أهل السنّة ގެ ޢިލްމުވެރިންގެ ފޮތްތަކުގައި السلفيّة އަދި مذهب السّلفيّة މި ޢިބާރަތެއް ނެތެވެ. މިފަދަ ނަންތައް ހަދާފައިވަނީ ވައްހާބީންނާއި، މަޒްހަބެއް ނެތް މީހުންނެވެ. އަދި މަޒްހަބެއް ނެތް މީހުންގެ ފޮތްތައް ޖާހިލު ދީނީ މީހުން ޢަރަބި ބަހުން ތުރުކީ ބަހަށް ތަރުޖަމާކުރުމުން، މި ފިކުރުތައް ތުރުކީންގެ ތެރޭގައި ފެތުރުނެވެ. އެ މީހުން ބުނާ ގޮތުގައި:
"ސަލަފިއްޔާ އަކީ الأشعريّة އާއި، الماتريديّة މަޒްހަބުތައް އުފެދުމުގެ ކުރިން ސުންނީން ތަބާވި މަޒްހަބެވެ. އެ މީހުންނަކީ، ޞަޙާބީންނާއި، ތާބިޢީންނަށް ތަބާވީ މީހުންނެވެ. ސަލަފިއްޔާ މަޒްހަބަކީ، ޞަޙާބީންނާއި، ތާބިޢީންނާއި، ތާބިޢީންނަށް ތަބާވީ މީހުން (رضي اللّه عنهم) ގެ މަޒްހަބެވެ. ބޮޑު ހަތަރު އިމާމުން ނިސްބަތްވަނީ މި މަޒްހަބަށެވެ. ސަލަފިއްޔާ މަޒްހަބުގެ ދިފާޢުގައި ނެރެވުނު ފުރަތަމަ ފޮތަކީ الإمام أبوحنيفة ލިޔުއްވި الفقه الأكبر އެވެ. الإمام غزالي އޭނާގެ ފޮތް إلجام العوام عن علم الكلام ގައި ލިޔުއްވާފައިވާ ގޮތުގައި، ސަލަފިއްޔާ މަޒްހަބުގައި ހަތް މަބްދައެއް އަދި އަސާސެއް ވެއެވެ. ފަހުން އައި މީހުންގެ علم الكلام ފެށިފައިވަނީ إمام غزالي އާ ހަމައިންނެވެ. އެންމެ ފުރަތަމަ އުޅުއްވި متكلمين ގެ މަޒްހަބުތަކާއި، އިސްލާމީ ފައިލަސޫފުންގެ ޚިޔާލުތައް ދިރާސާކުރެއްވުމަށް ފަހު، ވަނީ علم الكلام ގެ މަބްދައުތަކަށް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން، ރައްދުދެއްވުމުގެ ގޮތުން، علم الكلام ގެ ތެރެއަށް ފަލްސަފާ ގެ މާއްދާތައް ވެއްދެވި އެވެ. އެކަމަކު، الرّازي އާއި الآمدي، الكلام އާއި ފަލްސަފާ އެއްކޮށްގެން ޚާއްޞަ ޢިލްމެއް އުފެއްދެވި އެވެ. އަދި البيضاوي ވަނީ الكلام އާއި ފަލްސަފާ ވަކިނުކުރެވޭ ވަރަށް އެއްކުރައްވާފައެވެ. ފަހުން އައި މީހުންގެ علم الكلام ގެ ސަބަބުން، ސަލަފިއްޔާ މަޒްހަބު ފެތުރުން ހުއްޓުވުނެވެ. ސަލަފިއްޔާ މަޒްހަބު ދިރުވުމަށް إبن تيمية އާއި، އޭނާގެ ދަރިވަރު إبن القيم الجوزية މަސައްކަތްކުރެއްވި އެވެ. ފަހުން ސަލަފިއްޔާ މަޒްހަބު ދެ ބަޔަކަށް ބެހިގެންދިޔައެވެ؛ ކުރީގެ ސަލަފީން اللّه تعالى ގެ ސިފަފުޅުތައް ނުވަތަ އެއްގޮތް نصوص ތަކާ ބެހޭ ތަފްޞީލުތަކަށް ނުދެއެވެ. ފަހުން އައި ސަލަފީން އެ ތަފްޞީލުތައް ގެނައުމަށް އަހްމިއްޔަތުކަން ދިނެވެ. إبن تيمية އާއި إبن القيم الجوزية ފަދަ ފަހުގެ ސަލަފީންނަށް މިކަންތައްތައް ވަރަށް ސާފުވެގެންދިޔައެވެ. ފުރަތަމަ އަދި ފަހުގެ ސަލަފީންނަށް އެއްކޮށް ކިޔެނީ، أهل السنّة الخاصة މިހެންނެވެ. أهل السنّة އަށް ނިސްބަތްވާ الكلام ގެ މީހުން ބައެއް نص ތައް ޝަރަޙަ ކުރިއިރު، ސަލަފީން އެކަމާ އިދިކޮޅުހެދިއެވެ. المشتبهة އާ ސަލަފީން ތަފާތުވެގެން ދިޔައީ، اللّه ގެ ވަޖްހުފުޅާއި އެކަލާނގެ ވަޑައިގަތުން އިންސާނުންގެ މޫނާއި އައުމާ އެއްގޮތެއް ނުވާނޭ މިހެން ބުނުމުންނެވެ".
الأشعريّة އާއި، الماتريديّة މި ދެ މަޒްހަބު އުފެދިގެންދިޔައީ އޭގެ ފަހުން ކަމަށް ބުނުން ޖާއިޒެއް ނޫނެވެ. އެހެނީ، މި ދެ އިމާމުން ވަނީ، سلف الصالح ން ގެނެސްދެއްވި ޢަޤީދާ އާއި، އީމާންތެރިކަމާ ބެހޭ ޢިލްމުތައް ޝަރަޙަކުރައްވައި، ބާބުތަކަށް ބައްސަވައި ޝާއިޢުކުރައްވައި، ޒުވާނުންނަށް ވިސްނޭގޮތަށް ހައްދަވާފައެވެ. الإمام الأشعري އަކީ الإمام الشافعي (رحمهما اللّه تعالى) ގެ ދަރިވަރުންގެ ސިލްސިލާގައި ހިމެނޭ ޢިލްމުވެރިއެކެވެ. އަދި ހަމަ އެއާއެކު، الإمام الماتريدي އަކީ الإمام أبو حنيفة (رحمهما اللّه تعالى) ގެ ދަރިވަރުންގެ ސިލްސިލާ އާ ވަރަށް ބޮޑަށް ގުޅިފައިވާ ޢިލްމުވެރިއެކެވެ. الأشعري އާއި الماتريدي އާ މި ދެ އިމާމުން ވެސް އެ ދެ އިމާމުންގެ ދެ މަޒްހަބުގެ ޙުދޫދުން ބޭރެއް ނުވެއެވެ. އަދި އެ ދެ އިމާމުންގެ އާ މަޒްހަބެއް ތައުސީސް ނުކުރައްވައެވެ. މި ދެ އިމާމުންނާއި، އެ ބޭކަލުންގެ އުސްތާޒުންނާއި، ހަތަރު މަޒްހަބުގެ އިމާމުންގެ މަޒްހަބަކީ އެއް މަޒްހަބެކެވެ. އެއީ: أهل السّنّة والجماعة މަޒްހަބު އެވެ. އެންމެ ޞައްޙަ ގޮތަކީ ފިރްޤާއެކޭ ބުނުމެވެ. މި ފިރްޤާގެ ޢަޤީދާ، ޞަޙާބީންނާއި، ތާބިޢީންނާއި، ތާބިޢީންނަށް ތަބާވީ މީހުން (رضي اللّه عنهم أجمعين) ގެ ޢަޤީދާ އާ ސީދާ އެއްގޮތެވެ. الإمام أبو حنيفة (رحمه اللّه) ލިޔުއްވާފައިވާ الفقه الأكبر މި ފޮތުގައި أهل السّنّة والجماعة މަޒްހަބު ދިފާޢުކުރައްވާފައި ވެއެވެ. މި ފޮތުގައި އަދި إمام غزالي ގެ إلجام العوام عن علم الكلام މި ފޮތުގައި ވެސް السلفية މި ބަސް ލިޔުއްވާފައި ނެތެވެ. އެހެނީ، މި ދެ ފޮތް އަހަރެމެން މީގެ ކުރިން ވަނީ ވަރަށް ގިނައިން ކިޔާފައެވެ. كتاب الفقه ގެ ޝަރަޙައެއް ކަމުގައިވާ القول الفصل މި ފޮތުގައި ހަތަރު ސަތޭކަ އަށް ވުރެ ގިނަ ޞަފްޙާ އެކުލެވޭ އިރު، أهل السّنّة والجماعة ކިޔަވައިދީ، ބިދުޢަވެރި ފިރުޤާތަކަށާއި، ފައިލަސޫފުންނަށް ރައްދުދެއްވާފައި ވެއެވެ. ގިނަގުނަ ފައިދާ އެކުލެވޭ ކަމަށް ފެންނާތީ، އަޅުގަނޑުމެން ވާނީ القول الفصل އާއި، إلجام العوام عن علم الكلام މި ދެ ފޮތް އޮފްސެޓުން ޗާޕުކޮށް ފައެވެ. އަދި مكتبة الحقيقة އިން ވަނީ ދެވަނަ ފަހަރަށް މި ދެ ފޮތް ޗާޕުކޮށްފައެވެ. إلجام العوام عن علم الكلام ގައި إمام غزالي ވިދާޅުވެފައި ވެއެވެ.: "ސަލަފުންގެ މަޒްހަބަކީ ތެދު އަދި ޞައްޙަ މަޒްހަބު ކަމަށް މި ފޮތުގައި އަހުރެން ކިޔައިދޭން ޖެހެއެވެ. މި މަޒްހަބުން ވަކިވާ މީހުންނަކީ ބިދުޢަވެރިން ކަމަށް އަހުރެން ޝަރަޙަކޮށްދޭން ޖެހެއެވެ. ސަލަފުންގެ މަޒްހަބޭ ބުނުމުން އޭގެ މާނަ އަކީ، ޞަހާބީންނާއި، ތާބިޢީން އުޅުއްވި މަޒްހަބެވެ. މި މަޒްހަބުގެ އަސާސްތައް ހައެކެވެ". إلجام العوام عن علم الكلام މި ފޮތުގައި ސަލަފުންގެ މަޒްހަބުގެ ހަތް އަސާސް ލިޔުއްވާފައި ވެއެވެ. އެއީ ސަލަފީންގެ ގެ ހަތް އަސާސް ކަމަށް ބުނުމަކީ، އެ ފޮތުގައި ލިޔުންތައް އޮޅުވާލައި، إمام غزالي ގެ އަގުވައްޓާލުމެވެ. މި މައްސަލަ ވަނީ أهل السّنّة والجماعة ގެ ޢިލްމުވެރިންގެ ހުރިހާ ފޮތްތަކެއް ގައި ބަޔާންކުރެވިފައެވެ. މިސާލަކަށް ދަންނަވާ ނަމަ، ފިޤްހު ފޮތެއް ކަމުގައިވާ الدر المختار ގެ މުއައްލިފު كتاب الشهادة މި މަޒްމޫނުގައި ލިޔުއްވާފައި ވަނީ: "السلف މި ކަލިމަ އަކީ، ޞަޙާބީންނާއި، ތާބިޢީންގެ ނަމެވެ. އެ ބޭކަލުންނަށް ނިސްބަތްކޮށް ކިޔެނީ "السلف الصّالحون" މިހެންނެވެ. سلف الصّالحون ގެ ފަހުން ވަޑައިގަތް أهل السّنّة ގެ ޢިލްމުވެރިންނަށް ކިޔެނީ الخلف މިހެންނެވެ". ތަފްސިރު ޢިލްމުވެރިން ލޯބިކުރައްވާ، އިހްތިރާމްކުރެއްވި الإمام غزالي އާއި، الإمام الرّازي އާއި الإمام البيضاوي އަކީ، سلف الصّالحين ގެ މަޒްހަބުގެ އިމާމުންނެވެ. އެ ޒަމާނުގައި ފާޅުވި ބިދުޢަވެރި ގްރޫޕްތަކުން ވަނީ ޢަޤީދާގެ ޢިލްމާއި، ފަލްސަފާ އެއްކޮށް ގަޑުބަޑުކޮށްފައެވެ. އަދި ކީއްތޯއެވެ! އެ މީހުންގެ ޢަޤީދާ ބިނާކުރި ފަލްސަފާގެ މައްޗަށެވެ. ގެއްލެނިވެފައިވާ މި ފިރްޤާތަކުގެ ޢަޤީދާގެ ވާހަކަ أبي الفتح محمّد بن عبدالكريم الشهرستاني ލިޔުއްވި الملل و النّحل މި ފޮތުގައި ތަފްޞީލުކޮށް ލިޔުއްވާފައި ވެއެވެ. މި ތިން އިމާމުން ވަނީ މި ބިދުޢަވެރި ފިރުޤާގެ ފަލްސަފާ އަށް ދިގު ރައްދަކުން ރައްދުދެއްވައި، އެ މީހުންނާ ދެކޮޅަށް أهل السّنّة ގެ މަޒްހަބު ދިފާޢުކުރައްވައި، އެ މީހުންގެ ނަޒަރިއްޔާތައް ބާޠިލުކުރައްވަފައެވެ. މި ޖަވާބުތައް ދެއްވުމުގެ މާނަ އަކީ، ފަލްސަފާ އާއި، أهل السّنّة ގެ މަޒްހަބު އެއްކޮށްލުމެއް ނޫނެވެ. އެކަމަކު ޢަމަލުކުރެއްވީ އޭގެ އިދިކޮޅަށެވެ. އެ އިމާމުން ވަނީ، علم الكلام ގެ ތެރެއަށް ވަދެފައިވާ ފަލްސަފާ އެއިން ސާފުކުރައްވާފައެވެ. އޭގެ ދަލީލަކީ، الإمام القاضي البيضاوي ގެ ތަފްސީރު ފޮތާއި، تفسيرالبيضاوي ގެ އެންމެ ފާހަގަކުރެވޭ ޝަރަޙަ ކަމުގައިވާ شيخ زاده ގައި ވެސް އެއްވެސް ފަލްސަފާއެއް އަދި ފަލްސަފާގެ މެތަޑެއް ނެތުމެވެ. މި އިމާމުން ފަލްސަފާ ބޭނުންކުރެއްވި ކަމަށް ދަޢުވާކުރުމަކީ، މި މަތިވެރި އިމާމުންގެ އަގުވައްޓާލުމެވެ. މި ލަތްގަނޑު ފުރަތަމަ أهل السّنّة ގެ ޢިލްމުވެރިންނާ ގުޅުވީ إبن تيمية އޭނާގެ ފޮތް الواسطة ގައެވެ. إبن تيمية އާއި، އޭނާގެ ދަރިވަރު إبن القيم الجوزية ސަލަފީ މަޒްހަބު ދިރުވުމަށް މަސައްކަތްކުރި ކަމަށް ބުނުމަކީ، ޙައްޤާއި ބާޠިލާ ދެމެދު ތަފާތުކޮށްދޭ މުހިއްމު ނުކުތާއެކެވެ. މި ދެ މީހުންގެ ކުރިޔަކުން ސަލަފިއްޔާ ކިޔާ މަޒްހަބެއް ނޯވެއެވެ. އެހެންކަމުން އެ ދެ މީހުން ވެގެން އެ މަޒްހަބު ދިރުވައިއާލާކުރި ވާހަކަ ބުނެވޭނެ ހެއްޔެވެ؟ މި ދެ މީހުންގެ ކުރިން އޮތީ ޞައްހަ އެންމެ މަޒްހަބެކެވެ. އެއީ، أهل السّنّة والجماعة ގެ ނަމުން ނަންދެވިގެންވީ سلف الصّالحين ގެ މަޒްހަބެވެ. މި މަޒްހަބު އޮޅުވާލައި ގިނަގުނަ ބިދުޢަތައް އުފެއްދުމަށް إبن تيمية މަސައްކަތްކުރި އެވެ. މިއަދުގެ ލާމަޒްހަބީ މީހުންނާއި، ދީން ރިފޯމްކުރާ މީހުންގެ ފޮތްތަކާއި، ބުނުންތަކާއި، ބިދުޢަވެރި ފާސިދު ވިސްނުންތަކުގެ މަޞްދަރަކީ ހަމައެކަނި إبن تيمية އުފެއްދި ބިދުޢަތަކެވެ. މުސްލިމުންނަށް އޮޅުވާލައި، އެ މީހުންގެ ފާސިދު ގޮތްތަކަކީ ތެދުމަގު ކަމަށް ޒުވާނުންނަށް ވިސްނައިދިނުމަށް ޓަކައި، އެބައިމީހުން ވަރަށް ޙީލަތްތެރި ރޭވުމެއް ރޭވިއެވެ؛ އެމީހުން سلف الصّالحين ގެ ބަދަލުގައި އުފެއްދި ބަހަކީ السلفية އެވެ. إبن تيمية ގެ ބިދުޢާތަކަށް ޒުވާނުން ހިތްޖައްސައި އެ ދިމާލަށް ދީލާލުމަށް ޓަކައި، سلف الصّالحين ގެ ފަހުން އައި އިސްލާމީ ޢީލްމުވެރިނާ ފަލްސަފާ އާއި، ބިދުޢާގެ ލަތްގަނޑު ޖައްސައި، އެބައިމީހުން އުފެއްދި މި سلفية އާ ދުރުވީ ކަމުގެ އިލްޒާމް އަޅުވައި؛ إبن تيمية އަކީ މުޖްތަހިދެއް ކަމަށާއި، ސަލަފީން ދިރުވައި އާލަކުރި ބަޠަލެއް ކަމުގެ ޙީލަތްތެރި ދަޢުވާކުރަން ފެށިއެވެ. ޙަޤީޤަތަކީ، خلف سلف الصّالحين ން ކަމަށް ވާ ސުންނީ ޢިލްމުވެރިންނަކީ، أهل السّنّة މަޒްހަބުގެ ޢަޤީދާގެ ޢިލްމުތައް ދިފާޢުކުރެއްވި ޢިމްލުވެރިންނެވެ. އަދި އެ ޢިލްމުވެރިންގެ ކުރީގެ އަދި ފަހުގެ ފޮތްތަކުގައި ޚަބަރުކުރައްވާފައިވާ ގޮތުގައި، إبن تيمية އާއި، الشوكاني އެ ފަދަ އެހެން މީހުންނާއި، ވައްހާބީން ވަނީ سلف الصّالحين ގެ މަގުން ކައްސާލާފައި ކަމަށާއި، އެ މީހުން މުސްލިމުން ގެންދަނީ ހަލާކާއި ގެއްލެނިކަމުގެ ތެރެއަށް ކަމަށެވެ.
"އާ ސަލަފީން" މި ނަމުގައި މި ބާޠިލު ޢަޤީދާ އުފެއްދީ އެތެރެއިން އިސްލާމް ދީން ޚަރާބުކުރުމަށްކަން، التوسل بالنبي و باالصالحين އާއި، علماء الإسلام والمخالفون އާއި، شفاء السقام އާއި، އެ ފޮތުގެ މުޤައްދިމާ ކަމުގައިވާ تطهير الفوائد من دنس الإعتقاد މި ފޮތްތައް ކިޔާފައިވާ މީހުންނަށް ވިސްނޭނެ އެވެ.
މިފަހަކަށް އައިސް ބައެއް މީހުންގެ އަނގަތަކުން "ސަލަފީން" މި ނަން ވަރަށް ގިނައިން އެބަ ކިޔައެވެ. ކޮންމެ މުސްލިމަކު ވެސް ދަންނަންޖެހޭ ކަމަކީ، އިސްލާމް ދީނުގައި ސަލަފީ މަޒްހަބު ކިޔާ އެއްޗެއް ނެތް ކަމާއި، އެކަމަކު ވަނީ ހަމައެކަނި ކީރިތި ރަސޫލާގެ ޙަދީޘެއް ގައި ތަޢުރީފުކުރައްވާފައިވާ ފުރަތަމަ ދެ އިސްލާމީ ޤަރުނުގައި އުޅުނު މުސްލިމުން ކަމުގައިވާ سلف الصالحين ގެ މަޒްހަބު ކަމެވެ. (އިސްލާމް ދީނުގެ) ތިން ވަނަ އަދި ހަތަރު ވަނަ ޤަރުނު ގައި އުޅުއްވި އިސްލާމީ ޢިލްމުވެރިންނަށް ކިޔޭ ނަމަކީ الخلف الصادقون އެވެ. މި ޝަރަފުވެރިން ގެ އިޢްތިޤާދަށް ކިޔެނީ أهل السّنّة والجماعة ގެ މަޒްހަބެވެ. މިއީ އީމާނާއި ޢަޤީދާގެ މަޒްހަބެވެ. މިއީ، މާތްވެގެންވާ ޞަޙާބީންނާއި، މަތިވެރިވެގެންވާ ތާބިޢީން (رضي اللّه عنهم أجمعين) ގެ އީމާނެވެ. އެބޭކަލުންގެ ޢަޤީދާ ގައި އެއްވެސް ފަރަޤެއް ނެތެވެ. ދުނިޔޭގައި އުޅޭ ގިނަ މުސްލިމުން ނިސްބަތްވަނީ أهل السّنّة ގެ މަޒްހަބަށެވެ. 72 ބިދުޢައިގެ ފިރުޤާތައް ފާޅުވެފައިވަނީ އިސްލާމް ދީނުގެ ދެވަނަ ޤަރުނުގެ ފަހުންނެވެ. އޭގެ ބައެއް ފިރުޤާތަކުގެ މުއައްސިސުން އޭގެ ކުރިން އުޅުނަސް، އެ މީހުންގެ ފޮތްތައް ލިޔެވި، އެއްކޮށް ފާޅުވެ أهل السّنّة والجماعة ގެ މަޒްހަބާ ޚިލާފުވީ ތާބިޢީންގެ ފަހުންނެވެ.
أهل السّنّة والجماعة ގެ ޢަޤީދާގެ ޤަވާޢިދު ބަޔާންކޮށްދެއްވީ ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އެވެ. ޞަޙާބީން (رضوان اللّه عليهم أجمعين) އީމާންކަމުގެ ޢިލްމު ނެންގެވި މަޞްދަރަކީ އެއީ އެވެ. އަދި ތާބިޢީން (رحمهم اللّه تعالى) މި ޢިލްމުތައް އުނގެނުނީ ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޞަޙާބީންގެ ކިބައިންނެވެ. އަހަރެމެންނާ ހަމަޔަށް أهل السّنّة ގެ ޢިލްމުތައް ފޯރާފައިވަނީ تواتر އާއި نقل ގެ ޒަރީޢާ އިންނެވެ. މި ޢިލްމުތައް ބުއްދީގެ ހަމައިން ޙާޞިލުކުރުމަކީ ވާނެ ކަމެއް ނޫނެވެ. އެހެނީ، ބުއްދިއަކަށް އެ ބަދަލެއް ނުކުރެވޭނެ އެވެ. އެކަމަކު، ބުއްދިއަކީ މި ޢިލްމުތައް ފަހުމުކުރުމުގެ ވަސީލަތެކެވެ. މާނަ އަކީ، އެ ޢިލްމުތައް ފަހުމުވުމަށާއި، އޭގެ ތެދުކަމާއި، އޭގެ އަގު ދެނެގަތުމަށް ބުއްދި އަކީ ޟަރޫރީ އެއްޗެކެވެ. ފަހު ޒަމާނުގެ ހުރިހާ ޢިލްމުވެރިން ވެސް ޤަބޫލުކުރީ أهل السّنّة ގެ ޢަޤީދާ އެވެ. ހަތަރު މަޒްހަބުގެ ޢިމާމުންގެ މަޒްހަބަކީ ވެސް އެއީ އެވެ. އަދި ދެ އިމާމުން ކަމަށްވާ الأشعري އާއި الماتريدي އަކީ ވެސް أهل السّنّة މަޒްހަބުގެ އިމާމުންނެވެ. މި ދެ އިމާމުން ވެސް ގްރީކް ފަލްސަފާގެ ޗަސްބިންތަކަށް ވެއްޓުނު ގެއްލެނިވެ މަގުއޮޅުނު މާއްދީ ކަންތައްތަކަށް ހެއްލުނު މީހުންނާ ދެކޮޅަށް أهل السّنّة ދިފާޢުކުރެއްވި އެވެ. އެ ދެ އިމާމުންނަކީ، އެއް ދުވަސްވަރެއް ގައި އުޅުއްވި ބޭފުޅުންނަށް ވިޔަސް، އެ ދެ ބޭފުޅުން އުޅުއްވީ ތަފާތު ދެ ތަނެއްގައެވެ. އަދި އެ ދެބޭފުޅުންގެ ފިކުރާއި، ދީނާ ޚިލާފަށް އުޅޭ މީހުންނާ މުޢާމަލާތުކުރުން ތަފާތެވެ. އެހެންކަމުން، أهل السّنّة ގެ މި ދެ ޢިލްމުވެރިން ބޭނުންކުރެއްވި ދިފާޢީ އުސްލޫބުތަކާއި، ދެއްވި ޖަވާބުތައް ވެސް ތަފާތެވެ. އެކަމަކު، މީގެ މާނަ އަކީ، އެ އިމާމުން ނިސްބަތްވަނީ ތަފާތު ދެ މަޒްހަބަކަށް ވުމެއް ނޫނެވެ. ވަރަށް މޮޅަށް ކިޔަވާވިދާޅުވެގެން ތިއްބެވި މި އިމާމުންނަށް ވުރެ ފަހުން ދުނިޔެއަށް އައި، އެތަކެއް ސަތޭކަ ހާސް ފުންނާބު އުސް ޢިލްމުވެރިންނާއި، ވަލީވެރިން ވަނީ އެ ދެ އިމާމމުންގެ ފޮތް ތަކުން ކިޔަވާ ވިދާޅުވެ، އިއްތިފާޤުވެފައިވަނީ، މި ދެ އިމާމުން ނިސްބަތްވަނީ أهل السّنّة މަޒްހަބަށް ކަމަށެވެ. أهل السّنّة ގެ ޢިމްލުވެރިން، نص ތަކުގެ މާނަ ކުރެއްވުމުގައި ބައްލަވާފައިވަނީ ބޭރުފުށަށެވެ. މާނަ އަކީ، ކިރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދިޘްތައް މާނަކުރައްވީ ބޭރުފުށުގެ މާނަތަކެވެ. އަދި އެކަން ކުރުމަށް ޟަރޫރަތެއް އޮތިއްޔާ ނޫނީ، نص އަމިއްލަ އަށް ކިޔައިދީ تأويل ކޮށް ނުވަތަ މާނަ ބަދލެއް ނުކުރައްވައެވެ. އަދި އެ ބޭފުޅުންގެ އަމިއްލަ ޢިލްމު ނުވަތަ ރައުޔުގެ މަތިން އެއްވެސް ބަދަލެއް ނުގެންނަވައެވެ. އެކަމަކު، ބިދުޢައިގެ ގްރޫޕްތަކާއި، ލާމަޒްހަބީ މީހުން، އެ މީހުން އިސްލާމް ދީނާ ދެކޮޅު ގްރީކް ފައިލަސޫފުންނާއި، އިސްލާމް ދީނާ ދެކޮޅު ސައިންޓިސްޓުންގެ ކިބައިން އުނގެނުނު ގޮތަށް އީމާނާއި، ޢިބާދާތުގެ ޢިލްމުތައް ބަދަލުކުރުމަށް ޖެހިލުމެއް ނުވިއެވެ.
މާސޫނީންނާއި، ތަބްޝީރީން އެތަކެއް ޒަމާނެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިސްލާމް ދީނުގެ ރައްކާތެރިކޮށްދިން އަދި ސުންނީ މުސްލިމުގެ ޚާދިމް ޢުޘްމާނީ ދައުލަތް ވެއްޓި، އުވިގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އަދި އެތަކެއް ވަސީލަތްތަކާއި، ޙީލަތްތައް ބޭނުންކޮށްގެން ހިންގި ބްރިޓިޝް އެމްޕަޔަރ ގެ ނުބައި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ލާމަޒްހަބީ މީހުންނަށް މައިދާން ހުސްކޮށް ލިބިގެންދިޔައެވެ. أهل السّنّة ގެ ޢިލްމުވެރިންނަށް މިނިވަންކަމާ އެކު ވާހަކަދެއްކުމުގެ ފުރުޞަތު ނެތް ސަޢޫދީ ޢަރަބިޔާ ފަދަ ޤައުމުތަކުގައި އެބައިމީހުން ފެށީ أهل السّنّة އިންނަށް ޙަމަލާދީ ދޮގުތަކާއި، ޝައިޠާނީ މަކަރުވެރި ރޭވުންތަކުން އެތެރެއިން އިސްލާމްދީން ޚަރާބުކޮށްލުމަށެވެ. ވައްހާބީން ބެހި ޢަދަދުނުކުރެވޭހާ ގިނަ ރަނުގެ ސަބަބުން މި ޙަމާލަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރުމަށް އެހީތެރިވިއެވެ. ޕާކިސްތާނާއި، އިންޑިޔާއިން ލިބިފައިވާ ރިޕޯތްތަކުން އެނގޭ ގޮތުގައި، އެ މީހުންނަށް ތާއީދުކޮށް، އެ މީހުންގެ އެ ޙަމަލާތަކަށް އެހީތެރިވުމުގެ ބަދަލެއްގެ ގޮތުން ދީނީ ތަޢުލީމު ރަނގަޅަށް ނުލިބި ތިބި اللّه އަށް ބިރުވެތިކަމެއް ނެތް ދީނީ މީހުންނަށް، މަތީ މަޤާމުތަކާއި، އެޕާޓްމަންޓްތައް ދެވުނެވެ. ޚާއްޞަ ގޮތެއްގައި، ޒުވާނުން މަގުފުރައްދައި، أهل السّنّة މަޒްހަބުން ބޭރުކުރުމަކީ، އެބައިމީހުންނަށް މުޑުދާރު ފައިދާތަކެއް ލިބިގެންދިޔަ ސަބަބެކެވެ. އެ މީހުން ލިޔުނު ފޮތެއް ގައި މުސްލިމު ޒުވާނުންނަށް އޮޅުވާލުމަށް ޓަކައި ލިޔެފައިވަނީ: "އަހަރެން މި ފޮތް ލިޔެފައިމިވަނީ، މަޒްހަބުތަކުގެ ތަޢައްޞުބު ނައްތާލައި، އެންމެންނަށް ވެސް މިނިވަންކަމާ އެކު އެ މީހަކު އިޚްތިޔާރުކުރާ މަޒްހަބު ގައި އުޅެވޭނެ ގޮތް ފަހިކުރުމަށް ޓަކައެވެ". އެ މީހާ ދެކޭގޮތުގައި، މަޒްހަބުތަކުގެ ތަޢައްޞުބު ނައްތާލެވޭނީ أهل السّنّة އަށް ގޮންޖަހައިގެންނެވެ. އޭނާ އިސްލާމް ދީނުގައި ޚަންޖަރަކުން ޖެހުމަށް ފަހު މި ބުނަނީ، އޭނާ އެ ކަން އެ ކުރީ އޭރުން މުސްލިމުންނަށް އަމާންކަމާ އެކު އުޅެވޭނެތީ ކަމަށެވެ. އެ ފޮތުގެ އެހެން ތަނެއް ގައި އޭނާ ބުނެފައިވަނީ: "ފިކުރުކުރާ އިންސާނަކު އޭނާގެ ފިކުރުގައި ޞައްހަވެއްޖެ ނަމަ، އޭނާ އަށް ދިހަ ސަވާބު ލިބޭނެ އެވެ. އަދި ގޯސްވެއްޖެ ނަމަ އެއް ސަވާބު ލިބޭނެ އެވެ". މި އަސާސްހެ މައްޗަށް ބަލާ އިރު، މުސްލިމަކު ކަމުގައި ވިޔަސް އަދި ކާފިރަކު ކަމުގައި ވިޔަސް، ކޮންމެ އިންސާނަކަށް އޭނާގެ ފިކުރު ޞައްޙަ ނަމަ ދިހަ ޘަވާބު ލިބޭނެ އެވެ. އޭނާ ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) ގެ ޙަދީޘް ބަދަލުކޮށްލައި، ހެދި އުކުޅު ބައްލަވާށެވެ! ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ޙަދިޘްކުރައްވާފައި ވެއެވެ.: (إن أصبت فلك عشر حسنات وإن أحطأت فلك حسنة) މާނައީ: "މުޖްތަހިދަކު ކިރިތި ޤުރްއާނުގެ އާޔަތަކުން ނުވަތަ ކީރިތި ރަސޫލާގެ ޙަދީޘަކުން ޙުކުމްތައް ނެރޭ އިރު، އެ އޮންނަ ގޮތަށް އެކަން ކޮށްފި ނަމަ ދިހަ ސަވާބު ލިބޭނެ އެވެ. އެކަން ކުރުމުގައި ގޯސް ނަމަ، އޭނާ އަށް އެއް ޘަވާބު ލިބޭނެ އެވެ". މި ޙަދިޘުން ދައްކުވައިދެނީ، ފިކުރުކުރާ ކޮންމެ މީހަކަށް އެ ޘަވާބު ލިބޭ ވާހަކައެއް ނޫނެވެ. އެކަމަކު، އިޖްތިހާދުގެ ދަރަޖަ އަށް ފޯރާފައިވާ އިސްލާމީ ޢިލްމުވެރިޔަކަށް؛ نص ން ޙުކުމްތައް ނެރުމުން ޘަވާބު ލިބޭ ވާހަކަ އެވެ. އޭނާގެ ކޮންމެ ފިކުރަކަށް ޘަވާބު ލިބޭ ވާހަކައެއް ނޫނެވެ. އެހެނި، އޭނާގެ އެ މަސައްކަތަކީ އެއީ އަޅުކަމެކެވެ. އެހެން އަޅުކަންތަކަށް ވެސް ޘަވާބު ދެއްވާ ގޮތަށް އެ ކަމަށް ޘަވާބު ދެއްވާނެތެވެ.
سلف الصّالحين އަދި އެ ބޭކަލުންގެ ޚަލަފުން ކަމަށް ވާ މުޖްތަހިދު ޢިލްމުވެރިންގެ ދުވަސްވަރު، މާނަ އަކީ، ހަތަރު ވަނަ ޤަރުނު ނިމެންދެން، ދިރިއުޅުމުގެ ސްޓޭންޑަޑްތަކާއި، ޙާލަތުތައް ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން، އާ ކަމެއް ފެންމަތިވެއްޖެ ނަމަ، މުޖްތަހިދު ޢިލްމުވެރިން ރެއާއި ދުވާލު މަސައްކަތްކޮށްގެން الأدلّة الشريعة މިނަން ކިޔޭ ހަތަރު މަޞްދަރު ގެ ބޭނުންކޮށްގެން އެ ކަންތައްތައް ކުރާނެ ގޮތް ނެރުއްވި އެވެ. އަދި ހުރިހާ މުސްލިމުން ވެސް އެ ކަމެއް ކުރުމުގައި އެ މީހުންގެ ޢަމަލުތައް ބެހެއްޓީ އެ މީހެއްގެ މަޒްހަބުގެ އިމާމު ނެރުއްވި ޙުކުމާ އެއްގޮތަށެވެ. އަދި އެ ކަން ކުރެއްވި މަތިވެރި ޢިލްމުވެރިންނަށް ދިހަ ނުވަތަ އެއް ޘަވާބު ލިބުނެވެ. ހަތަރު ވަނަ ޤަރުނުގެ ފަހުން، މީހުން ދިޔައީ މި މުޖްތަހިދުންގެ ޙުކުމްތަކާ އެއްގޮތަށް އުޅެމުންނެވެ. އެ ދިގު މުއްދަތުގައި އެއްވެސް މުސްލިމަކު އެއްވެސް މައްސަލައެއް ގައި ހަދާނެ ގޮތް ނޭނގި ހުންނާކަށް ނުޖެހެއެވެ. ހަތަރު މަޒްހަބުގެ ޢިލްމުވެރިންގެ ފޮތްތައް ނުވަތަ ތަރުޖަމާކުރެވިފައިވާ އަގުހުރި ފޮތްތައް ކިޔައި، ފަހުމްވެ، ޝަރަޙަ ކުރެވޭ ވަރަށް ތަންދޮރު ދަންނަ މުސްލިމެއްގެ ގާތުން އުންގެނުމަކީ، އަހަރެމެންގެ މައްޗަށް ވާޖިބެކެވެ. اللّه تعالى ވަނީ ހުރިހާ މައްސަލަތަކެއްގެ ޙުކުމް ކީރިތި ޤުރްއާނުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެއަށް ފަހު އެކަލާނގެ ރަސޫލާ محمّد (صلّى اللّه عليه وسلّم) ވަނީ އެ ޙުކުމެއް ވަނީ ބަޔާންކުރައްވާފައެވެ. އަދި ސުންނީ ޢިލްމުވެރިން ވަނީ ޞަޙާބީން (رضوان اللّه عليهم) ގެ އަރިހުން އުނގެނުމަށް ފަހު، މި ޢިލްމުތައް އެ ޢިލްމުވެރިންގެ ފޮތްތަކުގައި ލިޔުއްވާފައެވެ. އަދި މި މަތިވެރި ޢިލްމުވެރިންގެ ފޮތްތައް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބެން އެބަ ހުއްޓެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤިޔާމަތާ ހަމަޔަށް ފާޅުވާ ކޮންމެ އާ ކަމެއް ވެސް މި ފޮތްތަކުގައި ބަޔާންކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ މައްޗަށް ޤިޔާސްކުރެވޭނެ އެވެ. އަދި މިއީ، ކީރިތި ޤުރްއާނުގެ މުޢުޖިޒާތަކުގެ ތެރެއިން މުޢުޖިޒާތެވެ. އަދި އިސްލާމީ ޢިލްމުވެރިންގެ ކަރާމާތްތަކުގެ ތެރެއިން ކަރާމަތެކެވެ. އެކަމަކު، ޙަޤީޤީ ސުންނީ މުސްލިމެއްގެ ގާތުން އަހައިގެން އުނގެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދީނާ ބެހޭގޮތުން ލާމަޒްހަބީ މީހެއްގެ ގާތުން އަހައިފި ކަމުގައި ވާ ނަމަ، ފިޤްހު ފޮތްތަކާ ތަޢާރުޟްވާ ފަދަ ޖަވާބު ދީގެން އޭނާ ތިބާ އަށް އޮޅުވާލާނެ އެވެ.
އަހަރެމެން މި ފޮތުގައި ކުރިން ބަޔާންކުރި ފަދައިން، ބައެއް މީހުން ޢަރަބި ޤައުމުތަކަށް ގޮސް އެތާނގައި އެތަކެއް އަހަރެއް ވަންދެން ތިބެ، ޢަރަބި ބަހުން ވާހަކަދައްކަން ދަސްކޮށް، އެ މީހުންގެ ޢުމުރު އެތާނގައި އުފާތަކާއި، ޝަހުވަތާއި، ނުބައި ކަންތައްތަކަށް އަރައިގަތުމުގައި ނަގާލައި، އެންމެ ފަހުން أهل السّنّة ގެ ޢަދުއްވެއްގެ ސޮއި އޮތް ސެޓްފިކެޓެއް ހޯދައިގެން، މަޒްހަބުތަކުގެ ތެރެއިން އެއްވެސް މަޒްހަބަކަށް ނޫޅެ، ޕާކިސްތާނާއި، އިންޑިޔާ ފަދަ އެ މީހުންގެ ޤައުމުތަކަށް އެނބުރި ގޮސް މުސްލިމު ޒުވާނުން މަގުފުރައްދަ އެވެ. އެހެނީ، ޒުވާނުން އެ މީހުން ޤަބޫލުކޮށް، އެމީހުންގެ ވަގު ސެޓްފިކެޓް ފެނުމާ އެކު އަދި އެ މީހުން ޢަރަބި ބަހުން ވާހަކަދައްކާ ތަން ފެނުމުން، އެ މީހުންނަކީ ޢިލްމުވެރިން ކަމަށް ހީކުރެއެވެ. ޙަޤީޤަތުގައި އެ މީހުންނަކީ، ޖާހިލު އަދި ފިޤްހު ފޮތެއް ކިޔާލެވޭ ވަރު ވެސް ނުވާ މީހުންނެވެ. އަދި ޚާއްޞަކޮށް، ފިޤްހު ފޮތްތަކުގައި ހުރި ފިޤްހީ މައްސަލަތަކާ ބެހޭ މަޢުލޫމާތެއް އެ މީހުންގެ ސިކުނޑީގައި ނެތެވެ. ޙަޤީޤަތުގައި މި އިސްލާމީ ޢިލްމުތައް ޤަބޫލެއް ނުކުރެއެވެ. އެ މީހުން އެއަށް ކިޔަނީ رجعيّة އެވެ. މާޒީ ގައި ފިޤްހު ފޮތްތަކުގައި ހުންނަ ސުވާލުތަކުގެ ޖަވާބުތައް ހޯދުމަށް އިސްލާމީ ޢިލްމުވެރިން ބަޙުޘްކުރެއްވި އެވެ. ލާމަޒްހަބީ ދީނީ ޢިލްމުވެރިޔާ، އޭނާގެ ޖާހިލު އުނި ސިކުނޑިއަށް އަންނަހާ އެއްޗެއް ކިޔައިދީ ސުވާލުކުރާ މީހާ އަށް އޮޅުވާލައެވެ. އެހެނީ، ފިޤްހު ފޮތްތައް އޭނާ އަކަށް ފަހުމެއް ނުވެއެވެ. އަދި އޭނާ އެ ސުވާލުކުރާ މީހާ ނަރަކަ އަށް ވަނުމަށް މެދުވެރިއަކަށް ވެއެވެ. އެހެންކަމުން، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) މިކަމާ ގުޅޭ ގޮތުން ޙަދީޘްކުރައްވާފައި އެވެ.: (ألا إنّ شرّ الشرّ شرار العلماء وإنّ خير الخير خيار العلماء) رواه الدارمي. މާނައީ: "ނުބައި ޢިލްމުވެރިޔަކީ، އެންމެ ނުބައި އިންސާނާ އެވެ. އަދި ރަނގަޅު ޢިލްމުވެރިޔަކީ، އެންމެ ރަނގަޅު އިންސާނާ އެވެ". މި ޙަދީޘުން ދައްކައިދެނީ، أهل السّنّة ގެ ޢިމްލުވެރިންނަކީ، އިންސާނުންގެ ތެރެއިން އެންމެ ރަނގަޅު މީހުން ކަމެވެ. އަދި ލާމަޒްހަބީ މީހުންނަކީ، އިންސާނުންގެ ތެރެއިން އެންމެ ނުބައި މީހުން ކަމެވެ. އެހެނީ، أهل السّنّة ގެ ޢިލްމުވެރިން މީހުންނަށް ގޮވާލަނީ ސުވަރުގެއަށާއި، ދިންނެވުމަށެވެ. އަދި ލާމަޒްހަބީ މީހުން ގޮވާލަނީ، އެ މީހުން ރައުޔަށާއި، އެ މީހުންގެ ބާޠިލު ފިކުރުތަކަށް ނުވަތަ ނަރަކައަށާއި ހަލާކަށެވެ.
މިޞްރުގެ ޤާހިރާ ގައި ހުންނަ ޖާމިޢަތުލް އަޒްހަރުގެ ގްރެޖުއޭޓެއް ކަމުގައިވާ الأستاذ إبن خليفة عليوي علامة محمّد أبي زهرة ގެ ފޮތް تأريخ المذاهب الإسلاميّة އާ ޙަވާލާދެއްވައި، އޭނާގެ ފޮތް عقيدة السّلف و الخلف ގައި ވިދާޅުވެފައިވަނީ: "العلاّمة أبو زهرة އޭނާގެ ފޮތް ގައި ލިޔުއްވާފައިވާ ގޮތުގައި، ހިޖްރައިން ހަތަރު ވަނަ ޤަރުނުގެ ފަހުން ޙަންބަލީ މަޒްހަބުން ބޭރުވި ބައެއް މީހުން އެ މީހުންނަކީ ސަލަފީން ކަމަށް ބުންޏެވެ. أبو الفرج إبن الجوزي އާއި ޙަންބަލީ މަޒްހަބުގެ އެހެން ޢިލްމުވެރިން ވެސް އެ ސަލަފީންނަކީ سلف الصّالحين އަށް ތަބާވީ މީހުން ނޫން ކަމަށާއި، އެ މީހުންނަކީ، ބިދުޢަވެރިން ކަމަށާއި، އެ މީހުންނަކީ މުޖައްސިމާ ފިރުޤާ އަށް ނިސްބަތްވާ މީހުން ކަމަށް ވިދާޅުވަމުން، މި ފިތުނަ ފެތުރުން ހުއްޓުވި އެވެ. ހަތް ވަނަ ޤަރުނު ގައި إبن تيمية މި ފިތުނަ އަލުން ފެތުރިއެވެ". އޭނާ ވަނީ، سلف الصّالح ގެ ސީރަތަށް ރުޖޫޢަވުމަށް ދިން ދަޢުވަތު ވަރުގަދަކޮށް އެއަށް އެހެން ކަންތައްތައް އިތުރުކޮށްފައެވެ. އަދި ތޭރަ ވަނަ ޤަރުނު ގައި ޢަރަބި ކަރާގައި އެ ދަޢުވަތު ފެތުރީ الشيخ محمّد بن عبدالوهّاب އެވެ. މިއަދާ ހަމަޔަށް ވެސް، ވައްހާބީން ދަނީ އެ މީހުންގެ ދަޢުވަތު ފަތުރައި، އެއަށް ތަބާވުމަށް މީހުންނަށް ދަޢުވަތު ދެމުންނެވެ.
ލާމަޒްހަބީން ވަނީ "ސަލަފިއްޔާ" މި ނަން ބޭނުންކޮށް، إبن تيمية އަދި އަކީ ސަލަފީންގެ ބޮޑު އިމާމު ކަމަށް ބުނެފައެވެ. އެއްގޮތަކުން ބަލާއިރު، މިއީ ތެދެކެވެ. އެހެނީ، އެ ބޭކަލުންގެ މަޒްހަބަކަށް أهل السّنّة ވި سلف الصّالحين އުޅުއްވިއެވެ. "ސަލަފީ" މިބަހަކީ إبن تيمية ގެ ކުރިން އޮތް ބަހަކަށް ނުވާ އިރު، އޭނާގެ ނުބައި، ފާސިދު ފިކުރުތައް ވެގެންދިޔައީ ވައްހާބީންނާއި، މަގުގެއްލިފައި ތިބި އެހެނިހެން ލާމަޒްހަބީންގެ ދަލީލަކަށް އަދި މުރުޝިދަކަށް ވެގެންދިޔަ އެވެ. إبن تيمية ތަމްރީނުވީ ޙަންބަލީ މަޒްހަބަށެވެ. މާނަ އަކީ، އޭނާ އަކީ ކުރިން أهل السّنّة ގެ ތެރެއިން ވީ މީހެއް ކަމެވެ. އެކަމަކު، އޭނާގެ ޢިލްމު އިތުރުވެ، ފަތުވާ ދޭ ދަރަޖަ އަށް ވާޞިލުވުމުން، އޭނާގެ އަމިއްލަ ނަފްސު ކަމުދާން ފަށައި، ކިބުރުވެރިވެ، أهل السّنّة ގެ ޢިލްމުވެރިންގެ މައްޗަށް އިސްވެގަތެވެ. އޭނާގެ ޢިލްމު އިތުރުވުން ވެގެންދިއުން ވެގެންދިޔައީ އޭނާ މަދުފުރެދިގެން ގޮސް، ޙަންބަލީ މަޒްހަބުން ބޭރުވެގެންދިޔަ ސަބަބަށެވެ. އެހެނީ، أهل السّنّة ގެ ތެރެއިން ވުމަށް ޓަކައި، ހަތަރު މަޒްހަބުން ކުރެ މަޒްހަބެއްގެ މީހަކަށް ވާންޖެހެއެވެ. أهل السّنّة ގެ ޢަޤީދާ ގައި ނެތް މީހަކީ ޙަންބަލީއެކޭ ބުނުން ޖާއިޒެއް ނޫނެވެ. ސުންނީ މުސްލިމުންނަށް އެ މީހުންގެ ރަށުގައި އިހާނެތިވުމަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ލާމަޒްހަބީން ދަނީ ބޭނުންކުރަމުންނެވެ. އަދި މި ފޮތްތައް ކިޔުމާއި، މި ސުންނީ ޢިލްމުތައް އުނގެނުން މަނާކުރުމަށް ޓަކައި ހުރިހާ ޙީލަތެއް ދަނީ ބޭނުންކުރަމުންނެވެ. މިސާލަކަށް ދަންނަވާ ނަމަ، މަތިވެރި ޢިލްމުވެރިއެއް ނަންގަންނަމުން ލާމަޒްހަބީއަކު ބުނެފައި ވެއެވެ.: "ފާމަސިސްޓެއް ނުވަތަ ކެމިސްޓަކަށް ދީނީގޮތުން އެނގޭނީ ކޯއްޗެއް ހެއްޔެވެ؟ އޭނާ ރަނގަޅުވާނީ އޭނާގެ މަސައްކަތްކޮށް، އަހަރެމެންގެ މަސައްކަތާ ނުބެހުނިއްޔާއެވެ". މިއީ، ކިހާ ޖާހިލު އަދި ގަމާރު ބުނުމެއް ހެއްޔެވެ! އޭނާ ހީކުރާ ގޮތުގައި، ސައިންޓިސްޓަކަށް ދީނީ ޢިލްމު ނޭނގޭނެ ކަމަށެވެ. އޭނާޔަށް ނޭނގޭ ކަމަކީ، މުސްލިމު ސައިންޓިސްޓުންނަށް ހުރިހާ ވަގުތެއް ގައި ވެސް އިލާހީ އުފެއްދެވުންތައް ފެންނަކަމެވެ. އަދި ޚަލްޤުކުރެއްވުމުގެ ފޮތުގައި ދައްކާލެވިފައިވާ ޚާލިޤުގެ ފުރިހަމަ ސިފަތައް ފެންނަކަމެވެ. އަދި ކޮންމެ ވަގުތެއް ގައި އަބަދީ އިލާހީ ޤުދުރަތުގެ ކުރިމަތީގައި މަޚްލޫޤުންގެ ނުކުޅެދުންތެރިކަން ފެންނަ ކޮންމެ ހިނދަކު، އެކަލާނގެ އަށް ތަސްބީޙަ ކިޔައި، ތަޤްދީސްކޮށް ހަދާކަމެވެ. ޖަރުމަނުވިލާތުގެ މަޝްހޫރު ނިއުކްލިއަރ ފިޒިކްސް ޢިލްމުވެރިއެއް ކަމުގައިވާ Max Planck ވަނީ މި ކަން ވަރަށް ފުރިހަމައަށް އޭނާގެ ފޮތް Der Stromގައި ބަޔާންކޮށްފައެވެ. އެކަމަކު މި ލާމަޒްހަބީ ޖާހިލު، އޭނާ ފަދަ އެހެން ލާމަޒްހަބީއަކުގެ ފަރާތުން ލިބުނު ލިޔުމަކަށް ބުރަވެ ހުރެ، އަދި ސަޢޫދީ ޢަރަބިޔާ އިން ބެހި ރަނުގެ ޚިޔާލީ ކަނޑުގައި ފަތަމުން ޤަބޫލުކުރާ ގޮތުގައި ދީނީ ޢިލްމަކީ އޭނާގެ މޮނޮޕޮލީ ގައި ވާ އެއްޗެކެވެ. ފަހަރެއްގައި ރަނުގެ ވިދުމުން އޭނާގެ ލޯ ކަނުވީ ކަމަށް ވެސް ވެދާނެ އެވެ. މި މިސްކީނު މީހާ އަށާއި އަހަރެމެންނަށް މަގުދައްކަވާދެއްވާ ދޭވެ. އަދި މަޢުޞޫމު ޒުވާނުން މިފަދަ ލައިސެންސް ލިބިފައިވާ ދީނުގެ ވަގުންގެ ދަންތުރަތަކުން އަޅަމެން ރައްކާތެރިކުރައްވާދޭވެ! އާމީން.
ޙަޤީޤަތުގައި މި ދެންނެވި ފާމަސިސްޓް އޭނާގެ ޤައުމަށް ހިތްތިރިކަމާ އެކު ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު ފާމަސީ އާއި، ކެމިކަލް އިންޖިނިއަރިންގ ގެ ދާއިރާ ގައި ވަނީ ޚިދުމަތްކޮށްފައެވެ. ހަމަ އެއާއެކު، ރެއާއި ދުވާލު މަސައްކަތްކުރަމުން، ހަތް އަހަރު ވަންދެން ދީނީ ތަޢުލީމު ޙާޞިލުކޮށް، އޭނާ މޮޅު އިސްލާމީ ޢިލްމުވެރިއެއްގެ އަރިހުން އިޖާޒާ ޢާލިޔާ ޙާޞިލުކޮށްފައެވެ. ސައިންޓިފިކް އަދި އިސްލާމީ ޢިލްމުގެ މަތިވެރިކަމުގެ އަލީގައި އޭނާ އަށް އޭނާގެ ނުކުޅެދުންތެރިކަމާއި، ނިކަމެތިކަން ވިސްނުނެވެ. މިގޮތަށް ވިސްނި، ޙަޤީޤީ އިޚްލާޞްތެރި އަޅަކަށް ވުމަށް ވަރަށް ބޮޑަށް މަސްކަތްކުރި އެވެ. އޭނާގެ އެންމެ ބޮޑު ބިރަކަށް އަދި ކަންބޮޑުވުމަކަށް ވީ، އޭނާގެ ޑިޕްލޮމާތަކާއި، އިޖާޒާ ގެ މޮޅުކަމަށް ބަލާފައި، އޭނާ އަކީ އެ މައުޟޫޢުތަކުގައި ބަސްވިކޭ އޮތޯރިޓީ ހުރި މީހެއް ކަމަށް ބެލުމެވެ. އޭނާގެ ހުރިހާ ފޮތެއް ގައި ވެސް، މި ކަންބޮޑުވުމުގެ ވާހަކަ ލިޔުއްވފައި ވެއެވެ. އޭނާ ލިޔުއްވި އެއްވެސް ފޮތެއް ގައި އޭނާގެ އަމިއްލަ ޚިލާޔުތައް ނުވަތަ ރައުޔުތައް ލިޔުއްވުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ އަބަދު ވެސް މަސައްކަތްކުރެއްވީ، އޭނާގެ ހަނގަށް ތިބި އަޚުންނަށް، ފަހުމުވާ މީހުންގެ މެދުގައި ނުހަނު މަޤްބޫލު أهل السّنّة ގެ ޢިލްމުވެރިންގެ އަގުހުރި ލިޔުންތައް ޢަރަބި ބަހާއި، ފާރިސީ ބަހުން ތުރުކީ ބަހާއި، ހުޅަނގުގެ އެކި ބަސްތަކަށް ތަރުޖަމާކޮށް ގެނެސްދެއްވި އެވެ. މާ ބޮޑު މީހެއް ކަމަށް ވެދާނެ ކަމުގެ ބިރުގައި ފޮތެއް ނުލިޔުއްވައި އެތަކެއް އަހަރެއް ވޭތުކުރެއްވި އެވެ. އެކަމަކު އޭނާ އަށް شوائق المحرقة މި ފޮތުން ތިރީގައިވާ ކިރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ޙަދީޘް ފެނުމުން އޭނާ ވިސްނަވަން ފެއްޓެވި އެވެ.: (إذا ظهرت الفتن) ނުވަތަ ޙަދީޘްކުރެއްވި އެވެ. (البدع و سب أصحابي فليظهر العالم علمه فمن لم يفعل ذلك فعليه لعنة اللّه والملائكة والنّاس أجمعين لا يقبل اللّه منه صرفا ولا عدلا) މާނައި: "ފިތުނަ/ ބިދުޢަ ފެތުރި، ތިމަންކަލޭގެފާނުގެ އަޞްޙާބުންނަށް ހުތުރު އެއްޗެހި ގޮވައި ހަދައިފި ނަމަ، ތަންދޮރު ދަންނަ މީހުން އެހެން މީހުންނަށް ކިޔައިދޭންވާނެ އެވެ. އެގޮތަށް ނަހަދައިފި މީހާ އަށް اللّه އާއި، މަލާއިކަތުންނާއި، އެންމެހާ މީސްތަކުންގެ ގެ ލަޢުނަތް އޭނާގެ މައްޗަށް ހުއްޓެވެ. اللّه އޭނާގެ އެއްވެސް ތައުބާއެއް އަދި ފިދުޔައެއް ޤަބޫލުފުޅެއް ނުކުރައްވާނެ އެވެ". އެއްކޮޅުން ބަލާ އިރު، أهل السّنّة ގެ ޢިލްމުވެރިންގެ ދީނީ ޢިލްމާއި، އެ ދުވަސްވަރުގެ ސައިންޓިފިކް ޢިލްމުގެ މަފްހޫމާއި، ދެނެގަތުމުގެ ފެންވަރާއި، އެ ޢިލްމުވެރިންގެ ވިސްނުންތޫނު ކަމާއި، ޢިބާދަތާއި ޒާހިދުކަމުގައި އެ ޢިލްމުވެރިންގެ ހިތްވަރު އޭނާޔަށް އެނގިވަޑައިގަތް ވަރަކަށް އޭނާ އަށް އިޙްސާސްކުރެވުނީ އޭނާގެ ދެރަނިކަމެތިކަމެވެ. އެ މޮޅެތި ޢިލްމުވެރިންގެ ޢިލްމުގެ ކަނޑާ އަޅާބަލާ އިރު، އޭނާގެ ޢިލްމު އޭނާ ބެއްލެވީ ފެން ތިއްކެއް ފަދަ ކަމަށެވެ. އަނެއް ކޮޅުން ބަލާ އިރު، ޞާލިޙު މީހުންގެ ތެރޭގައި ސުންނީ ޢިލްމުވެރިންގެ ފޮތްތައް ފަހުމްކުރެވޭ ފަދަ މީހުން މަދުވަމުން ދިއުމާއި، މަގުފުރެދިފައިވާ ޖާހިލުން ދީނީ އިލްމުވެރިންގެ ތެރެއަށް ވަންނަމުން ދިއުމާއި، އެ މީހުން ފޮތްތައް ލިޔުމާއި، މި ހުރިހާ ކަންކަމަކީ، ބިދުޢަ އާއި ޝުބުހާތުތަކުން ފުރިފައިވާ ކަންކަމަށް ވާތީ؛ މި ޙަލަތާ މެދު އޭނާ ހިތާމަކޮށް، ޙަދީޘް ގައި ލަޢުނަތް ލައްވާނެ ކަމަށް އޮތް އިންޒާރާ މެދު އޭނާ ޙައިރާން ވެއެވެ. ހަމައެއާއެކު، ދީނަށް ޚިދުމަތްކުރައްވަން އޭނާ ފެއްޓެވީ އޭނާގެ އަޚުންންނާ މެދު އޭނާ ގެ ހިތުގައި އޮތް ކުލުނެއްގެ ސަބަބުން، އޭނާ އިކްތިޔާރުކުރެއްވި أهل السّنّة ގެ ޢިލްމުވެރިންގެ ފޮތްތައް ތަރުޖަމާކޮށް ޝާއިޢުކުރައްވަން ފެއްޓެވި އެވެ. އޭނާ އަށް ލިބުނު ގުނާ ޢަދަދުނުކުރެވޭ ވަރުގެ ތަހުނިޔާ އާއި، ޝުކުރުގެ ސިޓީތައް ލިބުނު އިރު، ލާމަޒުހަބީންގެ ފަރާތުން ޖެއްސުންކުރުމާއި، ހުތުރު އެއްޗެހި ގޮވުމާ ވެސް ކުރިމަތިލާން އޭނާ އަށް ޖެހިވަޑައިގަތެވެ. އޭނާ އެ ޚިދުމަތުގައި ހުންނެވީ اللّه تعالى އަށް ވަކީލުކޮށް އެކަލާނގެ ރަސޫލާ محمّد (صلّى اللّه عليه وسلّم) އާއި އެކަލާނގެ ކިޔަމަންތެރި އަޅުތަކުންގެ ބަރަކާތްލެއްވިގެންވާ ރޫޙުތަކަށް ތަވައްސުލްކޮށްގެންނެވެ. މާތް اللّه އަޅަމެން އެކަލާނގެ ރުއްސަވާ ތެދުމަގުގައި ލަހައްޓަވާށިއެވެ.
ޙަނަފީ މަޒްހަބުގެ ފުންނާބު އުސް ޢިލްމުވެރިޔެއް ކަމުގައިވާ މިޞްރުގެ ޖާމިޢަތުލް އަޒްހަރުގެ ޕްރޮފެސަރ محمّد بخت المطيعي އޭނާގެ ފޮތް تطهير الفؤائد من دنس الإعتقاد ގައި ލިޔުއްވާފައި ވެއެވެ.:
"ހުރިހާ އެންމެންގެ ތެރެއިން، އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ރޫޙުތަކުގެ ވެރިންނަކީ ނަބީންނާއި ރަސޫލުން (عليهم الصلاة والسّلام) ނެވެ. އެބޭކަލުންގެ ރޫޙުތައް، ނުބަޔާއި، ގުޑުންއެރުމާއި، ޣާފިލުކަމާއި، ނޭނގުމާއި، ޚިޔާނަތާއި، ތަޢައްޞުބުންނާއި، ހަވާނަފްސާއި، އެދުންތަކަށް ދީލާލުމާއި، ޙަސަދަވެރިކަމުން މަޢުޞޫމްވެގެން ވެއެވެ. ނަބީންނާއި ރަސޫލުން ތަބްލީޣުކުރައްވައި އޮޅުންފިލުވައިދެއްވީ އެ ބޭކަލުންނަށް اللّه تعالى ވަޙީކުރެއްވި ކަންތައްތަކެވެ. (الله أعلم حيث يجعل رسالته) އެބޭކަލުން ތަބްލީޣުކުރެއްވި އިސްލާމް ދީނުގެ އިރުޝާދުތަކާއި، އަމުރުތަކާއި، ނަހީތަކަކީ ތެދެވެ. އޭގެ ތެރެއިން އެންމެ ބޭކަލަކު ވެސް ގޯސްވެ، ފަސާދައެއް ނޫނެވެ. (لا يأتيه الباطل من بين يديه ولا من خلفه ترتيل من حكيم حميد) ނަބީންނާއި، ރަސޫލުންނާ ޖެހިގެން އެންމެ މަތިވެރި އަދި އެންމެ ތަޞައްރަފު ފުދިފައިވަނީ އެބޭކަލުންގެ ޞަޙާބީންނެވެ. އެހެނީ، އެބޭކަލުންނީ ނަބީންނާއި، ރަސޫލުންގެ އަރިހުން ތަމްރީނުވެ، ތަޞައްރަފު ފުދި ޠާހިރުވެގެންވީ ބޭކަލުންނެވެ. ނަބީންނާއި، ރަސޫލުންގެ ފަރާތުން އަޑުއިވުނު ވާހަކަތައް އެބޭކަލުން އަބަދުވެސް ތަކުރާރުކުރައްވައި ޝަރަޙަކޮށްދެއްވި އެވެ. އެބޭކަލުން ފޯރުކޮށްދެއްވި ހުރިހާ ކަންތައްތަކަކީ، ތެދެވެ. ތަޢައްޞުބު ނުވަތަ ހަވާނަފްސާއި، އަމިއްލަ އެދުމަށް ޓަކައި، އެބޭކަލުން އެކަކު އަނެކަކާ ތަޢާރުޟެއް ނުވެއެވެ. މާތް اللّه ގެ ދީނަށް ގޮވާލެއްވުމުގައި ޞަޙާބީންގެ އިޖްތިހާދަކީ އެކަލޭގެފާނުގެ އުއްމަތަށް ދެއްވި އެންމެ ބޮޑު ރަޙްމަތެވެ. ކީރިތި ޤުރްއާނުގައި މާތް اللّه ވަޙީކުރައްވާފައި ވެއެވެ.: (مُّحَمَّدٌۭ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًۭا سُجَّدًۭا يَبْتَغُونَ فَضْلًۭا مِّنَ ٱللَّهِ وَرِضْوَٰنًۭا ۖ * الفتح: 49) މާނައީ: "محمّد ގެފާނީ الله ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރި ބަޔެކެވެ. الله ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކު ކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ". އިޖްމާޢުން ނެރެވިފައިވާ އެބޭކަލުންގެ ހުރިހާ އިޖްތިހާދެއް ވެސް ޞައްޙަ އެވެ. ތެދަކީ ހަމައެކަނި އެއްކަމެއް ކަމަށް ވާ އިރު، އެ ހުރިހާ ބޭކަލުންނަށް ޘަވާބު ދެވުނެވެ.
ޞަޙާބީންނާ ޖެހިގެން ދެން އެންމެ މަތިވެރި މީހުންނަކީ، އެ ބޭކަލުންނާ ބައްދަލުވެ، އެބޭކަލުންގެ ކިބައިން ތަމްރީނުވި މުސްލިމުންނެވެ. އެ ބޭކަލުންނަކީ ތާބިޢީންނެވެ. ތާބިޢީންގެ ދީނީ ޢިލްމު ލިބިގަތީ ޞަޙާބީންގެ ކިބައިންނެވެ. ތާބިޢީންނާ ޖެހިގެން ދެން އެންމެ މަތިވެރި މުސްލިމުންނަކީ، ތާބިޢީންނާ ބައްދަލުވެ، އެބޭކަލުންގެ ކިބައިން ތަމްރީނުވި މުސްލިމުންނެވެ. އެބޭކަލުންނަކީ تبعة التابعين އެވެ. އެބޭކަލުންނަށް ވުރެ ފަހުގެ ޤަރުނުތަކުގައި ޤިޔާމަތް ދުވަހާ ހަމަޔަށް އަންނަން ތިބި މީހުންގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ރަނގަޅު މީހުންނަކީ، އެބޭކަލުންން ނަމޫނާއަކަށް ބަލައި، އެބޭކަލުންގެ ޢިލްމުތައް އުނގެނި އެ ގޮތަށް އުޅޭ މީހުންނެވެ. އަދި ޤިޔާމަތް ދުވަހާ ހަމަޔަށް އެ ބޭކަލުންނަށް ތަބވީ މީހުންނާއި، ސަލަފުންގެ ޒަމާނާއި މި ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އާއި، އެކަލޭގެފާނުގެ އަޞްޙާބުންނާއި، سلف الصالح ން (عليهم الصلاة والسّلام) ބަހުންނާއި، ޢަމަލުން ގެނެސްދެއްވި ދީނުގެ އަޞްލުތަކުގެ ތެރެއިން އެއްވެސް ކަމަކަށް ޚިލާފުވުމެއް ނެތި އިޙްސަންތެރިކަމާ އެކު ތަބާވީ މީހުން، އެހެން މީހުން އަބުރުކަތިލުމަކަށް ކުރާ ކަންތައްތަކަކަށް ބިރެއް ނުގަންނާނެއެވެ. އޭނާ، އެ މީހުންގެ މަގުއޮޅުވާލުމަކަށް އޭނާ ނުހެއްލޭނެ އެވެ. އޭނާ، ޖާހިލުންގެ ބަސްތަކެއް އަޑެއް ނާހާނެ އެވެ. އޭނާ، އޭނާގެ ބުއްދީގެ ބޭނުންކޮށް، މުޖްތަހިދު އިމާމުންގެ ހަތަރު މަޒްހަބަކުން ބޭރެއް ނުވާނެ އެވެ. މުސްލިމުން، މިފަދަ ޢިލްމުވެރިޔަކު ހޯދައި، އެ ޢިލްމުވެރިޔާއާ ސުވާލުކޮށް، އެ ޢިލްމުވެރިޔާށް އެނގޭ ކަންތައްތައް އުނގެނި، އެ ޢިލްމުވެރިޔާގެ އިރުޝާދަށް ޢަމަލުކުރާނެ އެވެ. އެހެނީ، އެކަލާނގެ އަޅުތަކުން ކުށްތަކަށް އަރައިގަތުމުން ރައްކާތެރިކޮށްދެއްވުމަށް ޓަކައި މާތް الله ލައްވާފައިވާ ރޫޙާނީ ބޭސް، އެ ފެންވަރުގެ ޢިލްމުވެރިޔަކަށް އެނގިވަޑައިގެން، މީހުންނަށް އެކަން ދަސްކޮށްދޭނެ އެވެ. އެހެނީ، ރޫޙަށް ބޭނުންވާ ގޭސް އޭނާ އަށް އެނގޭނެ އެވެ. ސިކުނޑި ގޮވާފައިތިބޭ މީހުންނާއި، ގަމާރުންނަށް އޭނާ ފަރުވާދޭނެ އެވެ. މިފަދަ ޢިލްމުވެރިޔަކު، އޭނާ ބުނާ ކޮންމެ ބަހަކާއި، ކުރާ ކޮންމެ ކަމަކާއި، ޤަބޫލުކުރާ ކޮންމެ ކަމެއް ގައި ޢަމަލުކުރާނީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށެވެ. އޭނާގެ މަފްހޫމް އަބަދުވެސް ޞައްހަވާނެ އެވެ. ކޮންމެ ސުވާލަކަށް އޭނާ ޖަވާބުދޭނީ ރަނގަޅަށެވެ. އޭނާގެ ޢަމަލުތައް މާތް الله ރުއްސަވާނެ އެވެ. سورة العنكبوت ގެ 69 ވަނަ އާޔަތުގައި މާތް ވަޙީކުރައްވާފައި ވެއެވެ.: (وَٱلَّذِينَ جَـٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ * العنكبوت: 69) މާނައީ: "ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ.". އަދި سورة البقرة ގެ 257 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۖ * البقرة: 257) މާނައީ: "الله އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ". އަދި سورة الحديد ގެ 12 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِم * الحديد: 12) މާނައީ: "އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން، އެއުރެންގެ ނޫރު ހިނގަހިނގާ ހުންނާނެތެވެ". އަދި سورة النساء ގެ 69 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (فَأُو۟لَـٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّـٰلِحِينَ ۚ * النساء: 69) މާނައީ: "ފަހެ، އެއުރެން ވަނީ، الله އެބައެއްގެ މައްޗަށް نعمة ދެއްވި މީހުން ކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ".
"އެއްވެސް ޒަމާނެއް ގައި އުޅުނު ޢިލްމުވެރިޔަކު، އޭނާގެ ބަހާއި، ޢަމަލާއި، އިޢްތިޤާދު ގައި ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އާއި އެކަލޭގެފާނުގެ ޞަހާބީން ގެނެސްދެއްވި ކަންތައްތަކަށް ޢަމަލުނުކޮށް، އަދި އެއިން ކަމަކާ ޚިލާފުވެ، ހަވާނަފްސާއި އެދުންވެރިކަމަށް ލެނބިގެން ގޮސް އަމިއްލަ ވިސްނުމުގައި މުތަޢައްޞިބުވެ ޝަރުޢާއި، ޝަރުޢީ ޙުކުމްތަކާ ގުޅޭ ބުއްދީގެ ހަމަތަކާ އިޢުތިރާޒުކޮށް، ހިދާޔަތުގެ މަޒްހަބުތަކުންނެ ބޭރުވެ، ޝަރްޢު ގައި ކަނޑައަޅާފައިވާ ޙުދޫދާ ހަމައިން ނުހުއްޓޭ ނަމަ، އެފަދަ ޢިލްމުވެރިޔަކު ވާނީ ނުބައިވެގެންވާ ޢިލްމުވެރިންގެ ތެރެއިންނެވެ. އެފަދަ މީހުންގެ ވާހަކަ ކިރިތި ޤުރްއާނު ގައި މާތް الله ވަޙީކުރައްވާފައި ވެއެވެ. سورة البقرة ގެ 7 ވަނަ އާޔަތުގައި މާތް الله މާތް الله ވަޙީކުރައްވާފައި ވެއެވެ.: (خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَـٰرِهِمْ غِشَـٰوَةٌۭ ۖ وَلَهُمْ عَذَابٌ عَظِيمٌۭ * البقرة: 7) މާނައީ: "الله، އެއުރެންގެ ހިތްތަކުގައްޔާއި، އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައި ވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ". މާތް الله މިފަދަ މީހުން ދެކެ ލޯބިވެވޮޑިނުގަންނަވައެވެ. އެ މީހުން ވަނީ ޙައްޤުން ބޭރުކުރެވި، ތެދާއި، ރަނގަޅުކަންތައްތަކުން ދުރުވެގެންނެވެ. އެއީ، ނަބީންނާއި ރަސޫލުންގެ ޢަދުއްވުންނެވެ. سورة الأنعام ގެ 112 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّۭا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍۢ زُخْرُفَ ٱلْقَوْلِ غُرُورًۭا ۚ * الأنعام: 112) މާނައީ: "ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطان ން عداواة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއް ބަޔަކަށް ހެއްލުންތެރިކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ". އަދި سورة الكهف ގެ 104 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا * الكهف: 104) މާނައީ: "އަދި އެއުރެން ރަނގަޅަށް ކަންތައްކުރާ ކަމަށް އެއުރެން ހީކުރެތެވެ". އެ މީހުންނަކީ ޝައިޠާނާގެ ބައިގަނޑެވެ. އޭގެތެރެއިން ހަމަ މަގަށް އެޅި ރަނގަޅަށް އުޅެނީ ވަރަށް މަދު ބަޔަކެވެ. އެމީހުން ދައްކާ ހުރިހާ ވާހަކައެއް ބޭރުފުށުން ރީތިވިޔަސް، އެ މީހުންގެ ހުރިހާ ވިސްނުމަކާއި، ރުހޭ ކަންތައްތަކަކީ، ފާސިދު ކަންތައްތަކެވެ. ގަމާރުންނަށް އެމީހުން އޮޅުވާލައި، ބިދުޢަޔަށް މަގުދައްކައެވެ. އެ މީހުންގެ ބަސްތައް، ސްނޯހާ އޮމާންވިޔަސް، ތެދުގެ އިރަށް ކަޝްފުވެ ވިރިގެންދެއެވެ. سورة البقرة ގެ 257 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّـٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَـٰتِ ۗ * البقرة: 257) މާނައީ: "އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، كافرވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، شيطانންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް އެ شيطانން އެއުރެން ނެރެތެވެ". އަދި سورة النّحل ގެ 108 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ * النّحل: 108) މާނައީ: "އެއުރެންނީ، އެއުރެންގެ ހިތްތަކުގައި الله ސިއްކަޖައްސަވާފައިވާ މީހުންނެވެ". އަދި سورة الأحزاب ގެ 4 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ * الأحزاب: 4) މާނައީ: "الله حق ބަސްފުޅު وحي ކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ". އެޢިލްމުވެރިންގެ ތެރެއިން އެ މީހުންގެ ބަސްތައް ޤަބޫލުކޮށް އެއާ އެއްގޮތަށް އުޅޭ މީހާ އާ އެ މީހުންގެ ބަސްތައް ޤަބޫލުނުކޮށް އެ ގޮތަށް ނޫޅޭ މީހާ އާ ހުރި ތަފާތަކީ، ދެންނެވި ފަދައިން ފުރަތަމަ ގްރޫޕުގައި ވީ މީހުންގެ ބަހާއި ޢަމަލު ބުއްދިއަށް ޤަބޫލުކުރެވޭ ރަނގަޅުވެފައި، އޭނާގެ އިޢުތިޤާދާއި، ބަހާއި، ޢަމަލު ޝަރުޢީ ޙުދޫދުން ބޭރުނުވާ އިރު، ދެވަނަ ގްރޫޕުގައި ހިމެނޭ މީހާގެ ބަސް ކުށްވެރިކުރަންޖެހެއެވެ. އެހެނީ، އޭނާ އުރެދި، އަމުރުކުރެއްވި ކަންތައްތައް ނުކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުނުވުމުގެ ސަބަބުން، އޭނާގެ ނަފްސު ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދޭ ނުވަތަ ޝިފާ ލިބޭ ބޭސް ކައިފައެއް ނެތެވެ. سورة الأنعام ގެ 81 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ * الأنعام: 81) މާނައީ: "ފަހެ، މި ދެބައިމީހުން ކުރެ (عذاب ން ސަލާމަތްވެ) އަމާންކަން ލިބުން حق ކަން ބޮޑީ ކޮން ބަޔެއް ހެއްޔެވެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ، ނިކަން ބުނދީބަލާށެވެ!". އަދި سورة الأنعام ގެ 82 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ * الأنعام: 82) މާނައީ: "އެއުރެންނަކީ، إيمان ވެތިބެ، އެއުރެންގެ إيمان ކަމުގެ ތެރެއަށް (شرك ގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަން ހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ". އަދި سورة الأنعام ގެ 83 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (وَتِلْكَ حُجَّتُنَآ * الأنعام: 83) މާނައީ: "އެ ހުރިހާ ކަމަކީ، ތިމަންރަސްކަލާނގެ (حضرة ން އައި) حجة ތަކެވެ". އެ މީހުންގެ ހިތްތައް އަނދިރިކުރައްވައި، ޢަޤީދާ އާއި، ޢަމަލުތަކުގައި ބިދުޢައިގެ އަހްލުވެރިން ގޮތަށް އުޅުނު މީހުންގެ ތެރެއިން ކިރިތި ޤުރްއާނާއި ސުންނަތާއި އިޖްމާޢާ ޚިލާފުވީ މީހުން ވަނީ ގެއްލެނެވިގެންނެވެ. سورة المنافقون ގެ 4 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (قَـٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ * المنافقون: 4) މާނައީ: "އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟". އަދި سورة النساء ގެ 97 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.: (فَأُو۟لَـٰٓئِكَ مَأْوَىٰهُمْ جَهَنَّمُ ۖ وَسَآءَتْ مَصِيرًا * النساء: 97) މާނައީ: "ފަހެ (قيامة ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އެއީ، ނުބައިވެގެންވާ ނިމިދިއުމެކެވެ". سلف الصالحين ގެ ދުވަސްވަރު އަދި ދީނީ ޢިލްމުވެރިންގެ ތެރޭގައި ވަރަށް ގިނަ ބިދުޢަވެރިން އުޅުނެވެ. މުސްލިމުންގެ ތެރޭގައި އެ މީހުންގެ މިސާލަކީ، ހަށިގަނޑުގެ ގުނަވަނެއް ގައި ކެނސަރު ހުރުން ފަދަ އެވެ. އެ ބަލިމަޑުކަން ފިލުވާނުލައިފި ނަމަ، ޞިއްޙަތު ރަނގަޅު ގުނަވަންތައް ވެސް އެ ބަލިން ރައްކާތެރިއެއް ނުކުރެވޭނެ އެވެ. އެ މީހުންގެ މިސާލަކީ، ގައިންގަޔަށް އަރާ ބަލި ޖެހިފައިތިބޭ މީހުންގެ މިސާލެވެ. އެ މީހުންނާ ބައްދަލުވާ މީހުންނަށް ނުރައްކާވާނެ އެވެ. އަހަރެމެން އުޅެންވާނީ އެ މީހުންނާ ދުރުގައެވެ. އެހެންނޫނީ، އަހަރެމެންނަށް އެ މީހުންގެ ފަރާތުން ނުރައްކާވާނެ އެވެ".
ދީނީމަޤާމެއް ގައި ތިބި ފާސިދު ބިއުޢަވެރިންގެ އެންމެ ނުރައްކާ ބޮޑު މީހަކީ إبن تيمية އެވެ. އޭނާގެ ފޮތްތަކުގައި، ވަކިން ޚާއްޞަކޮށް، الواسطة ގައި އޭނާ ވަނީ ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘްތަކުގައި ވަރަށް ސާފުކޮށް އަންގަވާފައިވާ ކަންތައްތަކާ އިދިކޮޅުވެ، މުސްލިމުންގެ އިޖްމާޢު އިންކާރުކޮށް، سلف الصالحين ދެއްކެވި މަގުން ހިނގުމަށް ދެކޮޅުހަދާފައެވެ. އޭނާގެ އުނި ސިކުނޑިއާއި، ފާސިދު ފިކުރުތަކަށް ހެއްލިގެންގޮސް އޭނާ ވަނީ ބިދުޢައިގެ ތެރެއަށް ވަދެފައެވެ. އޭނާއަކީ، ވަރަށް މޮޅު ޢިލްމުވެރިއެކެވެ. މާތް الله އޭނާގެ ޢިލްމު ލެއްވީ އޭނާ ގެއްލެނިވެގެންދިޔަ ސަބަބަށެވެ. އޭނާ ތަބާވީ އޭނާގެ ހަވާނަފްސަށެވެ. އޭނާ މަސައްކަތްކުރީ، އޭނާގެ ނުބައި ފާސިދު ޚިޔާލުތައް ތެދުގެ ގޮތުގައި ފެތުރުމަށެވެ.
މޮޅު ޢިލްމުވެރިޔާ العلّامة إبن حجر (رحمة الله تعالى عليه) އޭނާގެ ފޮތް ކަމުގައިވާ الفتاوى الحديثية ގައި ލިޔުއްވާފައި ވެއެވެ.:
"إبن تيمية އަކީ، މާތް الله ނިކަމެތިކުރައްވައި، ގެއްލެނިކުރައްވައި، ކަނުކުރައްވައި، މަންމަންކުރައްވައި، ދެރަކުރެއްވި އަޅެކެވެ. އޭނާގެ ކަންތައްތަކުގެ ފަސާދަކަމާއި، އޭނާގެ ބަސްތަކުގެ ދޮގުކަން ބަޔާންކުރެއްވި އިމާމުން ކިޔައިދެއްވީ އެހެންނެވެ. އިސްލާމީ މޮޅެތި ޢިލްމުވެރިން ކަމުގައިވާ أبي الحسن السبكي އާއި، އޭނާގެ ދަރިފުޅު تاج الدّين السبكي އާއި، الإمام العزّ بن جماعة ގެ ފޮތްތައް ކިޔާ މީހުންނާއި، އޭނާ އަށް ދިން ރައްދެއްގެ ގޮތުން ޝާފިޢީ، އޭނާގެ ދުވަސްވަރު ދުނިޔޭގައި ތިއްބެވި މަލަކީ އަދި ޙަނަފީ މަޒްހަބުތަކުގެ ޢިލްމުވެރިން ވިދާޅުވެފައިވާ އަދި ލިޔުއްވާފައިވާ ބަޔާންތައް ދިރާސާކުރާ މީހުންނަށް، އަހަރެމެން މިތިބީ ޞައްޙަގޮތުގައި ކަން ދެކޭނެތެވެ.
" إبن تيمية ވަނީ ޞޫފީ ޢިލްމުވެރިންގެ އަބުރަށް އަރައި، އެ ބޭކަލުންގެ އަގުވައްޓާލުމަށް ޙަމަލާތައް ދީފައެވެ. އޭގެއިތުރަށް، عمر بن الخطاب އާއި، علي بن أبي طالب (رضي الله عنهما) ފަދަ އިސްލާމް ދީނުގެ އެންމެ އިސް އިމާމުންނަށް ޙަމަލާދިނުމަށް ފަހެއްނުޖެހުނެވެ. އޭނާގެ ބަހުގައި ބަރުދަނެއް ނެތަސް، އޭނާގެ ބަހުގެ ޙަމަލާ އެކި ދިމަދިމާލުން ވަނީ ދީފައެވެ. އޭނާ ވަނީ ރަނގަޅު މަގުގައި ތިއްބެވި ޢިލްމުވެރިންނަކީ ބިދުޢަވެރިންނާއި، ގެއްލެނިވެފައިވާ ޖާހިލުން ކަމަށް ބުނެ އަގުވައްޓާލުމުގެ ވާހަކަތައް ދައްކާފައެވެ.
"އޭނާ ބުނެފައި ވެއެވެ.: 'އިސްލާމް ދީނާ ޚިލާފު ގްރީކް ފައިލަސޫފުންގެ ފާސިދު ޚިޔާލުތައް، ޞޫފީ ބޮޑެތި ޢިލްމުވެރިންގެ ފޮތްތަކުގައި ލިޔެވިފައި ވެއެވެ'. އަދި އޭނާގެ ޞައްޙަނޫން ބިދުޢަވެރި ފިކުރުތަކުން އެކަން ސާބިތުކޮށްދިނުމަށް މަސައްކަތްކޮށްފައި ވެއެވެ. ތެދު ނޭނގޭ ޒުވާނުން، އޭނާގެ އޮޅުވާލުމުގެ ބަސްތަކުން ހެއްލިގެންދިއުން އެކަށީގެންވެއެވެ. މިސާލެއްގެ ގޮތުން ދަންނަވާ ނަމަ، އޭނާ ބުނެފައި ވެއެވެ.:
'ޞޫފީން ބުނާ ގޮތުގައި، އެ މީހުންނަށް لوح المحفوظ ފެނެއެވެ. އިބްނު ސީނާ ފަދަ ބައެއް ފައިލަސޫފުން ދެކޭގޮތުގައި النفس الفلكية އެވެ. އެ މީހުން ބުނާގޮތުގައި، ހޭލާ ހުންނަ އިރު ނުވަތަ ނިދަން އޮންނަ އިރު، ރޫޙު النفس الفلكية ނުވަތަ العقل الفعّال އާ އެކުވެއެވެ. އަދި ރޫޙު އެ ދޭއްޗާ އެކުވުމަކީ، ދުނިޔޭގައި ހުރިހާ ކަމެއް ހިނގުމަށް މެދުވެރިވާ ސަބަބެވެ. މިއީ، ގްރީކް ފައިލަސޫފުން ދެއްކި ވާހަކަތަކެއް ނޫނެވެ. އެއީ، އެމީހުންގެ ފަހުން އައި އިބްނު ސީނާ ފަދަ ފައިލަސޫފުން ދެއްކި ވާހަކަތަކެވެ. ހަމަ އެއާއެކު، أبي حامد محمّد الغزالي، محي الدّين إبن عربي އަދި އަންދަލުސްގެ ފައިލަސޫފު قطب الدّين محمّد بن سبعين ގެ ބައެއް ވާހަކަތަކުގައި ވެސް މިފަދަ ބަޔާންތައް ދީފައި ވެއެވެ. އެއީ، ފައިލަސޫފުންގެ ބަޔާންތަކެވެ. މިފަދަ ވާހަކަތަކަކީ، އިސްލާމް ދީނުގައި ވާ އެއްޗެއް ނޫނެވެ. މި ޖަދަލުތަކާ އެކު، އެ މީހުން ވަނީ ތެދު މަގުން އެއްކިބާވެފައެވެ. އެ މީހުން ވެފައިވަނީ، ޝީޢީންނާއި، އިސްމާޢިލީންނާއި، ޤަރާމިޠީންނާއި، ބާޠިނީން ފަދައިން މުލްޙިދުންނަށެވެ. أهل السنّة ގެ ޢިލްމުވެރިންނާއި، ޙަދީޘް ޢިލްމުވެރިންނާއި، فضيل بن إياد ފަދަ ސުންނީ ޞޫފީން އުޅުއްވި ތެދުމަގު، އެ މީހުން ވަނީ ދޫކޮށްލާފައެވެ. އެއްކޮޅުން، ފަލްސަފާ އަށް ފީނާ އިރު، އަނެއް ކޮޅުން، معتزلة އާއި، كرامية ފަދަ ފިރުޤާތައް އިންކާރުކުރުމުގައި ވެސް އެ ބޭކަލުން ވަނީ ހިތްވަރުކޮށްފައެވެ. ތިން ވައްތަރެއްގެ ޞޫފީން ވެއެވެ. ފުރަތަމަ ގްރޫޕަކީ، ޙަދީޘާއި ސުންނަތުގައި ހިފަހައްޓައިގެން ތިބޭ ޞޫފީންނެވެ. ދެވަނަ ގްރޫޕަކީ، كرامية ފަދަ ބިދުޢަވެރިންނެވެ. ތިން ވަނަ ގްރޫޕަކީ، إخوان الصفاء ގެ ފޮތްތަކަށާއި، أبو الحيّان ގެ ވާހަކަތަކަށް ތަބާވާ މީހުންނެވެ. أبي حيّان އާއި، إبن العربي އަދި އެފަދަ އެހެން މީހުން، ފައިލަސޫފުންގެ ބަޔާންތައް ޤަބޫލުކޮށް، އެއީ ޞޫފީންގެ ޢިލްމުވެރިންގެ ވާހަކަތައް ކަމަށް ހެދިއެވެ. އިބްނު ސީނާގެ ފޮތް ކަމުގައިވާ آخر الإشارات على مقام العارفين ގައި މިފަދަ ގިނަ ބަޔާންތައް ވެއެވެ. ހަމަ އެހެންމެ، إمام غزالي ވެސް މިފަދަ ބަޔާންތައް، الكتاب المضمون به على غير أهله އަދި مشكات الأنوار ފަދަ އޭނާގެ ބައެއް ފޮތްތަކުގައި ލިޔުއްވާފައި ވެއެވެ. އަދި ކީއްތޯއެވެ! އޭނާގެ ރަޙްމަތްތެރިޔާ أبوبكر بن العربي، ފަލްސަފާ ބޭނުންކުރައްވައި، އެއިން ނުކުންނަވަން އުޅުއްވައި އެ ކަން ނުކުރެވުނު ކަމަށް ވިދާޅުވެ، ޣަޒާލީ ސަލާމަތްކޮށްދެއްވަން އުޅުއްވި އެވެ. އަނެއް ކޮޅުން، إمام غزالي ވިދާޅުވެފައިވާ ގޮތުގައި، ފައިލަސޫފުން، ދީން ޤަބޫލުނުކުރެއެވެ. އޭނާގެ ޙަޔާތުގެ ފަހުކޮޅުގައި، އޭނާ صحيح البخاري ކިޔުއްވި އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، އޭގެ ސަބަބުން، އޭނާ ލިޔުއްވި އޭނާގެ ރައުޔުތަކުން އޭނާ ބަރީއަވާނެ އެވެ. އަނެއް ބަޔަކު ބުނެފައިވާ ގޮތުގައި، އެ ބަޔާންތައް إمام غزالي ވިދާޅުވި ބަސްތަކެއް ކަމަށް އޭނާ އަށް ނިސްބަތްކޮށްފައިވަނީ، އޭނާގެ އަގުވައްޓާލުމަށެވެ. މި ބީދައިން إمام غزالي އާ ބެހޭ އެތައް ރިޕޯޓްތައް އެބަހުއްޓެވެ. ސިސިލީން ތަޢުލީމު ޙާޞިލުކުރެއްވި މަލަކީ މަޒްހަބުގެ ޢިލްމުވެރިޔާ محمّد المازري އާއި އަންދަލުސްގެ ޢިލްމުވެރިޔާ الطرطوشي އަދި إبن الجوزي އާއި إبن عقيل އާއި، އެހެން މީހުން ވެސް ވަރަށް ގިނަ ވާހަކަތައް ބުނެފައި އެބަހުއްޓެވެ'.
"إبن تيمية ބުނި ކަމަށް މަތީގައި ބަޔާންކޮށްފައިވާ ވާހަކަތަކުން ދައްކައިދެނީ، أهل السنّة ގެ ޢިލްމުވެރިންނާ މެދު އޭނާގެ ހުރި ނުބައި ފިކުރުތަކެވެ. އެންމެ އިސް ޞަޙާބީންނާ މެދު ވެސް އޭނާ ވަނީ އަބުރަށް ހުތުރުވާ ފަދަ ވާހަކަތައް ފަތުރާފައެވެ. ގިނަ أهل السنّة ގެ ޢިލްމުވެރިންނަކީ ބިދުޢަވެރިން ކަމަށް އޭނާ ވަނީ އަބުރު ކަތިލާފައެވެ. ހަމަ އެއާއެކު، އޭނާ ވަނީ القطب العارف أبوالحسن الشاذلي، حزب الكبير އަދި حزب البحر މި ދެ ފޮތް ލިޔުއްވީތީ އެ ބޭފުޅާގެ އަގުވައްޓާލާފައެވެ. އަދި ހަމަ އެއާއެކު، އޭނާ ވަނީ، އޭނާ އަކީ ފާފަވެރިއެއް ކަމަށާއި، ބިދުޢަވެރިއެއް ކަމަށް އިއްތިފާޤުން ކަނޑައެޅުއްވި އޭނާގެ ދުވަސްވަރުގެ ޢިލްމުވެރިން ކަމަށް ވާ محي الدّين إبن العربي އާއި، عمر بن الفاضل އާއި، إبن سبعين އާއި الحلاج حسين إبن منصور ފަދަ ޞޫފީ އިސް ޢިލްމުވެރިން ގެ އަގުވައްޓާލުމަށް ހުތުރު އިލްޒާމްތައް އަޅުވާފައެވެ. އަދި ކީއްތޯއެވެ! އޭނާ އަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ބުނެ ބައެއް ޢިލްމުވެރިން ފަތުވާ ވެސް ނެރުއްވާފައި ވެއެވެ. إبن تيمية އަށް ހިޖުރައިން 1305 ގައި ލިޔެފައިވާ ސިޓީއެއް ގައި ވެއެވެ.: 'މޮޅު ޢިލްމުވެރިއެއް ކަމަށާއި، މިއަދުގެ އިމާމެއް ކަމަށް ދެކޭ އޭ މުސްލިމު އަޚާ އެވެ! އަހަރެން الله އަށް ޓަކައި ތިބާ ދެކެ ލޯބިވީމެވެ. ތިބާ އާ ދެކޮޅަށް ވާހަކަދެއްކި ޢިލްމުވެރިންގެ ބަސް ޤަބޫލުނުކޮށް ހުރީމެވެ. އެކަމަކު، ތިބާގެ ލޯބި ޙައްޤުނުވާ ފަދަ ބަސްތައް އަޑުއިވުމުން ޙައިރާންވެއްޖެ އެވެ. ރޭގަނޑު ފެށެނީ އިރު އޮއްސުމުން ކަމަށް ބުއްދިވެރިޔަކު ޝައްކުކުރާނެ ހެއްޔެވެ؟ ތިބާ ބުނީ ތިބާ ވަނީ ތެދުމަގުގައި ކަމަށާއި، ތިބާ ކުރާ ކަމަކީ، الأمر بالمعروف و النهي عن المنكر ކަމަށް ތިބާ ބުނީމު އެވެ. ތިބާގެ މަޤްޞަދާއި، ނިޔަތް ދެނެވޮޑިގެންވާނީ މާތް اللّه އެވެ. އެކަމަކު، މީހަކުގެ އިޚްލާޞްތެރިކަން އެނގޭނީ އެ މީހާގެ ޢަމަލުތަކުންނެވެ. ތިބާގެ ބަސްތަކުގެ ބޭރުގަނޑު، ތިބާގެ ޢަމަލުތަކުން ވަނީ ވީދާލާފައެވެ. އެ ބައެއްގެ ހަވާނަފްސަށް ހެއްލިފައިވާ މީހުންނާއި، ބަހުގެ އިތުބާރު ގެއްލިފައިވާ މީހުންނަށް ހެއްލި، ތިބާ އަގުވައްޓާލީ ހަމައެކަނި ތިބާގެ ދުވަސްވަރު ދުނިޔޭގައި ތިބި މީހުން އެކަންޏެއް ނޫނެވެ. އެކަމަކު، މަރުވެފައިވާ މީހުން ވެސް ކާފިރުން ކަމަށް ބުނެ އަގުވައްޓާލީމު އެވެ. خلف سلف الصالحين އަށް ޙަމަލާދީ ނުފުދިގެން ތިބާ ވަނީ ޞަޙާބީން، ޚާއްޞަކޮށް އެންމެ މަތިވެރި ޞަޙާބީންނަށް ހުތުރު އެއްޗެހި ގޮވާފައެވެ. އެ މަތިވެރި ބޭކަލުން ޤިޔާމަތް ދުވަހު އެބޭކަލުންގެ ޙައްޤުތަކަށް އެދި ޑިމާންޑްކުރުމުން ތިބާ ވާނެ ޙާލަތެއް ހިތަށް ގެނެވޭ ހެއްޔެވެ؟ صالحية ގައި ހުންނަ جامع الجبل ގެ މިންބަރު ގައި ހުރެ ތިބާ ބުނީ عمر بن الخطّاب (رضي الله عنه) ޞައްޙަނޫން ބަޔާންތަކާއި، މުޞީބާތްތައް ކުރިމަތިވި ކަމަށް ބުނީމުއެވެ. އެއީ ކޮން މުޞީބާތްތަކެއް ހެއްޔެވެ؟ އެފަދަ ކިތައް މުޞީބާތްތައް سلف الصّالحين ތިބާ އަށް ރިޕޯޓްކުރި ހެއްޔެވެ؟ علي بن أبي طالب (رضي الله عنه) ތިން ސަތޭކަ އަށް ވުރެ ގިނަ ކުށް ހެއްދެވި ކަމަށް ބުނީމު އެވެ. ޢަލީގެފާނާ މެދު ތިބުނީ ތެދެއް ކަމުގައި ވާ ނަމަ، ތިބާ ތި ބުނީ ތެދެއް ކަމަށް ވާ އެންމެ ޙާލަތެއް ވެސް އައި ހެއްޔެވެ؟ މިހާރު އަހަރެން މި ފަށަނީ ތިބާ އާ ދެކޮޅަށް މަސައްކަތްކުރުމަށެވެ. ތިބާގެ ނުބައިކަމުން މުސްލިމުން ރައްކާތެރިކުރުމަށް އަހަރެން މަސައްކަތްކުރަން ވާނެ އެވެ. އެހެނީ، ތިބާ ވަނީ ނުބައިކަމުގައި ޙައްދުން ނައްޓާފައެވެ. ތިބާގެ އަނިޔާކުރުން ވަނީ ހުރިހާ ދިރިތިބީންނާއި، މަރުވެފައިވާ މީހުންނާ ހަމަޔަށް ފޯރާފައެވެ. އީމާންވާ މީހުން ތިބާގެ ނުބައިކަމުން ދުރުވާން ޖެހެއެވެ'.
إبن تيمية، سلف الصّالحين އާ ޚިޔާލު ތަފާތުވި ކަންތައްތައް، ތިރީގައި ވާ ފަދައިން، تاج الدّين السبكي ލިސްޓުކުރައްވާފަ އެވެ.:
ކައްފާރާ ނުދައްކާހާ ހިނދަހު ވަރިއެއް ނުވާނެ އެވެ. ކައްފާރާ ދައްކަންޖެހޭ ކަމަށް އޭނާގެ ކުރިން އައި އެއްވެސް އިސްލާމީ ޢީލްމުވެރިޔަކު ބުނެފައެއް ނެތެވެ.
ޙައިޟުގައިވާ އަންހެނަކު ވަރިކުރިޔަސް އެ ވަރިއެއް ޞައްޙައެއް ނުވާނެ އެވެ.
ޤަސްދުގައި ނަމާދު ނުކޮށް ދޫކޮށްލިޔަސް، ޤަޟާކުރާކަށް ނުޖެހޭނެ އެވެ.
ޙައިޟުގައިވާ އަންހެނާ އަށް ގެފުޅު ވަށައި ޠަބާފުކުރުން ހުއްދައެވެ. އަދި އޭނާގެ މައްޗަށް ކައްފާރާއެއް ނެތެވެ.
ތިން ފަށް ވަރީގެ ގޮތުގައި ކުރާ ވަރި ވާނީ އެއް ވަރިޔަށެވެ. އެކަމަކު، މިހެން ބުނުމުގެ ކުރިން، އެތައް އަހަރެއް ވަންދެން ތަކުރާރުކޮށް އޭނާ ބުނަމުންދިޔައީމ މުސްލިމު އިޖްމާޢުން އެހެން ނުބުނާ ކަމަށެވެ.
އިސްލާމް ދީނާ ފުށުއަރާ ޓެކްސް، އެ ކަމަށް އެދޭ މީހުންނަށް ޙަލާލެވެ.
ވިޔަފާރިވެރިން އަތުން ޓެކްސް ނެގޭ އިރު، އެއީ ޒަކާތް ކަމަށް ނުނެގުނަސް، ޒަކާތް ކަމަށް ބެލެވޭނެ އެވެ.
މީދާ ފަދަ ޖަނަވާރެއް ފެން އެއްޗެއްގެ ތެރެއަށް މަރުވިޔަސް އެ ފެން ނަޖިހެއް ނުވާނެ އެވެ.
ޖުނުބުވެރިޔަކު ރޭގަނޑު ހިނެއުމަކާ ނުލައި ސުންނަތް ނަމާދު ކުރުމަކީ ހުއްދަ ކަމެކެވެ.
ވަޤުފުކުރާ މިހާ ކަނޑައަޅާ ޝަރުޠުތަކަށް ރިޢާޔަތެއް ނުކުރެވޭނެ އެވެ.
އުއްމަތުގެ އިޖްމާޢާ ޚިލާފުވާ މީހަކު ކާފިރަކަށް ނުވަތަ ފާފަވެރިޔަކަށް ނުވާނެ އެވެ.
الله تعالى އަކީ محل الحوادث އެވެ. އަދި އުފެދިފައިވަނީ އެކުވެފައިވާ ޕާޓިކަލްތަކުންނެވެ.
ކީރިތި ޤުރްއާން އުފެދިފައިވަނީ، الله تعالى ގެ ޒާތުފުޅުގައެވެ.
ޢާލަމް، މާނަ އަކީ، ހުރިހާ މަޚްލޫޤުން ވަނީ އަޒަލުގައެވެ.
الله تعالى އަށް ރަނގަޅު އެއްޗެހި އުފައްދަވަން ޖެހެއެވެ.
الله تعالى ގެ ހަށިކޮޅެއް ހުރެފައި އެކި ފަރާތް ވެއެވެ؛ އެކަލާނގެ ވޮޑިގެންވާ ތަން ބަދަލުކުރައްވަ އެވެ.
އެކަލާނގެ ދާއިމަށް ދެމިވޮޑިގެންނެއް ނުވެއެވެ؛ އެކަލާނގެ ނެތިދާނީ އެންމެ ފަހުންނެވެ.
ނަބީންނާއި ރަސޫލުން ފާފަވެރިވާނެ އެވެ.
ރަސޫލާ محمّد (صلّى اللّه عليه وسلّم)، އެހެން މީހުންނާ ތަފާތެއް ނޫނެވެ. އެކަލޭގެފާނު މެދުވެރިކޮށް ތަވައްސުލުކުރުން ހުއްދައެއް ނޫނެވެ.
ރަސޫލާ محمّد (صلّى اللّه عليه وسلّم) އަށް ޒިޔާރަތްކުރުމުގެ ނިޔަތުގައި މަދީނާ އަށް ޒިޔާރަތްކުރުމަކީ ފާފަވެރިވާނެ ކަމެކެވެ.
ޝަފާޢަތަށް އެދި ދަންނަވަން މަދީނާ އަށް ދިއުމަކީ ޙަރާމް ކަމެކެވެ.
ބަސްކޮށާރަށް ބަލާ އިރު، ތައުރާތާއި އިންޖީލު ތަފާތއެއް ނޫނެވެ. ތަފާތީ މާނަ އެވެ.
"ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މަތީގައިވާ ގިނަ ބަޔާންތަކަކީ އަށް ނިސްބަތްވާ އެއްޗެއް ނޫނެވެ. އެކަމަކު، الله تعالى ގެ އެކި ފަރާތް ވާ ކަމަށާއި، އުފެދިފައިވަނީ އެކުވެފައިވާ ޕާޓިކަލްތަކުން ކަމަށް އޭނާގެ ބުނުމާ އެއްވެސް މީހަކު އިންކާރުކޮށްފައެއް ނެތެވެ. އެހެންނަމަވެސް، އޭނާ އަކީ ޢިލްމާއި، ޖަހާލަތުގައި އަދި ދީނީގޮތުން މުއްސަނދި މީހެއް ވަނީ އިއްތިފާޤުން ކަނޑައެޅިފައެވެ. ފިޤްހާއި، ޢިލްމާއި، އިންޞާފުވެރިކަމާއި، ލޮޖިކް ހުންނަ މީހަކު ނަމަ، ކަމެއް ފާހަގަކޮށް އެކަމަކާ މެދު ގޮތެއް ނިންމަންވާނީ ބުއްދިވެރިކަމާ އެކުގައެވެ. ޚާއްޞަގޮތެއްގައި، މުސްލިމަކު ދީނުންބޭރުވުން ނުވަތަ މުރުތައްދުވުމާ ނުވަތަ ބިދުޢަވެރިވުމާ މެދު ނުވަތަ މަރަންޖެހޭ މީހެއް ކަމަށް ގޮތެއް ނިންމުމަށް ވަރަށް ކަވިކޮށް އަދި ހުރިހާ ޙަޤީޤަތްތަކަށް ބަލަންޖެހޭނެ އެވެ".
މި ފަހަކަށް އައިސް إبن تيمية ކޮޕީކުރުމަކީ، ފެޝަނަބަލް ކަމަށް ވެގެންގޮސްފައި ވެއެވެ. އެފަދަ މީހުން ދަނީ އޭނގެ ބިދުޢަވެރި ލިޔުންތައް ދިފޢުކޮށް، އޭނާގެ ފޮތްތައް، ވަކިން ޚާއްޞަކޮށް الواسطة އަލުން ޝާއިޢުކުރަމުންނެވެ. ފެށިގެން ނިމުމަ ހަމަޔަށް، އެ ފޮތުގައި އެއްކޮށް ހުރީ އޭނާ ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘާއި، މުސްލިމު ދަންނަބޭކަލުންގެ އިޖްމާޢާ ޚިލާފުވާ ކަމަށް ހުރި ޚިޔާލުތަކެވެ. އެ ފޮތުން ވަރަށް ބޮޑު ފިތުނަޔަކާއި، ކިޔުންތެރިންގެ މެދުގައި ބައިބައިވުން އުފައްދައެވެ. އަދި އަޚުންގެ މެދުގައި ޢަދާވާތްތެރިކަން އުފެދުމަށް މެދުވެރިކުރުވައެވެ. އިންޑިޔާގެ ވައްހާބީންނާއި، އެހެން ޤައުމުތަކުގައި އެ މީހުންގެ ދަންތުރަތަކުގައި ޖެހިފައިތިބި ޖާހިލު ދީނީ މީހުން ވަނީ إبن تيمية އަކީ އެ މީހުންގެ ރާއިދެއް އަދި އިމާމެއް ކަމަށް ބަލައިގެން، المجتهد الأكبر އަދި شيخ الإسلام ފަދަ ނަންތައް އޭނާޔަށް ދީފައެވެ. އެ މީހުން އޭނާގެ ބިދުޢަވެރި ފިކުރުތަކާއި، ފާސިދު ލިޔުންތައް ބލައިގަނެއެވެ. މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދައި، އިސްލާމް ދީން އެތެރެއިން ޚަރާބުކޮށްލާ މި ބިރުވެރި އޮއިވަރު ހުއްޓުވުމަށް ޓަކައި، އެ ބިދުޢަވެރިންގެ ވާހަކަތަކަށް ހެއްކާ އެކު ރައްދުދީފައިވާ أهل السنّة ގެ ޢިލްމުވެރިން ލިޔުއްވާފައިވާ އަގުހުރި ފޮތްތައް ކިޔަންވާނެ އެވެ. މިފަދަ ފޮތްތަކުގެ ތެރޭގައި، تقي الدّين أبي الحسن السبكي ލިޔުއްވާފައިވާ شفاء السقام في زيارة خير الأنام މި ފޮތުގައި إبن تيمية ގެ ބިދުޢަވެރި ޚިޔާލުތަކުގެ ބާޠިލުކަން ސާބިތުކޮށްދީ، އޭނާގެ ބައިގަނޑަށް ނިމުމެއް ގެނެސް، އޭނާގެ ގޮތްދޫނުކުރުން ބޭޒާރުކުރެއެވެ. މި ފޮތުން އޭނާގެ ޝައިޠާނީ ނިޔަތާއި، ބާޠިލު ފިކުރުތައް ފެތުރުން ހުއްޓުވައެވެ.