ޞޫފީންނާ ބެހޭ ބަސްތައް އެންމެ ރަނގަޅަށް ދަސްކުރެވޭނީ، أحمد الفاروقي السرهندي ލިޔުއްވާފައިވާ مكتوبات އިންނެވެ.
أدلّة الشرعيّة: އިސްލާމް ދީނުގެ ހަތަރު މަޞްދަރު: القرآن الكريم، ކީރިތި ރަސޫލާގެ حديث، جماع الأمة، އަދި قياس الفقهاء (ދަންނަބޭކަލުންގެ ޤިޔާސް).
أهل: މީހުން؛ أهل البيت، ކީރިތި ރަސޫލާގެ އެންމެ ތިމާގެ ޢާއިލީ މެމްބަރުން: (ގިނަ އިސްލާމީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި) علي (ދެބޭންގެ ދެދަރި އަދި ދަނބި ދަރިފުޅު)، فاطمة (އަންހެން ދަރިފުޅު)، حسن އަދި حسين (ކާފަ ދަރިން)؛ أهل السنّة والجماعة.
أئمّة المذاهب: މަޒްހަބުތަކުގެ އިމާމުން.
الله: الله أكبر، الله تعالى، ހުރިހާ ވައްތަރެއްގެ މަތިވެރިކަމެއްގެ ވެރި الله
آمين: (الله تعالى އަށް) "އަޅާގެ ދުޢާ އިޖާބަކުރައްވާދޭވެ".
أمر بالمعروف (والنهي عن المنكر): الله تعالى ގެ އަމުރުފުޅުތައް އުނގަންނައިދިނުމުގެ ވާޖިބު (އަދި އެހެން މީހުން އެކަލާނގެ ނަހީކުރެއްވި ކަންތައް ކުރުމުން ދުރުކުރުން ނުވަތަ ހުއްޓުވުން).
أنصار: މައްކާ ފަތަޙަކުރެއްވުމުގެ ކުރިން އިސްލާމްވީ މަދީނާގެ މީހުން.
عقيدة: ޤަބޫލުކުރާ ދީން، އީމާންވާ ކަންތައްތައް، އީމާންކަމުގެ ރުކުންތައް،
عرفات: މައްކާގެ އުތުރުން 24 ކިލޯމީޓަރ ދުރުގައި އޮންނަ ހުސް ބިން.
عارف: معرفة އިން އެނގެން ހުރި އެއްޗެއް އެނގޭ عالم. معرفة ބަލާ.
عرش: ހަތް އުޑާ ސަރަޙައްދީ ގޮތުން ގުޅިފައިވާ މާއްދާ ނިމޭ ހިސާބު އަދި ހަތް އުޑުން ބޭރު ގައި އަދި عرش ތެރޭގައިވާ كرسي.
أصحاب الكهف: ދީން ޤަބޫލުނުކުރާ މީހުން އެ މީހުންގެ ރަށް ހިފުމުން، އެހެން ތަނަކަށް ހިޖުރަކުރި މަތިވެރި ދަރަޖަ ލިބުނު (ތާސޫސް ގައިވާ ހޮހަޅައެއްގައި) ތިބި ހަތް މުއުމިނުން.
بسملة: ޢަރަބި ޖުމްލަ بسم الله الرّحمن الرّحيم (رحمن ވަންތަ رحيم ވަންތަ الله ގެ إسم ފުޅުން ފަށައިގަންނަމެވެ.)
باطني: ބިދުޢަވެރި باطنية އަށް ތަބާވާ މީހާ.
فضيلة - وسيلة: ސުވަރުގޭގެ އެންމެ މަތިވެރި ދެ ދަރަޖަ.
فقيه: (ގިނަ ނަން. فقهاء) ފިޤްހު ޢިލްމުގެ މޮޅު ޢިލްމުވެރިޔާ؛ فقهاء السبعة.
فرض: القرآن الكريم ގައި الله تعالى އަމުރުފުޅުކުރައްވާފައިވާ (ޢަމަލު، ސުލޫކު، ބަސް).
فتوى: i) (مجتهد އެއްގެ) إجتهاد. ii) (مفتي އަކު) فقه ފޮތްތަކުން އޭގައި ހިމަނާފައި ނެތް ކަމަކީ، ހުއްދަ ކަމެއް ތޯ، ނުވަތަ ނޫން ތޯ ނިންމާ ނިންމުން؛
فقه: މުސްލިމުން ކުރަންވީ ކަންތައްތަކާއި، ނުކުރަންވީ ކަންތައްތައް އަންގައިދޭ ޢިލްމު؛ عبادات، عمل.
فتنة: މުސްލިމުންނާއި، އިސްލާމް ދީނަށް ގެއްލުންވާ ފަދަ ވާހަކަތައް ފެތުރުން.
غسل: فقه ގައި ވާ ގޮތަށް ފެންވެރުން.
حديث (شريف): i) ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅުތައް؛ الحديث الشريف، ހުރިހާ ޙަދީޘެއް؛ ii) ޙަދީޘް ޢިލްމު ނުވަތަ ޙަދީޘް ފޮތްތައް؛ حديث صحيح، ފުރިހަމަޔަށް ރިވާކުރެވިގެން، ޙަދީޘް ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކަށް ފެތޭ ތެދު ޙަދީޘް.
حضرة: ނަބީންނާއި ރަސޫލުންނާއި، އިސްލާމީ ޢިލްމުވެރިންގެ ނަމުގެ ކުރީގައި ބޭނުންކުރެވޭ ލަޤަބު.
حلال: އިސްލާމް ދީނުގައި ހުއްދަކުރެވިފައިވާ (ޢަމަލެއް، ކަމެއް).
حنفي: أبو حنيفة ތައުސީސްކުރެއްވި مذهب (ގެ މެބަރެއް).
حنبلي: إمام أحمد بن حنبل ތައުސީސްކުރެއްވި مذهب (ގެ މެބަރެއް).
حرام: އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ (ޢަމަލެއް، ކަމެއް).
حجار: ޢެރޭބިއަން ޕެނިންސިއުލާ ގައި ރަތް ކަނޑުގެ އައްސޭރީގައި މައްކާ އާއި، މަދީނާ އޮންނަ ސަރަޙައްދު.
إجازة: އެ ޙާޞިލުކޮށްފައިވާ މީހަކު އިސްލާމީ ޢިލްމުގައި އުންގެނިފައިވާ ކަން އަންގައިދޭ ސަނަދު.
إجماع (الأمة، المسلمين): ކަމަކާ މެދު شهبة الكرام އަދި تابعوت އިއްތިފާޤުން ނިންމާ ނިންމުން؛ އެފަދަ އެންމެން އެއްބަސްވާ އެއްބަސްވުން.
إجتهاد: އާޔަތެއް ގައި ފޮރުވިފައިވާ މާނަ ފަހުމްކޮށްގަތުމަށް ޓަކައި މަސައްކަތްކޮށް (مجتهد އަކު ނެރޭ މާނަ ނުވަތަ ނިންމުން).
إباحيين: ޙަރާމް ކަމެއް ކަމުގައިވާ މުސްލިމުން ޤަތުލުކޮށް ނުވަތަ ހައްޔަރުކުރުމަކީ ޙަލާލު ކަމެއް ކަމަށް ބުނާ ވައްހާބީން ފަދަ މީހުން.
إخلاص: ހަމައެކަނި الله تعالى އަށް ޓަކައި ހުރިހާ ކަމެއް ކުރުން.
علم: ޢިލްމު (ގެ ގޮފި)؛ ޢިލްމު؛ علم الحال: ކޮންމެ މުސްލިމަކު އުނގެނެންޖެހޭނެ ކަމަށް އަމުރުކުރެވިފައިވާ (މަޒްހަބެއް ގެ) އިސްލާމީ ތަޢުލީމު (ގެ ފޮތްތައް)؛ : علم الكلام: އީމާންކަމުގެ ޢިލްމު؛ العلم اللدنّي: ވަލީވެރިންގެ ހިތްތަކަށް މާތް الله އިލްހާމްކުރައްވާފައިވާ ޢިލްމު.
إمام: i) މޮޅު ޢިލްމުވެރިޔާ؛ މަޒްހަބެއްގެ މުއައްސިސް (إمام المذهب، مجتهد إمام)، الإمام الأعظم، ii) ނަމާދުގެ ލީޑަރ؛ iii) ޚަލީފާ.
إن شاء الله: "މާތް الله ބޭނުންވެވޮޑިގެން ވާ ނަމަ".
إستغفار: ފާފަ ފުއްސަވައިދެއްވުމަށް މާތް الله އަށް އެދި ދެންނެވުން.
جلالة: މަތިވެރިކަން.
جماعة: މުޖްތަމަޢު؛ (އިމާމު ފިޔަވައި) މިސްކިތެއް ގައި ތިބޭ މުސްލިމުންގެ ބައެއް؛ ޔުނިއަން؛ ޖަމާޢަތުގައި ކުރެވޭ ނަމާދު.
جنب: غسل ކުރަންޖެހޭ މުސްލިމުގެ ޙާލަތު.
كعبة: މައްކާ ގައި ވާ مسجد الحرام ގެ މެދުގައި ވާ ބޮޑު ބިނާ.
كلمة: ލަފްޒު ނުވަތަ ބަޔާން.
كرامة: (ޖަމްޢު: كرامات) ވަލީވެރިއެއް މެދުވެރިކުރައްވައި، މާތް ދެއްވާ މުޢުޖިޒާތް.
كريم: ދީލަތި.
خطبة: ހުކުރު ނަމާދުގެ ކުރިން، އަދި އިސްލާމީ މުނާސަބަތުތަކުގައި މިމްބަރު ގައި އިމާމު ޢަރަބި ބަހުން ދޭ ވަޢުޡު (އެހެން ބަހަކުން ޚުޠުބާ ކިޔުމަކީ ފާފަވެރިވާނެ ކަމެއް).
كرسي: عرش ބައްލަވާ.
مدينة المنوّرة: ޒީނަތްތެރިކުރެވިގެންވާ މަދީނާ ސިޓީ.
محشر: އެންމެ ފަހުގެ އިންޞާފު.
مكة المكرّمة: ޝަރަފުވެރިވެގެންވާ މައްކާ ސިޓީ.
حلال: ކީރިތި ރަސޫލާ ނުރުއްސަވާ އަދި ނުކޮށް ދޫކުރައްވާފައިވާ ނުރަނގަޅު (ޢަމަލެއް، ކަމެއް).
مالكي: إمام مالك ތައުސީސްކުރެއްވި مذهب (ގެ މެބަރެއް).
مندب: ކޮށްފި ނަމަ ޘަވާބު ލިބޭ، އެކަމަކު ނުކޮށްފި ނަމަ ފާފަނުލިބޭ އަދި ނުރުހިއްޖެ ނަމަ ކުފުރުނުވާ (ޢަމަލެއް، ކަމެއް)؛ އަދަބު، مستحب.
معرفة: ވަލީވެރިންގެ ހިތްތަކަށް މާތް ގެ ޒާތުފުޅާއި، ޞިފަފުޅުތަކާ ބެހޭ ގޮތުން އިލްހާމްކުރައްވާފައިވާ ޢިލްމު.
ميلادي: ކްރިސްޓިއަން ޒަމާނުގެ؛ ގްރެގޯރިއަން ކަލަންޑަރ ގެ.
ميلادي: އެތަނުގައި ޚުޠުބާ ކިޔާ މިސްކިތުގައި ހުންނަ ހަރުގަޑަކުން އަރާ އުސް ޕްލެޓްފޯމް.
معاملات: فقه ގެ ބާވަތެއް.
مباح: އަމުރު ވެސް އަދި ނަހީ ވެސް ކުރައްވާފައި ނުވާ (ޢަމަލެއް، ކަމެއް)؛ ހުއްދަކުރެވިފައިވާ.
مدرّس: މަދަރުސާ (އިސްލާމީ ސްކޫލް ނުވަތަ ޔުނިވަރސިޓީ) ގެ އުސްތާޒު.
مفسّر: ތަފްސީރު ގެ ތަޖްރިބާކާރު ޢިލްމުވެރިޔާ.
مفتي: ފަތުވާ ނެރުމުގެ ހުއްދަލިބިފައިވާ މޮޅު ޢިލްމުވެރިޔާ.
مهاجرون: މައްކާ ފަތަޙަކުރެއްވުމުގެ ކުރިން އިސްލާމްވެ، މަދީނާ އަށް ހިޖުރަކުރި މައްކާ މީހުން.
معجزة: ނަބީއެއް ނުވަތަ ރަސޫލެއް މެދުވެރިކޮށް الله تعالى ފޮނުއްވި ޢަޖައިބުކުރުވަނިވި ކަމެއް.
مجتهد: إجتهاد ކުރުމުގެ ޤާބިލުކަން ލިބިފައިވާ މޮޅު ޢާލިމް؛ مجتهد إمام، مجتهد مفتي.
منافق: މުސްލިމެއްގެ ކަމަށް ހެދިގެންހުންނަ އިސްލާމް ދީން ޤަބޫލުނުކުރާ މީހާ؛ ދެފުށްކެހެރި.
مرشد: މަގުދައްކާ މީހާ، އިރުޝާދުދޭ މީހާ.
متشبّه: ފަހުމްވާން އުނދަގޫ، ފޮރުވިފައިވާ މާނަ (ހިމެނޭ އާޔަތެއް ނުވަތަ ޙަދީޘެއް)؛ متشبّهات.
مشبّهة: الله تعالى އަކީ މާއްދީ ވުޖޫދުވުމެއް ކަމަށް އީމާންވާ މީހުން.
نجس: ދީނީ ގޮތުން ޠާހިރުނޫން އެއްޗެއް.
نفس: މީހާގެ ކިބައިގައި ވާ ދީނީ ގޮތުން ގެއްލުންދޭން ބޭނުންވާ ބާރެއް.
نص: އާޔަތެއް ނުވަތަ ޙަދީޘެއް (ގެ ޢާއްމު ނަން).
قضاء: އަޅުކަމެއް، އެ އަޅުކަމަކަށް ކަނޑައެޅިފައިވާ ވަގުތު ގައި އަދާނުކުރެވި، އެ އަޅުކަމަކަށް ކަނޑައެޅިފައިވާ ވަގުތުގެ ފަހުން އަދާކުރުން.
قبلة: އަޅުކަން ކުރާ އިރު އެނބުރިގެން ހުންނަ ފަރާތް (އިސްލާމް ދީނުގައި كعبة އާ ދިމާ).
قياس (الفقهاء): އެއްގޮތްކުރުން؛ نص އަދި إجماع އިން ސާފުކޮށް ބަޔާންކުރައްވާފައި ނުވާ ކަމެއް، ސާފުކޮށް ބަޔާންކުރައްވާފައިވާ ކަމަކާ އެއްގޮތްކުރުން ނުވަތަ އަޅާކިޔައިގެން (مجتهد އަކު ނިންމާ ނިންމުން)؛ إجتهاد (ގެ ސްޓައިލެއް).
قطب العارفين: އެންމެ މަތީ ދަރަޖައިގެ ވަލީވެރިޔެއް.
ربّ: الله تعالى، خالق އަދި ހައްދަވައިގެންގުޅުއްވާ ފަރާތް.
رمضان: މުސްލިމު ކަލަންޑަރުގެ ޙުރުމަތްތެރިވެގެންވާ މަސް.
رسول: (ޖަމްޢު: رُسل)، ރަސޫލާ، ނަބީ؛ (رسول الله)، محمّد، الله تعالى ގެ ރަސޫލާ.
صحابة: ނަބީއެއް ނުވަތަ ރަސޫލަކަށް އީމާންވެ ފެނުނު މުޖްތަމަޢު؛ الله ގެ ރަސޫލާ އާ އެކީ އުޅުއްވި الصحابة الكرام.
سلام: i) މަރުޙަބާކިޔުން، އަމާން، ހެޔޮއެދުން؛ ii) ނަމާދު ނިމޭ އިރު ކިޔާ "السّلام عليكم و رحمة الله" މި ޢިބާރާތް.
صالح: (ޖަމްޢު: صُلحاء)، ދީންވެރި އަދި ފާފަތަކާ ދުރު މީހާ.
شافعي: الإمام الشافعي ތައުސީސްކުރެއްވި مذهب (ގެ މެބަރެއް).
شيخ الإسلام: އިސްލާމީ ކަންތައްތަކާ ބެހޭ އޮފީހުގެ ވެރިޔާ.
صدّيق: ކިރިތި ރަސޫލާ އަށް ދީނީގޮތުން ވަފާތެރި މީހާ؛ އެންމެ މަތީ ދަރަޖައިގެ ވަލީވެރިޔާ.
صوفي: متصوّف، تصوّف ގެ ތަމްރީނު ލިބި ސޫފީއެއް ގެ ލެވެލަށް ގޮސްފައިވާ މީހާ.
صُحبة: އެކީގައި އުޅުން؛ ނަބީއެއް ނުވަތަ ރަސޫލެއް ނުވަތަ ވަލީއެއްގެ އަރިހުގައި އެކީގައި އުޅުން.
صُلحاء: ގެ ޖަމްޢު.
سُنّة: الله تعالى އަމުރުކުރައްވާފައިވާ ނުވާ އަދި ކީރިތި ރަސޫލާ އަޅުކަމެއް ގޮތުން ރުއްސަވައިގެން ކުރައްވާފައިވާ (ޢަމަލެއް، ކަމެއް) (ކޮންފި ނަމަ ޘަވާބު ލިބޭ، އެކަމަކު ނުކޮށްފި ނަމަ ޢަޒާބު ނުލިބޭ، އެހެންނަމަވެސް، އަބަދު ނުކޮށް ނުކުރާ ނަމަ، އަދި ޤަބޫލުނުކުރާ ނަމަ ފާފަވެރިވޭ)؛ : i) (ފަރްޟާ އެކު) ޖުމްލަގޮތެއް ގައި ހުރިހާ ސުންނަތެއް؛ ii) (ކީރިތި ޤުރްއާނާ އެކު) حديث الشريف؛ ii) فقه، އިސްލާމް.
سورة: ކިރިތި ޤުރްއާނުގެ ބާބެއް.
تقوى: الله تعالى އަށް ބިރުވެތިވުން؛ ޙަރާމް ކަންތައްތަކުން ދުރުވުން.
تصوُّف: ޢިލްމު އަދި (މީހަކު ފިޤްހު ގައި ވާ ގޮތަށް ޢަމަލުކުރުމަށް ފަހު)، އީމާންކަން ވަރުގަދަކޮށްދޭ ކީރިތި ރަސޫލާ ގެ ސުންނަތާ އެއްގޮތަށް އުޅުމަކީ، ފިޤްހުގައިވާ ގޮތަށް ޢަމަލުކުރުމަށް ފަސޭހަވެފައި، މީހާ އަށް ލިބޭ ކަމެއް.
طواف: ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާގައި ހުންނަ ގެފުޅުގެ ވަށައިގެން ހިނގުމުގެ އަޅުކަން.
توبة: ކަމެއް ކުރެވުނީތީ ދެރަވުން؛ ތައުބާ ވުން: ކުރެވުނު ފާފަތަކާ މެދު الله تعالى އަށް އާދޭސް ދަންނަވައި، ފާފަތައް ދެން ނުކުރުމަށް الله تعالى އަށް ވަޢުދުވުން.
ثواب: الله تعالى ރުއްސަވާ ކަންތައްތައް ޢަމަލާއި ބަހުން ކުރުމުގެ ޖަޒާއެއްގެ ގޮތުން ވަޢުދުކުރައްވާފައިވާ ޤިޔާމަތް ދުވަހު ދެއްވާނެ ދަރުމަ.
عُلماء: عالِم ގެ ޖަމްޢު.
أُمّة: ނަބީއަކަށް ނުވަތަ ރަސޫލަކަށް އީމާންވި މީހުން؛ އުއްމަތް؛ މުސްލިމު އުއްމަތް.
وحي: ނަބީންނާއި، ރަސޫލުންނަށް الله تعالى ބާވާލައްވާ ޢިލްމު.
عُلماء: ކީރިތި ރަސޫލާ ދޫކުރައްވާފައިނުވާ ކަމަކަށް ވުމާ އެކު، ގާތްގަޑަކަށް فرض އާ އެއްވަރަށް ކުރުން މަޖްބޫރު އަދި ނުކޮށް ދޫކޮށްނުލެވޭނެ (ޢަމަލެއް، ކަމެއް)؛ الواجب، واجب الوجود: އެއެއްޗެއް ވުޖޫދުވުމާ މެދު އެއްވެސް ސުވާލެއް ނެތް އަދި ވުޖޫދުނުވުން މުސްތަޙީލު.
ولي: (ޖަމްޢު: أولياء) الله تعالى ލޯބިވެވޮޑިގަންނަވާ އަދި ރައްކާތެރިކުރައްވާފައިވާ މީހާ.
عُلماء: ولي އަކަށް ވުމުގެ ޙާލަތު.
زُهد: ދުނިޔެވީ ކަންތައްތަކަށް މީހާގެ ހިތް ނުލެންބުން؛ މުބާޙު (ހުއްދަ) ކުރައްވާފައިވާ ކަންތައްތަކުން ވެސް ދުރުވެގަތުން.