އެއިން އަށާރަ ކަމެއް ތިރީގައިވެއެވެ:
1- މޫނަށް -ފެން- ބާރަށް ޖެހުން.
2- ވުޟޫކުރާ ފެނަށް ފުމުން.
3- ތިން ފަހަރަށްވުރެ މަދުން ދޮވުން.
4- ތިން ފަހަރަށްވުރެ ގިނައިން ދޮވުން.
5- ވުޟޫކުރާ ފެނަށް ތުއްލުން.
6- ފެންތެރެއަށް ސިންގާނަގައިލުން.
7- ޣަރުޣަރާކުރާއިރު ކަރުތެރެއަށް ފެން ދިއުން.
8- ޤިބުލައަށް ފުރަގަސްދިނުން.
9- ލޯ މަރާލުން.
10- ލޯ ވަރަށް ބޮޑަށް ހުޅުވާލުން.
11- ވާތް ފަރާތުން ފެށުން.
12- ކަނާތުން ސިންގާނެގުން.
13- ވާތަތުން އަނގައަށް ފެންލުން.
14- ވާތަތުން ނޭފަތަށް ފެންލުން.
15- ފައި ބިމުގައި ޖެހުން.
16- އިރުގައި ހޫނުވި ފެނުން ވުޟޫކުރުން.
17- މާއު މުސްތަޢުމަލްއިން ނުރެކުން.
18- ދުނިޔަވީ ވާހަކަ ދެއްކުން.