ޙަޤީޤަތު ކިތާބެވި ޕަބްލިކޭޝަންސް ގެ ޕަބްލިޝަރ حسين حلمي އިސިކް، ’رحمة اللّه عليه‘ އުފަންވެ ވަޑައިގަތީ ގައި އިސްތަންބޫލުގެ އައްޔޫބު ސުލްޠާން ގައި 1329ހ. (1911މ.) ގައެވެ.
އޭނާ ޝާއިޢުކުރެއްވި ސަތޭކަ ސާޅީސް ފޮތުގެ ތެރެއިން ފަސްދޮޅަސް ފޮތަކީ، ޢަރަބި ބަހުން ލިޔެފައިވާ ފޮތްތަކެވެ. ފަންސަވީސް ފޮތަކީ، ފާރިސީ ބަހުން ލިޔެފައިވާ ފޮތްތަކެވެ. ސާދަ ފޮތަކީ ތުރުކީ ބަހުން ލިޔެފައިވާ ފޮތްތަކެވެ. ދެން ބާކީ ހުރި ފޮތްތައް ލިޔެފައިވަނީ، ފަރަންސޭސި ބަހުންނާއި، ޖަރުމަނު ބަހުންނާއި، އިނގިރޭސި ބަހުންނާއި، ރަޝިޔާ ބަހުންނާއި، އެހެން ބަސްބަހުންނެވެ.
حسين حلمي އިސިކް (رحمة اللّه عليه) (ފާހަގަކުރެވޭ އިސްލާމީ ޢިލްމުވެރިއެއް ކަމުގައިވާ ސޫފީ ރިވެތި އަޚްލާޤުގެ ވެރި، ދަރިވަރުންނަށް ފުރިހަމައަށް ތަޞައްރަފު ފުދިގެންވާ ގޮތަކަށް އިރުޝާދު ދެވޭ ފަދަ، މަތިވެރިކަމާއި ޙިކްމަތުގެ ވެރި ސައްޔިދު ޢަބްދުލްޙަކީމް ޢަރްވާސީ، (رحمة اللّه عليه) ގެ އަރިހުން އިރުޝާދު ލިބިފައިވާ ) އަކީ، އުފާވެރިކަން ހޯދުމުގެ އިރުޝާދު ދެއްވުމުގެ ޤާބިލުކަން ހުރި މޮޅު، ފާހަގަކުރެވޭ އިސްލާމީ ޢިލްމުވެރިއެކެވެ. އޭނާ އަވަހާރަވީ 25 އޮކްޓޯބަރ 2001 (8 ޝަޢުބާން 1422) އާ 26 އޮކްޓޯބަރ 2001 (9 ޝަޢުބާން 1422) އާ ދެމެދު ގެ ރޭގަނޑު ގެ ވަގުތެއްގައެވެ.