Hakikat Books
English
Preview — this text has not yet been approved for publication.

Chapter 1 / 18

އަލްމުޤައްދިމާ

بسم الله الرحمن الرحيم

اللّه تعالى ބިންމަތީގައި އުޅޭ ހުރިހާ އެންމެންނަށް އޯގާވަންތަވެ ވޮޑިގެން ވެއެވެ. އެކަލާނގެ، ފައިދާހުރި އެއްޗެހި އުފައްދަވައި، އެ ތަކެތި އެންމެންނަށް ފޮނުއްވަވައެވެ. ނިމުމެއް ނެތް އުފާވެރިކަމަށް ޓަކައި އެކަލާނގެ ގޮތްތައް ދައްކަވައެވެ. އަމިއްލަ ނަފްސާއި، ނުބައި އެކުވެރިންނާއި، ގެއްލުންދެނިވި ފޮތްތަކާއި، މީޑިޔާ އިން މަގުއޮޅިގެން ތެދުމަގު ދޫކޮށް ކުފުރުގެ މަގާއި، ތުންތުންމަތިން ދެކެވޭ ވާހަކަތައް ޤަބޫލުކުރި މީހުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ކޮންމެ މީހަކަށް ތެދުމަގު ދައްކަވައެވެ. އަނިޔާވެރި އަދި ޙައްދުފަހަނައަޅާދާ މީހުންނަށް އެކަލާނގެ މި ރަޙްމަތް ނުދެއްވައެވެ. އެފަދަ މީހުން އެ މީހުން ބޭނުންވާ އަދި ހިތް އެދޭ ކުފުރުގެ މަތީގައި ތިބުމަށް ދޫކޮށްލައްވައެވެ. ނަރަކަށް ދާން ތިބި ކުށުގެ ޢަޤީދާގެ މީހުންގެ ތެރެއިން އާޚިރަތުގައި އެކަލާނގެ އިޚްތިޔާރުކުރައްވާ ކޮންމެ މީހެއްގެ ފާފަފުއްސަވައި، އެ މީހުން ސުވަރުގެ އަށް ވައްދަވައެވެ. ކޮންމެ ދިރޭ އެއްޗެއް ހަމައެކަނި އެކަލާނގެ އުފައްދަވައި، ހުރިހާ ވަގުތެއް ގައި ދިރިހުރި ކޮންމެ އެއްޗެއް ލައްވަވައި، ހުރިހާ އެންމެން ބިރުވެރިކަމުން ރައްކާތެރިކުރައްވައެވެ. اللّه تعالى ގެ މަތިވެރިވެގެންވާ ނަންފުޅަށް އަޅަމެން އިތުބާރުކުރަމުން، އެކަލާނގެ ކިބައިން މަދަދު އެދެމުން އަޅަމެން މި ފޮތް ލިޔަން ފަށަމެވެ.

اللّه تعالى އަށް ޙަމްދު ހުއްޓެވެ. ލޮބުވެތި ނަބިއްޔާ محمّد (عليه السّلام) އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. އެކަލާނގެ އަހްލު ބައިތުންނާއި، ކޮންމެ ޞަޙާބީއަކަށް ވަކިވަކިން މަތިވެރިވެގެންވާ ހެޔޮ ދުޢާތައް ހުއްޓެވެ.

އިސްލާމީ ޢަޤީދާގެ މަބްދައުތަކާއި، އަމުރުކުރައްވާފައިވާ ކަންތަކާއި، ނަހީކުރައްވާފައިވާ ކަންތައްތަކުގެ މައްޗަށް އެތަކެއް ހާސް އަގުހުރި ފޮތްތަކެއް ލިޔެވިފައި ވާ އިރު، އޭގެ ތެރެއިން ގިނަ ފޮތްތަކެއް ވަނީ ބޭރު ބަސްބަހަށް ތަރުޖަމާކުރެވި ހުރިހާ ޤައުމުތަކަށް ޑިސްޓްރިބިއުޓް ކުރެވިފައެވެ. އަނެއްކޮޅުން، ހިތް ނުބައި އަދި ދުރު ނުވިސްނޭ މީހުން މެދުނުކެނޑި ދަނީ ފައިދާހުރި، ގިނަ، އަދި އުޖާލާކަން މަތީގައިވާ އިސްލާމް ދީނުގެ ޙުކުމްތަކަށް ބަހުގެ ޙަމަލާ ދީ އަގުވައްޓާލައި، ބަދަލުކޮށް މުސްލިމުންނަށް އޮޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެކަމަކު، އުފަލާ އެކު ފާހަގަކޮށްލަން ޖެހެނީ، ގާތްގަޑަކަށް ކޮންމެ ޤައުމެއްގެ އިސްލާމީ ޢިލްމުވެރިން އަދިވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ، މިގޮތް ދިފާޢުކުރެއްވުމަށެވެ. އަނެއްކޮޅުން، أهل السنّة ގެ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ނުކިޔާ ނުވަތަ ނުވިސްނޭ ބަޔަކު – ނޭނގި ތިބެ - ކީރިތި ޤުރްއާނާއި ޙަދީޘުން ނަގާފައިވާ ކަމަށް ދަޢުވާ ކުރެވޭ އެކަށީގެންނުވާ ޚިޠާބުތަކާއި، މަޒްމޫންތައް ދަނީ ފެންނަމުންނެވެ. ހަމަ އެއާއެކު، މި ފަދަ ޚިޠާބުތަކާއި، މަޒްމޫނުތަކަކީ، އެ މީހުންގެ އޭޖެންޓުންގެ ޖާހިލުކަން އެނގުން ފިޔަވައި، އަޅުގަނޑުމެންގެ މުސްލިމު އަޚުންގެ ވަރުގަދަ އީމާންތެރިކަމުގެ ކުރިމަތީގައި އެއަކުން އަސަރެއް ކޮށް ނުފޫޒުހިންގޭ އެއްޗެއް ނޫނެވެ.

މުސްލިމެއް ކަމަށް ދަޢުވާކުރާ މީހާ އާއި، ޖަމާޢަތުގައި ނަމާދުކުރާ މީހާ އަކީ މުސްލިމެއް ކަމަށް ބެލެވެން ޖެހޭނެ އެވެ. ފަހުން އެފަދަ މީހެއްގެ ވާހަކަދެއްކުމުގެ ތެރޭގައި، ނުވަތަ ލިޔާ ލިޔުމެއް ގައި ނުވަތަ ސުލޫކު ހުންނަ ގޮތުން أهل السنّة ގެ ޢިލްމުވެރިންގެ ފަރާތުން ވާރިދުވެގެން އެނގިފައިވާ އީމާންތެރިކަމާ ޚިލާފު ކަމެއް ފެނިއްޖެ ނަމަ، އެއީ ކުފުރު ނުވަތަ މުރުތައްދުވުން ކަމަށް އޭނާ އަށް ރައްދުކޮށް ބުނެވޭނެ އެވެ. އެފަދަ ކަމަކުން ދުރުވެ، ތައުބާވުމަށް އެފަދަ މީހަކާ މުޚާޠަބުކޮށް ބުނެވޭނެ އެވެ. ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ފަސް ނަމާދު ކުރުމާއި، ޙައްޖުގެ އަޅުކަން ކުރުމާއި، ހުރިހާ ވައްތަރެއްގެ އަޅުކަން ކުރުމާއި، ހެޔޮ ކަންތައްތައް ކުރުމުގައި ދެމިހުރި ކަމުގައި ވިޔަސް، ކުފުރުވުމަށް މެދުވެރިވި ކަންތައް ހުއްޓާލައި، ތައުބާނުވާހާ ހިނަދަކު، މި މުޞީބާތުން އޭނާ ސަލާމަތެއް ނުވާނެ އެވެ. އޭނާ މުސްލިމަކަށް ނުވާނެ އެވެ. އޭނާ މުސްލިމަކަށް ނުވާނެ އެވެ. ކުފުރުވާ ފަދަ ކަންތައްތަކާ ބެހޭ މަޢުލޫމާތު ކުރުމާ އެކު، ކޮންމެ މުސްލިމަކު ވެސް ކުފުރުވުމުން ސަލާމަތްވާން ޖެހޭނެ އެވެ. އަދި ކާފިރުންނާއި، މުސްލިމުން ކަމަށް ހެދިގެން އުޅޭ ދޮގުވެރިން، ޚާއްޞަކޮށް އިނގިރޭސި ޖާސޫސުންނަކީ ކޮން ބައެއް ކަން ރަނަގޅަށް ދަނެތިބެ އެ ފަދަ މީހުން ދޭ ގެއްލުންތަކުން ސަލާމަތްވާން ޖެހޭނެ އެވެ.

اللّه ގެ ރަސޫލާ محمّد (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވާ ގޮތުގައި، ކީރިތި ޤުރްއާނާއި، ޙަދީޘުން ރަނގަޅު ނޫން މާނަ ނެރެހަދާނެއެވެ. އެއާއެކު، ދީން ޤަބޫލުނުކުރާ 72 ގްރޫޕެއް ފާޅުވާނެ އެވެ. މި ޙަދީޘް ވަނީ، (މަޝްހޫރު ދެ ޙާދީޘް ފޮތް ކަމުގައިވާ) بخاري އާއި مسلم އާ ޙަވާލާދީގެން البريقة އަދި الحقيقة މި ނަން ކިޔާ ދެ ފޮތުގައި ޝަރަޙަކުރެވިފައެވެ. "އިސްލާމް ދީނުގެ މޮޅު ޢިލްމުވެރިޔާ" ނުވަތަ "ދީނީ ޢީލްމުގެ ޕްރޮފެސަރ" ފަދަ ނަންތަކާ އެކު ނިކުންނަ މި ގްރޫޕްތަކުގެ މީހުން ގެ ފޮތްތަކާއި، ލެކްޗަރތައް އަޅުގަނޑުމެން ޤަބޫލުކޮށްގެން ނުވާނެ އެވެ. އަދި މިފަދަ އީމާނާއި ޢަޤީދާގެ ވަގުންގެ ދަންތުރަތަކުގައި ނުޖެހުމަށް އަޅުގަނޑުމެން ވަރަށް ސަމާލުވާން ޖެހޭނެ އެވެ. މި ފަދަ ދީން އުނގެނިފައި ނެތް މުސްލިމުންނާއި، ކޮމިއުނިސްޓުންނާއި، ފްރީމޭސަނުންނާއި، ކްރިސްޓިއަން ތަބްޝީރީ ޙަރަކާތްތަކުގެ މީހުންގެ އިތުރަށް، އަނެއް ކޮޅުން، އިނގިރޭސިންނާއި، ޔަހޫދީ ޒަޔޮނިސްޓުން އުފައްދާފައިވާ ވައްހާބީން ދަނީ، އާ ގޮތްތައް ބޭނުންކޮށްގެން މުސްލިމު ކުޑަކުދިން މަގުއޮޅުވުމަށް މަސައްކަތް ކުރަމުންނެވެ. މީހުންގެ ބޯކާލާ ކަހަލަ މަޒްމޫންތަކާއި، ފިލްމުތަކާއި، ތިއޭޓަރު ގައި ކުޅޭ ޑްރާމާތަކާއި، ރޭޑިޔޯ އާއި، ޓީވީ ބްރޯޑްކާސްތްތަކުންނާއި (ވެބްސައިޓްތަކުގެ) ޒަރީޢާ އިން އިސްލާމް ދީނާއި، އިސްލާމީ ޢަޤީދާ ނައްތާލުމަށް އެބައި މީހުންނަށް ކުރެވުނު އެންމެ ބޮޑަކަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ބޭނުމަށް ޓަކައި، އެބައި މީހުން ދަނީ އެތައް މިލިޔަނުން ފައިސާ ޚަރަދުކުރަމުންނެވެ. اللّه ރަޙްމަތްލެއްވި އިސްލާމީ ޢިލްމުވެރިން ވަނީ އެ ފަދަ ހުރިހާ އެންމެންނަށް ދޭންޖެހޭ ޖަވާބުތައް ދީ، اللّه تعالى ދީނުގައި އޮތް ގޮތް ދައްކުވައިދީ، އުފާވެރިކަމާއި، ދިންނެވުމަށް އޮތް މަގު ދައްކައިދީފައެވެ.

އެފަދަ ފޮތްތަކުގެ ތެރެއިން، އަޅުގަނޑުމެން އިޚްތިޔާރުކުރީ އިސްލާމް ދީނުގެ ވަރަށް ފާހަގަކުރެވޭ ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތެވެ. إعتقاد نامه ތުރުކީ ބަހަށް ރަސްމީކޮށް ތަރުޖަމާކުރައްވާފައި ވަނީ فرائد الفوائد މި ނަމުގައި المرحوم الحاج فيض اللّه أفندي الكماخي އެވެ. މި ފޮތް ޗާޕުކުރެވިފައި ވަނީ މިޞްރު ގައި 1312 ހ. ގައެވެ. މި ތަރުޖަމާ ފަސޭހައިން ކިޔާލެވޭ ގޮތަށް އީމާން އަދި އިސްލާމް މި ނަމުގައި ވަނީ ލިޔެވިފައެވެ. އެ ފޮތުގެ ފުރަތަމަ ޢަދަދު ނިމިފައިވަނީ 1966 ގައެވެ. އަޅުގަނޑުމެންގެ އަމިއްލަ ޝަރަޙަތައް ދެވިފައިވަނީ ހަތަރެސްކަން ބްރެކެޓް ތެރޭގައެވެ. މި ފޮތް އެއްތިރީސް ވަނަ ފަހަރު ގައި އިނގިރޭސި ބަހަށް ތަރުޖަމާކޮށް ގިނަ ޢަދަދަކަށް ޝާއިޢުކުރުމުގެ ޚަރަދުތައް ހަމަޖެއްސުވުމަށް މިންވަރުކުރެއްވި اللّه تعالى އަށް ޝުކުރު ހުއްޓެވެ. މި ފޮތުގެ އަޞްލު إعتقاد نامه ނެރެވުނީ ފާރިސީ ބަހުންނެވެ. އަދި އެ ފޮތް އޮތީ އިސްތަންބޫލް ޔުނިވަރސިޓީ ކުތުބުޚާނާ ގައެވެ (އިބްނުލް އަމީން މުޙައްމަދު ކަމާލް ޑިޕާޓްމަންޓް އެފް. 2639).

ذُرُّالمُخْتَار ގެ 'ދީން ޤަބޫލުނުކުރާ މީހާގެ ކައިވެނި' މި މައުޟޫޢު ނިމޭ ތާނގައި ލިޔެވިފައިވާ ގޮތުގައި، "نكاح އެއް (އިސްލާމް ދީނުގައި އަންގަވާފައި ވާ ގޮތަށް ހެދޭ ކައިވެނީގެ އެއްބަސްވުން) ގައި ވާ މުސްލިމު އަންހެން ކުއްޖަކު ބާލިޣުވާ އިރު، އިސްމާ ދީން ނޭނގޭ ނަމަ، (ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ބެލެވި) އެ ކުއްޖާގެ ކައިވެނި ބާޠިލުވާނެ އެވެ. اللّه تعالى ގެ ޞިފަތައް އެ ކުއްޖާ އަށް ދަސްކޮށްދެވި، އެ ކުއްޖާ އެ ކަންތައްތައް އަނގަދަށުން ކިޔައި 'އަހަރެން މި ކަންތައްތައް ޤަބޫލުކުރަމޭ' ބުނަންވާނެ އެވެ. މި ކަން އޮޅުންފިލުއްވައި ދެއްވަމުން، إبن عابدين (رحمه الله تعالى) ވިދާޅުވިއެވެ. "އެ އަންހެން ކުއްޖާ ކުޑަ ނަމަ، އޭނާ ނިސްބަތްވަނީ އޭނާގެ މައިންބަފައިންގެ ޢަޤީދާ ގައި؛ އެ އަންހެންކުއްޖާ އަކީ މުސްލިމެކެވެ. އެ އަނަހެން ކުއްޖާ ބާލިޣުވުމުން ދެން އޭގެ ފަހުން އޭނާގެ މައިންބަފައިންގެ ޢަޤީދާ އަކަށް ނިސްބަތެއް ނުވާނެ އެވެ. އެ އަންހެން ކުއްޖާ ބާލިޣު ވާ އިރު، އޭނާ އަށް އިސްލާމް ދީން ނޭނގުމުގެ ސަބަބުން، އޭނާ ވާނީ ދީނުން ބޭރުވެފައިވާ މީހަކަށެވެ. އެ އަންހެން ކުއްޖާ އިސްލާމް ކަމުގެ 5 ރުކުން ދަސްކޮށް އެއަށް އީމާން ވެ، އިސްލާމް ދީނުގައިވާ ގޮތަށް އުޅުމަށް ޓަކައި އެއީ ކޮންމެހެން ޒަރޫރީ ކަމެއް ކަމަށް ޤަބޫލުނުކުރާހާ ހިނދަކު، ’لا إله إلاّ اللّه محمّد رسول اللّه‘ ކިޔައި كلمة التوحيد ކީ ކަމުގައި ވިޔަސް އެ އަންހެން ކުއްޖާ މުސްލިމެއްގެ ގޮތުގައި ދެމި ނުހުންނާނެ އެވެ. ' اللّه އަށް .... އީމާން ވެއްޖައީން' މި ހެން ކިޔައި އެ ހަ ރުކުނަށް އެ އަންހެން ކުއްޖާ އީމާންވެ، 'اللّه تعالى އަމުރުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތައް އަހުރެން ޤަބޫލުކުރަން' މިހެން ކިޔަން ޖެހޭނެ އެވެ. إبن عابدين ގެ މި ޝަރަޙަ އިން އަންގައިދެނީ، ދީން ޤަބޫލުނުކުރާ މީހަކު كلمة التوحيد ކިޔައި އެއަށް އީމާންވުމާ އެކު އެ މީހަކު މުސްލިމަކަށް ވާ ކަމެވެ. އެކަމަކު، އެހެން މުސްލިމެކޭ އެއް ގޮތަށް، ފުރުޞަތު ލިބުމާ އެކު، އަންނަނިވި ކަލިމަތައް ހިތުދަސްކޮށް އޭގެ މާނަ ބަރާބަރަށް ދަސްކުރަން ޖެހޭނެ އެވެ: آمنت باللّه و ملائكته و كتبه و رسله واليوم الآخر و بالقدر خيره و شرّه من اللّه تعالى والبعث بعد الموت حقٌ. أشهد أن لاإله إلّا اللّه و أشهد أنّ محمّدا عبده و رسوله". ހަމަ އެއާއެކު، މުސްލިމު ފިރިހެންކުއްޖަކު މި ހަ ރުކުން ދަސްނުކޮށް ހުރެ ތިމަންނަ އެ ރުކުންތައް ޤަބޫލުކުރަމޭ ބުނާ ނަމަ، ބާލިޣުވާ ޢުމުރު ހަމަވުމުން އޭނާ ވާނީ ދީނުން ބޭރުފައިވާ މީހަކަށެވެ. (އީމާންކަމުގެ މި ހަ ރުކުން ދަސްކޮށް) އީމާން ވުމަށް ފަހު، އިސްލާމް ދީނުގައި އަންގަވާފައިވާ ކަންތައްތައް، މާނަ އަކީ، (އިސްލާމް ދީނުގައި އަމުރުކުރައްވާފައިވާ ކަންތައްތައް ކަމުގައިވާ) ފަރްޟުތަކާއި، (އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައް ކަމުގައިވާ) ޙަރާމް ކަންތައްތަކާއި، ވުޟޫ ކުރާނެ ގޮތާއި، ހިނާނެ ގޮތާއި، ނަމާދުކުރާނެ ގޮތާއި، ޢައުރަ ނިވާކުރާނެ ގޮތެވެ. އެ ކުއްޖާ މީހެއްގެ ކައިރީ ގައި (މި އެންގެވުންތަކާ ބެހޭ ގޮތުން) ސުވާލުކޮށްފި ނަމަ، އެ ކުއްޖާ އަށް ކިޔަވައިދީ އަދި/ ނުވަތަ ރަނގަޅު އިސްލާމީ ފޮތެއް ހޯދުމަށް އެހީތެރިވުމަކީ، އެ މީހެއްގެ މައްޗަށް އޮތް ފަރްޟެކެވެ (އިސްމާ ދީނުގައި އަމުރުކުރައްވާފައިވާ ކަމެކެވެ). އެ ކުއްޖާ އަށް އެފަދަ މީހަކު ނުވަތަ ފޮތެއް ނުހޯދިއްޖެ ނަމަ، ހޯދައިދިނުމަކީ، އެ މީހެއްގެ މައްޗަށް އޮތް ފަރްޟެކެވެ. (މުސްލިމު އަންހެން ކުއްޖަކަށް ވެސް ހަމަ މި ޒިއްމާތައް އޮންނާނެ އެވެ.) ހޯދައިނުދިން ކަމުގައި ވާ ނަމަ، އެ މީހަކު ވާނީ ދީނުން ބޭރުވެފައިވާ މީހަކަށެވެ. މި ޒިއްމާތައް ނޭނގުމަކީ، ހޯދުމާ ހަމަޔަށް (މާނައަކީ، މި ޒިއްމާތައް ކިޔަވައިދިނުމަށް ޓަކައި، މީހަކު ނުވަތަ ރަނގަޅު އިސްލާމީ ފޮތެއް ހޯދުމާ ހަމަޔަށް) އޭނާ އަށް އޮތް ޢުޒުރެކެވެ. (ޢުޒުރަކީ، މިސާލަކަށް މުސްލިމަކު އިސްލާމް ދީނުގައި ކުރަންޖެހޭ ކަމެއް ނުކުރުމަށް މެދުވެރިވާ ކަމެކެވެ.) ކުރަންޖެހޭ ވަގުތު ގައި ފަރްޟް ކަންތައް ނުކުރާ އަދި/ ނުވަތަ ޙަރާމް ކުރައްވާފައިވާ ކަންތައް ކުރާ މުސްލިމަކަށް ނަރަކައިގެ ޢަޒާބު ލިބޭނެ އެވެ. މި ފޮތް އީމާން އަދި އިސްލާމް ގައި މި ހަ ރުކުނުގެ ތަފްޞީލު ވަނީ ހިމެނިފައެވެ. ކޮންމެ މުސްލިމަކު ވެސް މި ފޮތް ރަނގަޅަށް ކިޔައި، އޭނާގެ ދަރިންނާއި، އޭނާގެ ހުރިހާ ރައްޓެހިން ލައްވައި މި ފޮތް ކިޔުމަށް ކުރެވެން އޮތް އެންމެ ބޮޑު މަސައްކަތެއް ކުރަންވާނެ އެވެ. ޢައުރައިގެ ބައިތައް ވަނީ Endless Bliss ގެ ހަތަރު ވަނަ ބައިގައި ޝަރަޙަކޮށްދީފައެވެ.

ލިޔުމުގައި، ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާނަ ލިޔެވިފައިވަނީ، مآل ގެ ގޮތުގައެވެ. المآل ގެ މާނައަކީ، ތަފްސީރު ޢިލްމުވެރިން ކުރައްވާފައިވާ މާނަ އެވެ؛ އެހެނީ، ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާނަ ހަމައެކަނި އެނގިވަޑައިގަތީ رسول الله (صلى الله عليه وسلم) އަށް އެކަންޏެވެ. އަދި އެއާއެކު، އެ މާނަތައް އެކަލޭގެފާނުގެ ޞަޙާބީންނަށް އުނަގަނަވއިދެއްވި އެވެ. ތަފްސީރު (ކީރތި ޤުރްއާންގެ ޝަރަޙަކުރުމުގެ ޢިލްމު) ޢިލްމުވެރިން ވަނީ މިފަދަ ޙަދީޘްތައް، މުނާފިޤުންނާއި، އިނގިރޭސި ރޭވުންތެރިން އުފެއްދައި ދީނީ މީހުން ކަމަށް ވަކި މަޒްހަބެއް ނެތް ގޮތަށް ނުބައިކޮށް ތަމްރީނުކުރި ޒިންދީޤުން ގެ ފަރާތުން ވާރިދުވެފައިވާ ދޮގު ޙަދީޘްތަކާ ތަފާތެވެ. އަދި އެ ޢިލްމުވެރިންނަށް ނުފެނުނު އެ ޙަދީޘްތަކާ ގުޅުންހުރި އާޔަތްތަކުގެ މާނަ އެ ޢިލްމުވެރިން ކުރައްވާފައިވަނީ ތަފްސީރުގެ ޢިލްމު ގެ (ހަމަތަކާއި، އުޞޫލުތަކުގެ) މިންގނަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އިސްލާމީ ޢިލްމު ނުއުނގެނި ތިބި ޢަރަބިން ވާހަކަދައްކާ އެކަމަކު ތަފްސީރު ޢިލްމު ނެތް މީހުންނަށް ވިސްނޭ ވިސްނުމަކަށް ޤުރްއާނުގެ ތަފްސީރެކޭ (ޝަރަޙަ) ނުބުނެވެއެވެ. ކީރިތި ރަސޫލާގެ ޙަދިޘެއް ގައި މިހެން ޙަދީޘް ކުރައްވާފައިވަނީ އެހެން ވެގެންނެވެ: ’ކީރިތި ޤުރްއާނުގެ މާނަ އެ މީހެއްގެ އަމިއްލަ ވިސްނުމާ އެއްގޮތަށް ދޭ މީހާ ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ.‘ ޢަރަބި އަދި އިނގިރޭސި ބަހުން ކިޔާ މީހަކަށް ބީރައްޓެހި އިނގިރޭސި ނޫން ބަސްބަހުގެ މާނަ ބަސްތަކުގެ މާނަ މި ބައިގައި ހިމެނިފައި ވާނެ އެވެ.

أهلُ السنّة ގެ ޢިލްމުވެރިން ދެއްކެވި ތެދު މަގުގައި މާތް الله އަޅަމެން ލައްވާދޭވެ! އިސްލާމް ދީނުގެ ޢަދުއްވުންގެ ދޮގުވެރި، އޮޅުވާލުމުގެ އަދި ނޭއްގާނީ ދޮގުތަކުންނާއި، 'ފުންނާބު އުސް އިސްލާމީ ޢިލްމުވެރިޔާ' ފަދަ ލަޤަބުތައް ބޭނުންކޮށްގެން އެކި މަޤްޞަދުތައް ޙާޞިލުކުރާ މަޒްހަބެއް ނެތް މީހުންގެ ކިބައިން އެކަލާނގެ އަޅަމެން ރައްކާތެރިކުރައްވާދޭވެ!

ގިނަ ޢަދަދެއްގެ ބަސްތަކުން ޝާއިޢުކުރެވިފައިވާ ހުރިހާ ފޮތްތަކެއް ވަނީ އިންޓަނެޓްގެ ޒަރިޢާ އިން ފެތުރިފައެވެ.

ނޯޓެއް: ކްރިސްޓިއަން މިޝަނަރީތަކުން ނުވަތަ މަސީޙީ ތަބްޝީރީ ޖަމާޢަތްތަކުން މަސައްކަތްކުރަމުންދަނީ ކްރިސްޓިއަން ދީން އިޝްތިހާރުކުރުމަށެވެ. ޔަހޫދީން މަސައްކަތްކުރަމުންދަނީ، ތަލްމޫދު ޕްރޮމޯޓް ކުރުމަށެވެ. ޙަޤީޤަތު ކިތާބެވީ އިން ވެވުނުހާ ރަނގަޅަކަށް މަސައްކަތްކުރަމުންދަނީ އިސްލާމް ދީނާ ބެހޭ ގޮތުން ފޮތްތައް ޝާއިޢުކުރުމަށެވެ. ފްރީމޭސަނުން ވެވުނު މަސައްކަތެއް ކުރަމުންދަނީ ދީންތައް ނައްތާލުމަށެވެ. ވިސްނުންތެރި، ކިޔަވާފައިވާ އަދި ބޯހަމަޖެހޭ މީހަކު ނަމަ، އޭނާގެ ބުއްދި ބޭނުންކުރާނީ، ރަނގަޅު ގޮތް އިޚްތިޔާރުކުރުމަށެވެ. ރަނގަޅު ގޮތް ފެތުރުމަށް ތާއީދުކުރުމާ އެކު، އެ ފަދަ މީހުން ވެގެންދާނީ، އިންސާނިއްޔަތަށް މި ދުނިޔެއާއި، އާޚިރަތުގައި އުފާވެރިކަން ލިބިގަތުމުގެ މެދުވެރިޔަކަށެވެ.

އަދުގެ ދުނިޔޭގެ މުސްލިމުން ބެހިގެންވަނީ ތިން ގްރޫޕަކަށެވެ. ފުރަތަމަ ގްރޫޕަކީ، ޞަޙާބީން ދެއްކެވި މަގުން ހިނގަމުން އަންނަ ޙަޤީޤީ މުސްލިމުންނެވެ. އެފަދަ މީހުންނަށް ކިޔެނީ أهل السنّة، ނުވަތަ ސުންނީ މުސްލިމުން ނުވަތަ فرقة النجية އެވެ. މާނަ އަކީ، ނަރަކައިން އެބައިމީހުންގެ ނަފްސުތައް މިންޖުކޮށްގަތް ގްރޫޕެވެ. ދެވަނަ ގްރޫޕަކީ، ޞަޙާބީންގެ ޢަދާވާތްތެރިންނެވެ. އެ މީހުންނަށް ކިޔެނީ، ޝިޢަޢީން ނުވަތަ فرقة الضالّة، މާނަ އަކީ، މަގުގެއްލިފައިވާ ގްރޫޕެވެ. ތިން ވަނަ ގްރޫޕަކީ، ސުންނީންނާއި ޝިޢައީންނާ ވެސް ދެކޮޅު ބައެކެވެ. އެ މީހުންނަށް ކިޔެނީ، ވައްހާބީން ނުވަތަ ޢަރަބި ކަރައިން އުފެދިގެން އައި ނަޖިދުގެ ނަޖްދީން އިންނެވެ. އެބައި މީހުންނަށް فرقة الملعونة އޭ (ލަޢުނަތް ލެއްވިގެންވާ މީހުންނޭ) ވެސް ކިޔެއެވެ. އަޅުގަނޑުމެން ޝާއިޢުކޮށްފައިވާ Endless Bliss އާއި، The Rising and the Hereafter ގައި ލިޔެވިފައިވާ ގޮތުގައި، އެ ގްރޫޕުގައި ހިމެނޭ މީހުން މުސްލިމުންނަށް ކިޔަނީ ދީން ޤަބޫލުނުކުރާ މީހުންނޭ އެވެ. އަދި ރަޙްމަތްލެއްވިގެންވާ އަޅަމެންގެ ނަބިއްޔާ ވަނީ މުސްލިމުންނާ ދިމާލަށް އެފަދައިން ބުނާ މީހުންނަށް ލަޢުނަތް ލައްވާފައެވެ. އިސްލާމީ ދުނިޔެ މި ގޮތަށް ތިން ބަޔަށް ބެހިފައިވުމަކީ، ޔަހޫދީ އަދި އިނގިރޭސި މުއާމަރާތުގެ ނަތީޖާ އެވެ.

ކޮންމެ މުސްލިމަކު އަބަދު ވެސް އޭނާގެ ނަފްސުގެ ސާފުކަމަށް ޓަކައި، لا إله إلاّ اللّه ކިޔަންޖެހޭނެ އެވެ. އެއީ، އޭނާގެ ފިޠްރަތުގައި ހިމެނިފައިވާ ތަންދޮރުނޭނގުމުންނާއި، ފާފަވެރިވުމުން އޭނާގެ ނަފްސު ތާހިރުކޮށް، އޭނާގެ ހިތުގެ ސާފުކަމަށް ޓަކައި، أستغفر اللّه މި ދުޢާ ތަކުރާރުކޮށް ކިޔުމެވެ. އެއާއެކު، ހަވާނަފްސާއި، ޝައިޠާނާގެ ވަސްވާސްތަކާއި، ނުބައި ނުލަފާ މީހުންނާ އެކު އުޅުމާއި، ގެއްލުންދެނިވި އެއްޗެހި ކިޔުމުގައި ގެއްލެނިވެގެން ގޮސް އީމާންނުވުމުންނާއި، ފާފަވެރިވުމުން ރައްކާތެރިކުރުމަށެވެ. އިސްލާމް ދީނަށް ބޯލަނބާ މީހުން ކުރާ ދުޢާ އާއި، އެ މީހުންގެ ފާފަތަކަށް ވާ ތައުބާ (اللّه تعالى) ޤަބޫލުކުރައްވާނެތެވެ. މީހަކު އޭނާ ކޮންމެ ދުވަހަކު އަދާކުރަންޖެހޭ (ފަސް) ނަމާދު ނުކޮށްފި ނަމަ، ރަނގަޅަށް އެ މީހުންގެ ހަށިތައް ނިވާނުކުރާ އަންހެނުންނާއި، ޢައުރަ ކަމުގައިވާ ބައިތައް ކަޝްފުކޮށްގެންތިބޭ އެހެން މީހުންނާ ދިމާލަށް ބަލާ ކަމުގައި ވާ ނަމަ، ކެއުމާއި، ބުއިމަށް ޙަރާމްކުރައްވާފައިވާ ތަކެތި ކައި ބޮއެ އުޅޭ ކަމުގައި ވާ ނަމަ، އެ ފަދަ މީހަކު އިސްލާމް ދީނަށް ބޯނުލަނބާ ކަމުގައި ނިންމަންވާނެ އެވެ. އޭނާގެ ދުޢާ އިޖާބަ ނުކުރައްވާނެތެވެ.

ހިޖްރީ ޤަމަރީ ހިޖްރީ ޝަމްސީ މީލާދީ

1422 1380 2001

Read this chapter in another language

Türkçe中文(普通话)EnglishPortuguêsРусскийአማርኛFilipinoУкраїнськаČeštinaБългарски

Share

WhatsApp Telegram X Facebook E-mail