Hakikat Books
English
Preview — this text has not yet been approved for publication.

Chapter 11 / 18

أهل السنّة ގެ ޢަޤީދާ އާއި ހަތަރު މަޒްހަބު

الإمام الرّبّاني (رحمه اللّه تعالى)ގެ ފޮތް المكتوبات ގެ ފުރަތަމަ ވޮލިއުމް ގެ 193 ވަނަ މަޒްމޫނުގައި ލިޔުއްވާފައ ވެއެވެ.:

"ބާލިޣު ޢުމުރު ހަމަވެފައިވާ) މުކައްލަފު ފުރަތަމަ ކުރަންޖެހޭ ކަމަކީ، އޭނާގެ އީމާންތެރިކަން އަދި އޭނާގެ ޢަޤީދާ ރަނގަޅުކުރުމެވެ. މާނަ އަކީ، أهل السنّة والجماعة ގެ ޢިލްމުވެރިން ލިޔުއްވާފައިވާ ގޮތަށް ޢަޤީދާގެ ޢިލްމު (އީމާންކަމުގެ ރުކުންތައް) އުނގެނި، އެ ބޭކަލުންގެ އުނގަންނައިދެއްވުމާ އެއްގޮތަށް ޢަޤީދާ ބެހެއްޓުމެވެ. މާތް اللّه އެ ޢިލްމުވެރިންނަށް އެ ބޭކަލުން ކުރެއްވި މަސައްކަތްތަކަށް ޖަޒާދެއްވާދޭވެ! އާމީން! ޤިޔާމަތް ދުވަހު ޢަޒާބުން ސަލާމަތްވެވެން އޮތީ، އެ މަތިވެރި ޢިލްމުވެރިން އުނގަންނައިދެއްވި ޢިލްމު އުނގެނިގެންނެވެ. [އެ ޢިލްމުވެރިން ދެއްކެވި މަގުން ހިނގާ މީހުންނަށް ކިޔޭ ނަމަކީ 'ސުންނީ' އެވެ.] ކީރތި ރަސޫލާގެ ޙަދީޘެއް ގައި ވާ ގޮތުގައި، އެއް ގްރޫޕެއް ނަރަކައިން މިންޖުކުރައްވާނެތެވެ. އެއީ، މި ދެންނެވި ޢިލްމުވެރިން ދެއްކެވި މަގުން ހިނގާ މީހުންނެވެ. ޙަޤީޤީ މުސްލިމުންނަކީ، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އާއި، އެކަލޭގެފާނުގެ ޞަޙާބީންނަށް ތަބާވާ މުސްލިމުން އެކަންޏެވެ. ކީރިތި ޤުރްއާނާއި، ކީރިތ ރަސޫލާގެ ޙަދީޘްފުޅުތަކުން އިސްތިންބާޠުކުރެވިފައިވާ ޞައްޙަ އަދި އަގުހުރި ޢިލްމަކީ، أهل السنّة ގެ ޢިލްމުވެރިން ކީރިތި ޤުރްއާނާއި، ކީރިތ ރަސޫލާގެ ޙަދީޘްފުޅުތަކުން އިސްތިންބާޠުކުރައްވާފައިވާ ޢިލްމެވެ. އެހެނީ، މުސްލިމު ނަމެއްގެ ވެރި ކޮންމެ ބިދުޢަވެރިޔަކާއި، ގެއްލެނިވެފައިވާ މީހަކު ވެސް ދަޢުވާކުރާ ގޮތުގައި، އޭނާގެ ފާސިޤު ޢަޤީދާ ނަގާފައިވަނީ ކީރިތި ޤުރްއާނާއި، ކީރިތ ރަސޫލާގެ ސުންނަތުންނެވެ. ފާސިޤު ޢަޤީދާގެ ކޮންމެ މީހަކު ވެސް ބުނަނީ، އޭނާ ޢަމަލުކުރަނީ ކީރިތި ޤުރްއާނާއި، ކީރިތ ރަސޫލާގެ ސުންނަތާ އެއްގޮތަށް ކަމަށެވެ. އެގޮތަށް ފެނުނަސް، ކޮންމެ ކޮންމެ މީހަކު ކީރިތި ޤުރްއާނާއި، ކީރިތ ރަސޫލާގެ ޙަދީޘުން އިސްތިންބާޠުކުރާ ކޮންމެ މަފްހޫމަކީ ޞައްޙަ އެއްޗެއް ނޫނެވެ.

ޢަޤީދާ ޞައްޙަކުރުމަށް ޓަކައި، الإمام التوربشتي ލިޔުއްވި المعتمد މި ފޮތަކީ ވަރަށް މުނާސަބު ފޮތެކެވެ. އެ ފޮތުގައި ގެނެސްދެއްވާފައިވާ މާނަ ވަރަށް ސާފެވެ. އެ ފޮތަކީ ފަސޭހައިން ވިސްނައިގަނެވޭ ގޮތަށް ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތް ޙަޤީޤަތު ކިތާބެވީން، ލިޔެފައިވާ އަޞްލު ފާރިސީ ބަހުން ޗާޕުކޮށްފައިވަނީ 1410ހ. [1989މ.] ގައެވެ.

އިޢުދިޤާދު ރަނގަޅުކުރުމަށް ފަހު، ޙަލާލާއި، ޙަރާމާއި، ފަރްޟާއި، ވާޖިބާއި، ސުންނަތާއި، މަންދޫބާއި، މަކްރޫހާއި، އެ ނޫން ކަންތައްތައް أهل السنّة ގެ ޢިލްމުވެރިން ގެ ފިޤްހު ފޮތްތަކުން އަހަރެމެން އުނގެނެންޖެހޭނެ އެވެ. މި މަތިވެރި ޢިލްމުވެރިންނަކީ ކޮން ބައެއް ކަން ނޭނގޭ ވަރުގެ ޖާހިލުން ލިޔެފައިވާ ބިދުޢައިގެ ފޮތްތައް އަހަރެމެން ކިޔާކަށް ނުވާނެ އެވެ. أهل السنّة ގެ ޢަޤީދާ އާ ޚިލާފު ޢަޤީދާގެ މުސްލިމުން ޤިޔާމަތް ދުވަހު ނަރަކައިގެ ޢަޒާބުން މިންޖެއް ނުވާނެ އެވެ. اللّه އަޅަމެން ރައްކާތެރި ކުރައްވާށިއެވެ! ޢަޤީދާ ރަނގަޅު ބަރާބަރަށް އަޅުކަން ނުކުރާ މުސްލިމަކު ތައުބާ ނުވިޔަސް، ޢަޒާބު ދެއްވުމަށް ފަހު ނަރަކައިން މިންޖުކުރައްވފާނެ އެވެ. އެންމެ މުހިއްމު ކަމަކީ، އެ މީހެއްގެ ޢަޤީދާ ރަނަގަޅުކުރުމެވެ. 895ހ. [1490މ.] ގައި ސަމަރުޤަންދު ގައި އަވަހާރަވި خواجة عبيداللّه الأحرار ވިދާޅުވި އެވެ.: "އަހުރެންނަށް ހުރިހާ ކަޝްފަކާއި، ހުރިހާ ކަރާމަތެއް ދެއްވާފައި ވިޔަސް، أهل السنّة ގެ ޢަޤީދާއިން ދުރުވެފައިވާ ކަމަށް ވާ ނަމަ، ބަލާނީ ދިރިއުޅުން ބަރުބާދުވީ ކަމަށެވެ. އަނެއްކޮޅުން، އަހުރެންނަށް އެއްވެސް ކަޝްފެއް ނުވަތަ ކަރާމަތެއް ނެތިފައި، ވަރަށް ގިނަ ކުށްތައް ކުރެވި، އެކަމަކު، أهل السنّة ގެ ޢަޤީދާ ލިބިފައި ވާ ނަމަ، އަހުރެން ދެރައެއްނުވާނެ އެވެ".

"މިއަދު އިންޑިޔާގެ މުސްލިމުން ތިބީ ވަރަށް ގޮތްހުސްވެފައެވެ. އިސްލާމް ދީނުގެ ޢަދުއްވުން ދަނީ ހުރިހާ ދިމާލަކުން ޙަމަލާދެމުންނެވެ. އިސްލާމް ދީނަށް ޚިދުމަތްކުރުމަށް މިއަދު ހޭދަކުރެވޭ އެންމެ ފައިސާފޮއްޗަކަށް ލިވޭ ޘަވާބު، އެހެން ވަޤުތެއް ގައި ހޭދަކުރެވޭ އެތަކެއް ހާސް ފައިސާފޮއްޗަށް ލިބޭ ޘަވާބަށް ވުރެ ގިނަވާނެ އެވެ. އިސްލާމް ދީނަށް ކުރެވޭ އެންމެ ބޮޑު ޚިދުމަތަކީ، އީމާންކަމާއި، އިސްލާމްކަން ކިޔަވައިދޭ أهل السنّة ފޮތްތައް ހޯދައި، އެ ފޮތްތައް އަވަށްތަކަށާއި، ޒުވާނުންނަށް ބެހުމެވެ. މި ނަޞީބު ލިބިފައިވާ މީހަކު ނަމަ، އެކަމާ އުފާކޮށް اللّه تعالى އަށް އިންތިހާއަށް ޝުކުރު ދަންނަވަންޖެހޭނެ އެވެ؛ އޭނާ އަކީ ވަރަށް ނަޞީބުގަދަ މީހެކެވެ. އިސްލާމް ދީނަށް ޚިދުމަތްކުރުމަކީ، އަބަދުވެސް ރަނގަޅު ކަމެކެވެ. އެކަމަކު، އިސްލާމް ދީން ބަލިކަށިވެފައިވާ މިފަދަ ވަގުތުތަކުގައި، ދޮގާއި، އޮޅުވާލުންތަކުން އިސްލާމް ދީން ނައްތާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްވަރެއް ގައި، أهل السنّة އިންގެ ޢަޤީދާ ފެތުރުމަށް ގަދައަޅައި މަސްކަތްކުރުމަކީ މާ ރަނގަޅު ކަމެކެވެ. ޞަޙާބީންނާ މުޚާޠަބުކުރައްވައި ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ޙަދީޘްކުރެއްވި އެވެ.: (إنّكم في زمان من ترك عشر ما أمر به هلك ثم يأتي زمان من عمل بعشر ما أمر به نجا) [مشكاة المصباح ގެ 1 ވަނަ ވޮލިއުމްގެ 179 ވަނަ މަޒްމޫން އަދި كتاب الفتن ގެ 79 ވަނަ މަޒްމޫން] މާނައީ: "ތިބާ އުޅެމުންދާ ޒަމާނުގައި، اللّه تعالى އަމުރުކުރައްވައި ނަހީކުރެއްވި ކަންތައްތަކުގެ ތެރެއިން 10 ބައިކުޅަ 9 ބަޔަށް ތަބާވެފައި، 1 ބައި ދޫކޮށްލިޔަސް ގެއްލެނިވާނެތެވެ. ޢަޒާބުދެއްވާނެތެވެ. އެއަށްފަހު ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި މީހުން اللّه تعالى އަމުރުކުރައްވައި ނަހީކުރެއްވި ކަންތައްތަކުގެ ތެރެއިން 10 ބައިކުޅަ 1 ބަޔަށް ތަބާވިޔަސް، މިންޖުރައްވާނެތެވެ". ޙަދީޘް ގައި ބަޔާންކުރައްވާފައިވާ އެ ޒަމާނަކީ މިއެވެ. ދީން ޤަބޫލުނުކުރާ މީހުންނާ ދެކޮޅަށް މަސައްކަތްކުރުމަކީ، އިސްލާމް ދީނަށް ޙަމަލަދޭ މީހުންނާއި، ނުރުހޭ މީހުން ދެނެގަތުމަކީ ޟަރޫރީ ކަމެކެވެ. أهل السنّة ގެ ޢިލްމުވެރިންގެ ފޮތްތަކާއި، ވިދާޅުވުންތައް ފެތުރުމަށް ޓަކައި، އެ މީހަކު ކޮންމެހެން ކަރާމަތްތެރި ނުވަތަ ޢިމްލުވެރިޔަކަށް ވާކަށް ނުޖެހެއެވެ. ކޮންމެ މުސްލިމަކު ވެސް އެކަން ކުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. އެ ފުރުޞަތު ނަގާލައިގެން ނުވާނެ އެވެ. ޤިޔާމަތް ދުވަހުން، ކޮންމެ މުސްލިމަކާ ވެސް އެ ކަމާ ސުވާލުކުރެވި، އިސްލާމް ދީނަށް ޚިދުމަތް ނުކުރި ސަބަބާ މެދު ސުވާލުކުރެވޭނެ އެވެ. އިސްލާމް ދީން އުނގަންނައިދޭ ފޮތްތައް ފެތުރުމަށް މަސއްކަތް ނުކުރާ މީހުންނާއި، އިސްލާމީ ތަޢުލީމު ފެތުރުމަށް މަސއްކަތްކުރާ މީހުންނާއި، އިދާރާތަކަށް އެހީތެރިނުވާ މީހުންނަށް ހިތި ޢަޒާބުދެއްވާނެތެވެ. ޢުޒުރުތަކާއި، ބަހަނާތައް ޤަބޫލެއް ނުކުރެވޭނެ އެވެ. ރަސޫލުންނާއި ނަބީންނަކީ، އެންމެ މަތިވެރި އިންސާނުންނަށް ވިޔަސް، އެ ބޭކަލުން އުޅުއްވީ އަމިއްލަ ހިތްހަޖެހުން ހޯއްދެވުމަކަށް ނޫނެކެވެ. ނިމުމެއް ނެތް ނިޢުމަތް ކަމުގައިވާ اللّه تعالى ގެ ދީން ފެތުރުއްވުމުގައި އެބޭކަލުން ރެއާއި ދުވާލު ގަދައަޅައި މަސައްކަތްކުރެއްވި އެވެ. މުޢުޖިޒާތަކަށް އެދުނު މީހުންނަށް އެބޭކަލުން ދެއްވި ޖަވާބަކީ: " اللّه تعالى މުޢުޖިޒާތައް ލެއްވިއެވެ. އަދި އެބައިމީހުންގެ ވާޖިބަކަށް ވެފައި އޮތީ. اللّه تعالى ގެ ދީން ފެތުރުމެވެ". އެކަން ކުރުމަށް އެބައިމީހުން މަސައްކަތް ކުރި އިރު، اللّه تعالى އެބައި މީހުންނަށް އެހީދެއްވައި މުޢުޖިޒާތައް ލެއްވި އެވެ. އަހަރެމެން ވެސް أهل السنّة ގެ ޢިލްމުވެރިންގެ ފޮތްތައް ފަތުރައި، ކާފިރުންގެ ދޮގުވެރިކަން ޒުވާނުންނާއި، އަހަރެމެންގެ އެކުވެރިންނަށް ކިޔައިދީ، ޢަދުއްވުންނާއި، މުސްލިމުންގެ އަގުވައްޓާލައި، އިލްޒާމްތައް އަޅުވާ މީހުންގެ ދޮގުތައް ފަޅާއަރުވަން ޖެހޭނެ އެވެ. މުދަލާއި، ބާރު ނުވަތަ ކުރާ މަސައްކަތަކުން މިކަން ޙާޞިލުކުރުމަށް މަސައްކަތްނުކުރާ މީހުން ޢަޒާބުން ސަލާމަތެއް ނުވާނެ އެވެ. މިކަމަށް މަސައްކަތްކުރާ އިރު، އަނިޔާ އާއި، ދަޢުވާތައް ތަޙައްމަލުކުރަން ޖެހުން، ބަލަންވާނީ، ބޮޑު އުފަލަކާއި، ބޮޑު ފައިދާއެއް ކަމަށެވެ. ނަބީންނާއި، ރަސޫލުން (عليهم السّلام)، اللّه تعالى ގެ އަމުރުފުޅުތައް މީސްތަކުންނަށް ތަބްލީޣުކުރުމުގައި، ޖާހިލު އަދި އަގުވެއްޓިފައިވާ މީހުންގެ ޙަމަލާތައް ތަޙައްމަލުކުރެއްވި އެވެ. އެބޭކަލުންނަށް ވަރަށް ބޮޑަށް އަނިޔާ ލިބުނެވެ. އެންމެހާ އިންސާނުންގެ ތެރެއިން އެންމެ މަތިވެރި ކަމަށް ހޮއްވަވާފައިވާ اللّه تعالى ގެ ޙަބީބު ކަމުގައިވާ محمّد (صلّى اللّه عليه وسلّم) ޙަދީޘްކުރެއްވިއެވެ.: (ما أوذي نبي قط مثل ما أوذيت) މާނައީ: "އެއްވެސް ނަބީއެއް އަހުރެން ތަޖްރިބާކުރި ފަދަ ގިނަ އަނިޔާތަކެއް ތަޖްރިބާކޮށްފައެއް ނެތެވެ".

ބިމުގައިވާ ހުރިހާ މުސްލިމުންނަށް ތެދުމަގު ދައްކަވައި، محمّد (عليه السّلام) ގެ ދީން، އެއްވެސް ބަދަލުކުރުމެއް ނުވަތަ އިތުރުކުރުމަކާ ނުލައި އުނގެނުމަށް އިރުޝާދު ދެއްވި أهل السنّة ގެ ޢިލްމުވެރިންނަކީ، އިޖްތިހާދުކުރުމުގެ ދަރަޖައާ ހަމަޔަށް ވާޞިލުވި ހަތަރު މަޒްހަބުގެ އިމާމުންނެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރީ ހަތަރު އިމާމުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އިމާމަކީ، الإمام الأعظم أبو حنيفة نعمان بن الثّابت (رحمه اللّه تعالى) އެވެ. އެއީ، އިސްލާމީ އުއްމަތުގެ އެންމެ ބޮޑެތި ޢިމްމުވެރިންގެ ތެރެއިން އެކެކެވެ. އޭނާ ވެވަޑައިގަތީ أهل السنّة ގެ ލީޑަރަށެވެ. ތުރުކީ ބަހުން ލިޔެވިފައިވާ (السعادة الأبديّة) އާއި (طريق أهل السنّة) މި ދެ ފޮތުގައި އޭނާގެ ބަޔޮގްރަފީ ލިޔެވިފައި ވެއެވެ. އޭނާ އުފަންވެ ވަޑައިގަތީ ކޫފާ ގައި 80ހ. [699މ.] ގައެވެ. އަދި އަވަހާރަވީ ބަޣްދާދު ގައި 150ހ. [767މ.] ގައެވެ.

ދެވަނަ އިމާމަކީ، މަޝްހޫރު ޢިލްމުވެރިޔާ الإمام مالك بن أنس (رحمه اللّه تعالى) އެވެ. އޭނާ އަކީ، ވަރަށް މަޢުލޫމާތު މުއްސަނދި ޢިލްމުވެރިއެކެވެ. ފޮތުގައި ވާ ގޮތުގައި، الإمام مالك 90 އަހަރު ދުނިޔޭގައި ހުންނެވި އެވެ. އޭނާގެ ކާފަ އަކީ، مالك بن أبي عامر އެވެ. އޭނާ އުފަންވެ ވަޑައިގަތީ މަދީނަތުލް މުނައްވަރާ ގައި 95ހ. [714މ.] ގައެވެ. އަދި އަވަހާރަވީ ވެސް އެ ރަށުގައި 179ހ. [795މ.] ގައެވެ.

ތިން ވަނަ އިމާމަކީ، މަޝްހޫރު ޢިލްމުވެރިޔާ الإمام محمّد إبن إدريس الشافعي (رحمه اللّه تعالى) އެވެ. އޭނާ އަކީ، ހުރިހާ ސުންނީ ޢިލްމުވެރިންގެ ލޯބި ލިބިވަޑައިގެން ހުންނެވި ޢާލިމެކެވެ. އޭނާ އުފަންވެ ވަޑައިގަތީ ފަލަސްޠީނުގެ ޣައްޒާ ގައި 150ހ. [767މ.] ގައެވެ. އަދި އަވަހާރަވީ މިޞްރުގައި 204ހ. [820މ.] ގައެވެ.

ހަތަރު ވަނަ އިމާމަކީ، الإمام أحمد بن حنبل (رحمه اللّه تعالى) އެވެ. އޭނާ އުފަންވެ ވަޑައިގަތީ ބަޣްދާދު ގައި 164ހ. [781މ.] ގައެވެ. އަދި އަވަހާރަވީ ވެސް އެރަށުގައި 241ހ. [855މ.] ގައެވެ. އޭނާ އަކީ، އިސްލާމް ދީނުގެ ތަނބުތަކުގެ ތެރެއިން ތަނބެކެވެ.

މިއަދު، މި ހަތަރު އިމާމުން ކުރެ އިމާމަކަށް ތަބާނުވާ މީހަކު ނަމަ ވަނީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ. އެ މީހަކު އެ ވަނީ މަގުއޮޅިފައެވެ. އެ ހަތަރު އިމާމުންގެ އިތުރަށް، ރަނގަޅު މަޒްހަބުތަކާ އެކު ވި أهل السنّة ގެ އެހެން ޢާލިމުން ވެސް ވިއެވެ. އެކަމަކު، ދުވަސް ވީ ވަރަކަށް، އެ މަޒްހަބުތައް ހަނދާންނެތި، ފޮތްތަކުގައި ލިޔެވިފައެއް ނެތެވެ. މިސާލަކަށް ދަންނަވާ ނަމަ، الفقهاء السّبعة ގެ ނަމުން ނަންދެވިގެންވީ މަދީނާގެ ބޮޑު ހަތް ޢިލްމުވެރިންނާއި، عمر بن عبدالعزيز އާއި، سفيان بن عيينة އާއި، إسحاق بن الراهويه އާއި، داود الطائي އާއި، عامر بن الشراحيل الشعبي އާއި، ليث بن سعد އާއި، الأعمش އާއި، محمّد بن جرير الطّبري އާއި، سفيان الثوري އާއި، عبدالرّحمن الأوزاعي އެވެ.

ހުރިހާ ޞަހާބީން (رضوان اللّه عليهم أجمعين) ތިއްބެވީ ޙައްޤު ގޮތުގައި ހިދާޔަތުގެ ތަރިންގެ ގޮތުގައެވެ. އެއިން ކޮންމެ ބޭކަލަކު ވެސް މުޅި ދުނިޔެ އަށް އިރުޝާދު ދެއްވުމަށް ފުދެއެވެ. އެއިން ކޮންމެ ބޭކަލަކީ ވެސް އަމިއްލަ މަޒްހަބެއްގެ ވެރި މުޖްތަހިދެކެވެ. އެބޭކަލުންގެ ގިނަ މަޒްހަބުތައް އެއްގޮތެވެ. އެކަމަކު، އެ މަޒްހަބުތައް ފޮތްތަކުގައި ލިޔެވިފައި ނެތުމުގެ ސަބަބުން، އަހަރެމެންނަށް އެ މަޒްހަބުތަކަކަށް އުޅެވޭކަށް ނެތެވެ. ހަތަރު މަޒްހަބުގެ ދަރިވަރުން ވަނީ އެ ދަރިވަރުންގެ އިމާމުންގެ މަޒްހަބުތައް އެއްކޮށް، ޝަރަޙަކޮށް، އަދި ލިޔެފައެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެ އިމާމުންގެ ޢަޤީދާއާއި، ފިޤްހު ވަނީ ފޮތްތަކުގައެވެ. އަދި މި ޒަމާނުގައި މި ހަތަރު މަޒްހަބުން ކުރެ މަޒްހަބަކާ އެއްގޮތަށް އުޅުމަކީ، ކޮންމެ މުސްލިމް ފިރިހެނަކާއި، މުސްލިމު އަންހެނެއްގެ މައްޗަށް ވާޖިބެކެވެ.

މި ހަތަރު އިމާމުންގެ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު ވަނީ ދީނީ އަދި އިޢްތިޤާދީ ޢިލްމުގައި، ގައި ވަރަށް މަތީ ދަރަޖައަކާ ހަމަޔަށް ވާޞިލުވެފައެވެ. އެއާ އެކު، ޢަޤީދާގައި ދެ މަޒްހަބު އުފެދިގެން ދިޔައެވެ. ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި، ޞަޙީޙު އީމާނާ އެއްގޮތްވާ ގޮތުގެ މަތިން އުފެދިފައިވާ ޞައްޙަ އެ ދެ މަޒްހަބަކީ، އެ ދެ އިމާމުންގެ ފަރާތުން ފެތުރުއްވެވި أهل السنّة އިންގެ ޞައްޙާ ޢަޤީދާ އެވެ. ފުރަތަމަ އިމާމުގެ ނަމަކީ، أبوالحسن علي الأشعري (رحمه اللّه تعالى) އެވެ. އޭނާ އުފަންވެ ވަޑައިގަތީ ބަޞަރާ ގައި 266ހ. [880މ.] ގައެވެ. އަދި އަވަހާރަވީ ބަޣްދާދުގައި 330ހ. [941މ.] ގައެވެ. ދެވަނަ އިމާމުގެ ނަމަކީ، أبو منصور محمّد الماتريدي (رحمه اللّه تعالى) އެވެ. އޭނާ އަވަހާރަވީ ސަމަރުޤަންދު ގައި 333ހ. [944މ.] ގައެވެ. ޢަޤީދާގެ މައްސަލަތަކުގައި ކޮންމެ މުސްލިމަކު ތަބާވުން އޮތީ މި ދެ އިމާމުން ކުރެ އެއް އިމާމަކަށެވެ.

ވަލީވެރިން ދެއްކެވި މަގަކީ، ޞައްޙަ މަގެވެ. އެބޭކަލުން އިސްލާމް ދީނުގައި ވާ ގޮތާ ޚިލާފަށް ކުޑަ މިންވަރަކަށް ނަމަވެސް ދުރުވެފައެއް ނެތެވެ. ވަލީވެރިންނަށް، ކަރާމަތްތެރިކަން ލިބިގެންވެއެވެ. އެބޭކަލުންގެ ހުރިހާ ކަރާމާތަކީ، ޞައްޙަ އަދި ތެދު އެއްޗެކެވެ. الإمام عبداللّه اليافي (އަވަހާރަވީ މައްކާ ގައި 768ހ. [1367މ. ގައި] ވިދާޅުވި އެވެ.: "غوث الثقلين عبدالقادر الجيلاني ގެ ކަރާމާތްތައް ފެތުރިފައިވީލެއް ފުޅާކަމުން، އެއްވެސް މީހަކަށް އެކަމާ ޝައްކުއުފައްދައި، އިންކާރުނުކުރެވޭ ވަރު ވިއެވެ. އެހެނީ، އެއީ، ތަވާތުރު ގޮތަށް ހެއްކާ އެކު ހުރިހާ ތަނަކަށް ވެސް އެކަން ފެތރިގެން ގޮސްފައި ވާތީއެވެ".

ކުފުރުވެރިވާ ފަދަ ބަހެއް ނުވަތަ ޢަމަލެއް ނުކުރާ މީހަކު އަދި ކުފުރުގެ މަތީގައި މަރުވެފައިވާ ކަން ނޭނގޭ މީހަކު ނަމާދު ކުރާހާ ހިނދަކު ކާފަރުކުރުމަކީ، ހުއްދަކަމެއް ނޫނެވެ. ކާފިރަކަށް ވެސް ލަޢުނަތްލެއްވުމަކީ، ހުއްދަކަމެއް ނޫނެވެ. އެހެންވުމާއެކު، ޔަޒީދަށް ލަޢުނަތްނުލުން އެކަން ކުރުމަށް ވުރެ ރަނގަޅެވެ.

Read this chapter in another language

Türkçe中文(普通话)EnglishPortuguêsРусскийአማርኛFilipinoУкраїнськаČeštinaБългарски

Share

WhatsApp Telegram X Facebook E-mail