އަދިވެސް، ޖަނާޒާ ނަމާދުކުރުމާއި، ވަޅުލުމާއި، ހެނުވުމާއި، ކަފުންކުރުމާއި، މި ހުރިހާ ކަމެއް ފަރުޟު ކިފާޔައެވެ.
މައްޔިތު ފެންވަރުވުމަށް، ހުސް ތަނެއްގައި ބަހައްޓާފައިވާ، މާބުލުން ނުވަތަ ލަކުޑިން ހެދި މައްޔިތު ފެންވަރުވާ ތަޚުތުގެ މަތީ ފިޓިފިޓިއަށް އޮއްސާލައެވެ. ޤަމީޞް ބޭލައެވެ. ވުޟޫ ކުރުވައެވެ. ބޮލުން ނާބިއަށް ހުނުކުޑަ ފެނުން ދޮވެލައެވެ. ދެން ނާބިއާއި ކަކޫގެ ދެމެދު ނިވާކޮށް ދޮވެލައެވެ. ފެންވަރުވާ މީހާ ކަނާއަތުގައި އަތްމޮށި އަޅައެވެ. އެ އަތް ނިވާކުރި ފޮތީގެ ދަށަށް ވައްދައި، ފެން އަޅައަޅައި ދޮވެލައެވެ. ފޮތީގެ ދަށަށް ނުބަލައެވެ. ދެން ވާތަށަށް އަނބުރުވައި، ކަނާތްފަރާތް ދޮވެލައެވެ. ދެން ކަނާތަށަށް އަނބުރުވައި، ވާތްފަރާތް އަތްމޮށި އަޅާފައިވާ އަތުން ދޮވެލައެވެ. ކަފުނުގެ ތިން ފޮތިކޮޅުން އެއް ފޮތިކޮޅު، މައްޔިތު ފެންވަރުވާ ތަޚުތުގެ މަތީ، މައްޔިތުގެ ދަށުގައި އަތުރައެވެ. މި އަތުރާފައިވާ ފޮތިކޮޅު، މައްޔިތާއެކު ތާބޫތުގައި ބަހައްޓައެވެ.
ކަފުން ތިން ބާވަތެކެވެ: ފަރުޟު ކަފުން، [މިއަށް ޟަރޫރަތުގެ ކަފުންވެސް ކިޔައެވެ]، ސުންނަތް ކަފުން، ކިފާޔަތުގެ ކަފުނެވެ.
ސުންނަތް ކަފުން، ފިރިހެނުންނަށް ތިން ފޮތިކޮޅެވެ. އަންހެނުންނަށް ފަސް ފޮތިކޮޅެވެ.
ކިފާޔަތުގެ ކަފުން، ފިރިހެނުންނަށް ދެ ފޮތިކޮޅެވެ. އަންހެނުންނަށް ތިން ފޮތިކޮޅެވެ.
(ބަޙްރު)ގައި ބުނެފައިވަނީ، (އަންހެނުންގެ ކިފާޔަތުގެ ކަފުނަކީ، އިޒާރާއި، ލިފާފާއާއި، ޚިމާރު އެބަހީ ބުރުގާއެވެ. އެހެނީ، އަންހެނުން ދިރިހުރެދިއައިރު ނިވާވަނީ މި ތިން އެއްޗެހިންނެވެ.) އިޒާރަކީ، އެ ޒަމާނުގައި ކޮނޑުން ނުވަތަ ބޮލުގެ މަތިން ފައިތިލައަށް ހަށިގަނޑަށް ވަށާލި ފޮތްޏެކެވެ. ލިފާފާއަކީ ޤަމީޞް [ދިގު ހެދުން] ކަމަށް އިބްނު ޢާބިދީންގައި ލިޔެފައިވެއެވެ. މިއިން ފެންނަނީ، ކުރީގެ ޒަމާނުގައި މުސްލިމު އަންހެނުން މަގަށް ނުކުންނަނީ ފުޅާ މަންތޯއަކާއި ބުރުގާއަކާއެކު ކަމެވެ. (ބަޙްރު)ގައި އަދި (ދުއްރުލް މުންތަޤާ)ގައި ބުނެފައިވަނީ، (ފިރިމީހާ އަނބިމީހާއަށް ދިނުން ވާޖިބުވާ ނަފަޤާއަކީ، ކާނާއާއި، ކިސްވާއާއި، އިނދެހުރެވޭ ތަނެވެ. ކިސްވާއަކީ، ޚިމާރާއި މިލްޙަފާއެވެ.) މިލްޙަފާއަކީ ބޭރުން އަޅާ ނިވާއެވެ. [މިއަށް މިހާރު ފެރާޖެ، މަންތޯ ނުވަތަ ސާޔާ ކިޔައެވެ. މިއިން ފެންނަނީ، އަންހެނާގެ ހެދުން ތިން ފޮތިކޮޅެއް ކަމެވެ. މިއޭގެ ތެރޭގައި ޗާރުޝަފް ނެތެވެ. ޗާރުޝަފުން ނިވާވުން ޢާދައަކަށް ވެފައިވަނީ ފަހުންނެވެ. ޗާރުޝަފުން ނިވާވުން ޢުރުފާއި ޢާދައަށްވާ ތަންތަނުގައި ޗާރުޝަފުން، މަންތޯ އެޅުން ޢާދައަށްވާ ތަންތަނުގައި ފުޅާ މަންތޯއަކާއި ބޯ ބުރުގާއަކިން ނިވާވުން ޖާއިޒެވެ. ޢުރުފާއި ޢާދައިން ބޭރުވުމަކީ، ޖަމާޢަތުން ވަކިވުމެވެ. އެއީ ފިތުނައަށް ސަބަބުވާ ކަމެކެވެ. ފިތުނައަށް ސަބަބުވުން ޙަރާމެވެ.]
ފަރުޟު ކަފުން، ފިރިހެނުންނަށާއި އަންހެނުންނަށް އެއް ފޮތިކޮޅެވެ.
ކަފުނަށް ފޮތި ނުލިބި، ޙަރީރު އެބަހީ ރޭޝަމު ލިބިއްޖެނަމަ، ފިރިހެނުންނަށް އެއް ފަށަލައިގެން، އަންހެނުންނަށް ދެ ފަށަލައިގެން ފުދެއެވެ.
އަދި ޖަނާޒާ ނަމާދުގައި އިމާމަތަށް އައުލާވަނީ، ފުރަތަމަ، މުސްލިމަކު ނަމަ ދައުލަތުގެ ރައީސްއެވެ. ދެން އެ ރަށުގެ ޙާކިމެވެ. ދެން ހުކުރު ނަމާދު ކުރުވުމަށް ހުއްދަ ލިބިފައިވާ ޚަޠީބު އެފެންދީއެވެ. ދެން އިމާމު ޙައްޔެވެ.
އިމާމު ޙައްޔު ކިޔާ މީހަކީ، މައްޔިތު ދިރިހުރެދިއައިރު، އޭނާއާ މެދު ހުސްނުޒަން ކުރި ޢާލިމު މުސްލިމެކެވެ. އަދި އޭނާއަށް ފަހު މައްޔިތުގެ ވަލީއެވެ. ވަލީ ނާދޭހާހިނދު، މި ޒިކުރުކުރެވުނު މީހުންގެ އިތުރުން އެހެން މީހަކު ނަމާދު ކޮށްފިނަމަ، ވަލީއަކީ އިޚްތިޔާރު ލިބިގެންވާ މީހެކެވެ. ބޭނުންނަމަ ޢިޢާދަ ކުރެއެވެ، ނުވަތަ ނުކުރެއެވެ. [މިއީގެ ތަފްޞީލު، (ސަޢާދަތި އަބަދިއްޔާ) ކިޔާ ޢިލްމުޙާލު ފޮތުގައި ވެއެވެ.]
އަދި މީހެއްގެ ހަށިގަނޑު މެދުން ދެބައިކޮށް ކަނޑާފައިވެ، އެންމެ ބައެއް ލިބިއްޖެނަމަ، އެ ބަޔަށް ޖަނާޒާ ނަމާދު ނުކުރެއެވެ.
މަރުވެފައިވާ މީހެއް ކޮޅުކޮޅަށް ވެ، ކޮންމެ ކޮޅެއް ވަކި ތަނެއްގައި ވާ ޙާލުގައި ފެނިއްޖެނަމަ، އެ މީހާގެވެސް ޖަނާޒާ ނަމާދު ނުކުރެއެވެ. ފަހެ، އެ ކޮޅުތައް އެއްތަނަށް އެއްކޮށްފިނަމަ، ޖަނާޒާ ނަމާދު ކުރެއެވެ.
ޖަނާޒާއެއް ފެންވަރުވައި، ތަނެއް ހިކިވެ ހުރިއޭ ބުނެފިނަމަ، އަދި ކަފުން ނުލާނަމަ، އެ ތަން ދޮވެލައެވެ. އެހެނަސް، ޤަބުރު ކައިރިއަށް ގޮސްފަހު، އޭނާގެ ވުޟޫގެ އަނގަތަކުން ތަނެއް ހިކިވެ ހުރިއޭ ބުނެފިނަމަ، އެ ތަން ދޮވެލައި ޖަނާޒާ ނަމާދު ކުރެއެވެ. ޤަބުރުގައި ބަހައްޓައި، މަތި ނިވާކޮށްފަހު ޚަބަރު ދީފިނަމަ، އެހިނދު ޤަބުރުން ބޭރަށް ނުނަގައެވެ. ފެން ނުވަރުވައި ވަޅުލާފައިވާ މައްޔިތުގެ މަތިއަށް ވެލި ނާޅާނަމަ، ބޭރަށް ނަގައި ފެންވަރުވައެވެ.
އަދި ޖަނާޒާއަކަށް ތަޔައްމުމް ކުރުވައި، ގެންދަނިކޮށް ފެން ލިބިއްޖެނަމަ، އިޚްތިޔާރު ލިބިގެންވެއެވެ.
ރަށެއްގައި ގިނަ މީހުން މަރުވެފައިވާނަމަ، އެންމެންނަށް އެއް ޖަނާޒާ ނަމާދެއް ކުރުން ޖާއިޒެވެ. ހަމަކަށަވަރުން، އިސްލާމީ ޝަރީޢަތުގެ ޙުކުމް ތަންފީޛުކުރުމާއެކުއެވެ. ނަމަވެސް އައުލާވަނީ، ކޮންމެ މީހަކަށް ވަކިން ނަމާދު ކުރުމެވެ.
އަދި ޖަނާޒާ ނަމާދަށް، (اللَّه تَعَالَىގެ ރިޟާއަށް ޓަކައި ނަމާދު ކުރުމަށާއި، ފިރިހެން [ނުވަތަ އަންހެން] މީހާއަށް ދުޢާ ކުރުމަށް، މި ޙާޟިރުވެހުރި އިމާމަށް ތަބަޢަވީމެވެ) ކިޔައި ނިޔްޔަތް ކުރާށެވެ.
އަދި މީހަކު މަގު ހިފައިގެން ފޭރާނިކޮށް ހިފައި، ޙާކިމާއި ވަލީގެ ރައުޔުން މަރާލައިފިނަމަ، ނުވަތަ މީހަކު ދައުލަތަށް ޢިސްޔާންވުމުގެ ސަބަބުން، ހަނގުރާމަ ކުރަނިކޮށް މަރާލައިފިނަމަ، ނުވަތަ މީހަކު އަމިއްލަ މަންމަ ނުވަތަ ބައްޕަ މަރާލައިފިނަމަ، މި މީހުންގެ ޖަނާޒާ ނަމާދު ނުކުރެއެވެ.
އަމިއްލަ އަތުން އަމިއްލަ ނަފްސު މަރާލައިފިނަމަ، އެބަހީ އަމިއްލަ ނަފްސު މަރާލުން ކޮށްފިނަމަ، އޭނާގެ ޖަނާޒާ ނަމާދު ކުރެއެވެ (ދުއްރުލް މުޚްތާރު).
އަދި އަހްލުއްސުންނައަށް ވާ މީހުންގެ ދިހަ ޢަލާމާތެއް ވެއެވެ:
1- އެ މީހާ ޖަމާޢަތުގައި ނަމާދު ކުރުން ދާއިމްކޮށް ގެންދެއެވެ.
2- [ޢިޢުތިޤާދު ނުވަތަ ފިސްޤު، ކުފުރަށް ނުފޯރާ] އިމާމަށް ތަބަޢަވެއެވެ.
3- ޚުއްފުގެ މަތީ މަސްހު ކުރުން ޖާއިޒުކަމަށް ދެކެއެވެ.
4- ކީރިތި ޞަޙާބީން “رَضِيَ اللَّهُ تَعَالَى عَنْهُمْ أَجْمَعِينَ” ކުރެ އެއްވެސް ބޭކަލަކަށް ނުބައި ބަހެއް ނުބުނެއެވެ.
5- ދައުލަތަށް ޢިސްޔާން ނުވެއެވެ.
6- ދީނުގައި [ޙައްޤުނުވާ ގޮތަކަށް] ޖަދަލާއި ބަހުސް ނުކުރެއެވެ.
7- ދީނުގައި ޝައްކު ނުކުރެއެވެ.
8- ޚައިރާއި ޝައްރު ވަނީ اللَّه تَعَالَىގެ ހަޟްރަތުން ކަމަށް ދަނެއެވެ.
9- [އިލްޙާދު ވާޟިޙުވެ ނުދާހާހިނދު] އަހުލުލް ޤިބްލާ ތަކްފީރު ނުކުރެއެވެ.
10- ހަތަރު ޚަލީފާއިން، އެހެން ޞަޙާބީންނަށް ވުރެ އިސްކުރެއެވެ.