އަށް ސުވަރުގެއަށް އަށް ދޮރެއް ވެއެވެ. އަދި އަށް ތަޅުދަނޑިއެއްވެސް ވެއެވެ. ފުރަތަމައަކީ، ފަސް ވަގުތު ނަމާދުކުރާ މުއުމިނުންގެ އީމާނެވެ. ދެވަނައަކީ، ކީރިތި ބިސްމިއެވެ. އަދި ހައެއް ވަނީ ކީރިތި ފާތިޙާގެ ތެރޭގައެވެ. އަށް ސުވަރުގެއަކީ:
1- ދާރުލް ޖަލާލް. 2- ދާރުލް ޤަރާރު. 3- ދާރުއް ސަލާމް. 4- ޖަންނަތުލް ޚުލްދު. 5- ޖަންނަތުލް މައުވާ. 6- ޖަންނަތު ޢަދްނު. 7- ޖަންނަތުލް ފިރުދައުސް. 8- ޖަންނަތުއް ނަޢީމް.
ދާރުލް ޖަލާލް ވަނީ ހުދު ނޫރުންނެވެ.
ދާރުލް ޤަރާރު ވަނީ ރަތް ޔާޤޫތުންނެވެ.
ދާރުއް ސަލާމް ވަނީ ފެހި ޒަބަރްޖަދުންނެވެ.
ޖަންނަތުލް ޚުލްދު ވަނީ މަރުޖާނުންނެވެ.
ޖަންނަތުލް މައުވާ ވަނީ ރިހިންނެވެ.
ޖަންނަތު ޢަދްނު ވަނީ ރަނުންނެވެ.
ޖަންނަތުލް ފިރުދައުސް ވަނީ ރަނުންނާއި ރިހިންނެވެ.
ޖަންނަތުއް ނަޢީމް ވަނީ ރަތް ޔާޤޫތުންނެވެ.
ސުވަރުގެއަށް ވަންނަ މުއުމިނުން އެތާގައި އަބަދުއަބަދަށް ތިބޭނެއެވެ. އެތަނުން އެއްވެސް ހިނދަކު ނުނުކުންނާނެއެވެ. އެތާގައިވާ ޙޫރުންނަށް މާހުވެރިކަމާއި ނިފާސް އަދި ނުބައި ޚުލްޤުތައް ނެތެވެ. އެބައިމީހުން އެދޭ ކޮންމެ ބާވަތެއްގެ ކާނާއާއި ބޯތަކެތި، ތައްޔާރުވެގެން އެބައިމީހުންގެ ކުރިމަތިއަށް އަންނާނެއެވެ. ކެއްކުމާއި ކެނޑުން ފަދަ ކަންތަކެއް ކުރާކަށް ނުޖެހޭނެއެވެ. އެބައިމީހުންގެ ބޯމަތީގައި ދޫނިތައް އުދުހެއެވެ. މުއުމިނުން އެބައިމީހުންގެ މަޙަލުތަކުގައި އިށީނދެ ތިއްބައި، އެ ދޫނިތައް ދެކެއެވެ. ތިބާ ދުނިޔޭގައި ހުރިއިރު، އަހަރެންގެ ކައިރިއަށް މިހާ ކައިރިވެ އައިނަމަ، އަހަރެން ތިބާ ފިހެލީހެވެ، ހިތަށް އެހެން އަރާ ހިނދުކޮޅުގައި، ނޫރުގެ ތަށްޓެއްގައި އެވަގުތު ކެއްކި ހާލުގައި އެ ދޫނި އަންނައެވެ. ދެން އެ މީހާ އެ ދޫނި ކާން ފަށައެވެ. އެއީގެ ކަށިތައް އެއް ތާކަށް އެއްކޮށްލައެވެ. މިހާރު މިއީ އަލުން ދޫންޏަކަށް ވިނަމައޭ އެ މީހާގެ ހިތަށް އަރައެވެ. ހިތަށް އެހެން އަރާ ހިނދުކޮޅުގައި، އެއީ ކުރީގެ ގޮތަށް ދޫންޏަކަށްވެ، އުދުހިގެން ދައެވެ.
ސުވަރުގޭގެ ވެލި ވަނީ މިސްކުންނެވެ. އަދި އެއީގެ ބިނާގެ އެއް ގަލެއް ރިހިންނާއި އަނެއް ގަލު ރަނުންނެވެ.
ސުވަރުގޭގެ އަހުލުވެރިންގެ ކޮންމެ މީހަކަށް ސަތޭކަ ފިރިހެނެއްގެ ބާރު ދެއްވާނެއެވެ. އަދި ސުވަރުގޭގެ އަހުލުވެރިންގެ ކޮންމެ މީހަކަށް މަދުވެގެން ހަތްދިހަ ޙޫރެއް އަދި ދުނިޔޭގެ ދެ އަންހެނެއް ދެއްވާނެއެވެ.
އަދިވެސް، ސުވަރުގޭގައި ހަތަރު ކޯރެއް ހިނގައެވެ. މި ކޯރުތަކުގެ ފެށުން އެއްތަނަކުން ކަމުގައިވިޔަސް، ހިނގަނީ ވަކިވަކިންނެވެ. އަދި އެ ކޯރުތަކުގެ ކޮންމެ ކޯރެއްގެ ރަހަ އަނެއް ކޯރެއްގެ ރަހައާ އެއްގޮތެއް ނުވެއެވެ. އެއް ކޯރަކީ ސާފު ފެނެވެ. އަނެއް ކޯރަކީ ޚާލިޞް ކިރެވެ. އަނެއް ކޯރަކީ ސުވަރުގޭގެ ޝަރާބެވެ. އަނެއް ކޯރަކީ ސާފު މާމުއެވެ.
ސުވަރުގޭގައި އުސް މަޙަލްތައް ހުރެއެވެ. އެ މަޙަލްތައް ތިރިވެލުމުން، މުއުމިނުން އެތަކެއްޗަށް އަރައެވެ. އަދި އެ މަޙަލްތަކުން އެމީހުން އެދޭ ތަނަކަށް އެމީހުން ގެންދެއެވެ. (މިހާރުގެ ޙާލަތުގައި، ދުނިޔޭގައި މީގެ މިސާލަކީ ހިނގާ ސިޑިތަކާއި މަތިންދާބޯޓުތަކެވެ.)
ސުވަރުގޭގައި ޠޫބާ ގަސް ހުރެއެވެ. މި ގަހުގެ މޫތައް ހުންނަނީ މަތީގައެވެ. އަދި ގޮފިތަކާއި ކުޑަ ގޮފިތައް ތިރިއަށް ލަނބައިގެން ހުންނައެވެ. ދުނިޔޭގައި މީގެ މިސާލަކީ ހަނދާއި އިރެވެ.
އަދިވެސް، ސުވަރުގޭގެ އަހުލުވެރިންނަށް ކެއުމުގެއާއި ބުއިމުގެ ރަހައާއި އުފާ އިޙްސާސްވެއެވެ. ނަމަވެސް ފާޚާނާ ޙާޖަތް އިޙްސާސް ނުވާތީ، މިފަދަ އިންސާނީ ބޭނުންތަކާއި ތަކުލީފުތަކުން އެމީހުން ބަރީއެވެ.
اللَّه تَعَالَى ސުވަރުގޭގައި އެ އިލާހުގެ މުއުމިނު އަޅުންނަށް ޚިޠާބުކުރައްވައި: (އަހަރެންގެ އަޅުންނޭ! އަހަރެން ދޭން، އަހަރެންގެ ޙަޟްރަތުން އިތުރަށް ކީކެއް ބޭނުންހެއްޔެވެ؟ ތިބާމެން ލަޒަތާއި އުފަލުގައި ތިބޭށެވެ!) ވަޙީފުޅުކުރައްވާނެއެވެ. އަޅުންވެސް، ޔާ ރައްބީ! އަޅުގަނޑުމެން ނަރަކައިން މިނިވަންކުރައްވައި، ކަލޭގެފާނުގެ ސުވަރުގެއަށް ވައްދަވައި، މިހާ ގިނަ ޙޫރުންނާއި ޣިލްމާންނާއި ވިލްދާން ދެއްވިއެވެ. މިއީގެ އިތުރުން، ޚިޔާލަކަށްވެސް ނައި، ލޮލަކުންވެސް ނުދެކޭ، ކަންފަތަކުންވެސް ނާހާ މިހާ ގިނަ ނިޢުމަތްތައް ދެއްވިއެވެ. އިތުރަށް އެއްޗެއް އެއްސުމަށް އަޅުގަނޑުމެން ޙަޔާކުރަމެވެ، ބުނާއިރު، ރައްބުލްޢާލަމީން އަލުން ޚިޠާބުކުރައްވައި: (އަހަރެންގެ އަޅުންނޭ! މިތަކެއްޗާ ނޫން ތިބާމެން އަހަރެންގެ ޙަޟްރަތުން އެއްސޭނެ އެއްޗެއް ވެއެވެ) ވަޙީފުޅުކުރައްވާއިރު، އަޅުންވެސް، ޔާ ރައްބީ، އިތުރަށް އެއްސުމަށް އަޅުގަނޑުމެންނަށް މޫނެއް ނެތެވެ. އަދި ކީކެއް އެއްސާނީކަންވެސް އަޅުގަނޑުމެން ނުދަނިމެވެ، ބުނާއިރު، ރައްބުލްޢާލަމީން (އަހަރެންގެ އަޅުންނޭ! ދުނިޔޭގައި ތިބާމެންނަށް މަސްއަލައެއްގެ ޖަވާބު ބޭނުންވާއިރު ކީއްކުރަމުން އައިތަހެއްޔެވެ؟) ވަޙީފުޅުކުރައްވާނެއެވެ. އެމީހުންވެސް، ޢުލަމާއުން ކައިރިއަށް ދަމުން އައީމެވެ. އަދި އެ މަސްއަލަ ދަސްކޮށް، އަޅުގަނޑުމެންގެ އުނދަގޫ ޙައްލުވަމުން ދިޔައެވެ، ބުނާއިރު، ކީރިތި ޙައްޤު ސުބްޙާނަހޫ ވަ ތަޢާލާ، (މިހާރުވެސް އެހެން ހަދައި، ޢުލަމާއުންނާ މަޝްވަރާކޮށް، ޚަބަރު ހޯދައިގަންނާށެވެ! އެމީހުން ޚަބަރުދޭ ކޮންމެ އެއްޗެއް ތިބާމެންނަށް ދޭނަމެވެ) ވަޙީފުޅުކުރައްވާއިރު، ޢުލަމާއުންވެސް: ތިބާމެންނަށް ﷲ ގެ ޖަމާލު ހަނދާން ނެތުނީހެއްޔެވެ؟ ދުނިޔޭގައި އުޅޭއިރު، އަޅުގަނޑުމެންގެ ރައްބު މަކާނުން މުނައްޒަހުވެވޮޑިގެންވާ ޙާލު، ސުވަރުގޭގައި އެ އިލާހުގެ ޖަމާލު އަޅުގަނޑުމެންނަށް ދައްކަވާނެއެވެ، ބުނަމުން ތިބާމެން އެދިއުޅުނީއެވެ. އެކަން އައްސަވާށެވެ، ބުނެ، އެމީހުންވެސް ﷲ ގެ ޖަމާލު ދެކުން އެދޭއިރު، އައްލާހު ޢަޒީމުއްޝާން، މަކާނުން މުނައްޒަހުވެވޮޑިގެންވާ ޙާލު، ކަމާލުވެވޮޑިގެންވާ ޖަމާލު ދައްކަވާނެއެވެ. ޙައްޤު ތަޢާލާގެ ޠާހިރު ޖަމާލު ދެކިގެން، ކިތައްމެ ހާސް އަހަރެއް އެމީހުން ޙައިރާންވެ ތިބޭނެއެވެ.
އަދިވެސް، ސުވަރުގޭގައި މީހަކު އޭނާގެ މަޙަލުގައި އިނދެތިއްބާ، އޭނާގެ ވަށައިގެން، ކުޑަދޮރުތަކުގެ ކުރިމަތީ މޭވާތައް ހުންނައެވެ. އަޅުން އެ މޭވާތައް ދެކި، އަތް ދިގުކޮށް، އެ ގޮފި ދަމާ، މޭވާ ކަނޑައިގެން ކާނަމެވެ، ޚިޔާލުވާއިރު، އިން ތަނުން ތެދުވުމަކަށާއި ގޮފި ދެމުމަކަށް ޙާޖަތެއް ނުވެއެވެ. އެއިރުންނެވެ، އޭނާ އިން ތަނަށް އޭނާ އެދޭ ގޮފި ކުރިމަތިވެ، މޭވާ ކަނޑައި، އަނގައަށް ލައި، ހަފައި، އޭގެ ރަހަ ކަރަށް ފޯރުމުގެ ކުރިން، ކެނޑި ތަނުން އަނެއް މޭވާއެއް ހެދެއެވެ. އަނގައަށް ލާއިރު އެ މޭވާ ފައްކާވެ، ރަހަ މީރުވެގެން ހުންނައެވެ. މިގޮތަށް (ރައްބުލްޢިއްޒަ) އައު މޭވާ ހައްދަވާނެއެވެ.
ޢާޤިލު މީހެއްނަމަ ނަމާދު ކުރާށެވެ، އެއީ ސަޢާދަތުގެ ތާޖެވެ.
ނަމާދަކީ މުއުމިނު މީހާގެ މިޢުރާޖުކަމަށް ދަންނާށެވެ.