: "ޢިލްމަކީ ޚަޒާނާއެކެވެ. އޭގެ ތަޅުދަނޑިއަކީ، ސުވާލުކުރުމެވެ". (العلم خزائن و مفتاحها السؤال فاسألوا يرحمكم اللّه فإنّه يؤجر فيه أربعة السائل و المعلم و المستمع و المحب لهم)؛ މާނައީ: "ޢިލްމަކީ ޚަޒާނާއެކެވެ. އޭގެ ތަޅުދަނޑިއަކީ، ސުވާލުކުރުމެވެ. ފަހެ ތިޔަބައިމީހުން ސުވާލުކުރާށެވެ. އޭރުން اللّه ރަޙްމަތް ލައްވާނެތެވެ. އެކަލާނގެ ހަތަރު މީހަކަށް ޘަވާބު ދެއްވައެވެ. އެއީ، ސުވާލުކުރާ މީހާ އާއި، އުނގަންނައިދޭ މީހާ އާއި،އަޑުއަހާ މީހާ އާއި، އެއެންމެންނަށް ލޯބިވާ މީހާ އެވެ". (تعلموا العلم و علّموه النّاس)؛ މާނައީ: "ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭށެވެ". (ولكلّ شيئ معدن و معدن التقوى قلوب العارفين)؛ މާނައީ: "ކޮންމެ އެއްޗަކަށް ވެސް މަޢުދަނެއް ވެއެވެ. އަދި ތަޤްވާގެ މަޢުދަނަކީ، ދަންނަ މީހުންގެ ހިތެވެ". (تعليم العلم كفارة للكبائر و تعليم القرآن زيادة في الدّين)؛ މާނައީ: "ޢިލްމު އުނގަންނައިދިނުމަކީ، ބޮޑެތި ފާފަތަކުގެ ކައްފާރާއެކެވެ. އަދި ޤުރްއާން އުނގަންނައިދިނުމަކީ، ދީނުގައި އިތުރުކަން ލިބޭ ކަމެކެވެ".

This booklet in other languages

Türkçe中文(普通话)EnglishPortuguêsРусскийFilipinoУкраїнськаČeštinaБългарски

Share

WhatsAppTelegramE-mail