އެކަލާނގެ ފިޔަވައި އެހެން ހުރިހާ އެއްޗެއް ނެތިފަނާވާނެއެވެ.
އަހަރެމެންގެ ވަށައިގެންވާ ތަކެތި ހުންނަކަން އަހަރެމެންނަށް ރޭކާލަނީ އަހަރެމެންގެ ޙިއްސުތަކާ ގުޅިފައިވާ ގުނަވަންތަކުންނެވެ. އަހަރެމެންގެ ޙިއްސީ ގުނަވަންތަކުން އަސަރުކުރުވާ އެއްޗިއްސަށް ކިޔެނީ وجود ނުވަތަ މަޚްލޫޤުތަކެވެ. މަޚްލޫޤާތުތަކުން އަހަރެމެންގެ ފަސް ޙިއްސަށް ކުރާ އަސަރަށް ކިޔެނީ ޚާއްޞިއްޔަތު ނުވަތަ ސިފަތަކެވެ. އެކި މަޚްލޫޤާތުތައް އެއްބަޔަކު އަނެއް ބަޔަކާ ދެމެދު ވަކިކޮށް ދެނެގަންނަނީ ޚާއްޞަ ސިފަތަކުންނެވެ. އައްޔާއި، އަޑާއި، ފެނާއި، ވަޔާއި، ބިއްލޫރި އާ މި ހުރިހާ މާއްދާ އަކީ ކާއިނެކެވެ. ބަރުދަނާއި، ބޮޑުމިނެއް ނުވަތަ ފަޟާގައި ޖާގައެއް ނަގާ ކާއިނާތަށް ކިޔެނީ جوهر (matter) ނުވަތަ މާއްދާ އެވެ. މާއްދާތައް އެކަތި އަނެކައްޗާ ވަކިކޮށް ދެނެގަންނަނީ އޭގެ ސިފަތަކާއި، ޚާއްޞިއްޔަތުންނެވެ. މިސާލަކަށް ދަންނަވާ ނަމަ، ވަޔާއި، ފެނާއި، ހިލަޔާއި، ބިއްލޫރި އާ މިއިން ކޮންމެ އެއްޗަކީ މާއްދާއެކެވެ. އަލިކަމާއި، އަޑަކީ މާއްދާއެއް ނޫނެވެ. އެހެނީ، އެއީ ޖާގައެއް ނަގާ އަދި ބަރުދަނެއް ހުންނަ އެއްޗިއްސަށް ނުވާތީ އެވެ. ކޮންމެ ކާއިނަކީ ވެސް ހަކަތަ ހިމެނޭ މާނަ އަކީ ބާރެއް ނުވަތަ ކަމެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. ކޮންމެ ކާއިނެއް ހުންނަނީ ހަރުކޮށް ހުންނަ ނުވަތަ ދިޔާކޮށް ހުންނަ ނުވަތަ ގޭސްހެން، މި ތިން ގޮތުން ކުރެ ގޮތަކަށެވެ. ހަރުކޮށް ހުންނަ މާއްދާތަކުގައި ވަކި ބައްޓަމެއް ހުންނާނެ އެވެ، އަދި ދިޔާ އަދި ގޭހުން ހުންނަ މާއްދާތަކަށް އެނގިގެންވާ ވަކި ޚާއްޞަ ބައްޓަމެއް ނުހުރެއެވެ. އެހެނީ، މި މާއްދާތަކުން ނަގަނީ އެ އެއްޗެއް ހުންނަ އެއްޗެއްގެ ބައްޓަމެވެ. ބައްޓަމަކާ އެކު ހުންނަ މާއްދާ އަށް ކިޔޭ ނަމަކީ ހަށިގަނޑެވެ. މާއްދާތައް އަބަދުވެސް ހުންނަނީ ހަށިގަނޑުގެ ބައްޓަމަށެވެ. މިސާލަކަށް ދަންނަވާ ނަމަ، ތަޅުދަނޑި އާއި، ޕިނާއި، ޓުވިޒަރ އާއި، އުދެއްޔާއި، މުހޮރަކީ، ތަފާތު އެކި ބައްޓަން ހުންނަ އެއްޗިއްސެވެ. އެކަމަކު، އެއިން ކޮންމެ އެއްޗެއް ވެސް ހެދިފައިވަނީ ދަނޑު މާއްދާއިންނެވެ. ދެ ވައްތަރެއްގެ ޖިސްމުތައް ވެއެވެ. އެއީ: ވަކިވަކިން ހުންނަ ޖައުހަރުތަކާއި [elements] އަދި [compound] އެވެ.
ކޮންމެ ޖިސްމަކަށް އަބަދު ވެސް ބަދަލުތަކެއް އާދެއެވެ. މިސާލެއްގެ ގޮތުން ދަންނަވާ ނަމަ، ޙަރަކާތްކޮށް ހުންނަ ތަން ބަދަލުވެ، ނުވަތަ ބޮޑުވެ ނުވަތަ ކުޑަވެއެވެ. އޭގެ ކުލަ ބަދަލުވެދާނެ އެވެ. ދިރިހުރި ޖިސްމެއް ނަމަ، ބަލިވެ ނުވަތަ މަރުވެދާނެ އެވެ. މި ބަދަލުތަކަށް ކިޔެނީ ޙާދިސާ އެވެ. ބޭރުގެ އަސަރަކާ ނުލައި މާއްދާ އަކަށް ބަދަލެއް ނާދެއެވެ. ޙާދިސާގެ ސަބަބުން މާއްދާގެ އެކުލެވުމަށް ބަދަލުނައިސް އޭގެ އަޞްލު ބަދަލުނުވާ ކަމުގައި ވާ ނަމަ، ކިޔެނީ ޖިސްމާނީ ޙާދިސާ [physical event] އެވެ. ކަރުދާސްކޮޅެއް ވީދާލުމަކީ، ޖިސްމާނީ ޙާދިސާ [physical event] އެކެވެ. މާއްދާއެއް ގައި ޖިސްމާނީ ޙާދިސާ [physical event] އެއް ހިނގުމަށް ޓަކައި ބޭރުގެ ބާރެއްގެ އަސަރުކުރަން ޖެހެއެވެ. ޖިސްމުތަކުގެ އެކުލެވުން ނުވަތަ ބަދަލުކޮށް ނުވަތަ މާއްދާގެ އަޞްލު ބަދަލުކުރާ ޙާދިސާތަކަށް ކިޔޭ ނަމަކީ، ކެމިކަލް ހާދިސާ [chemical event] އެވެ. ކަރުދާސްކޮޅެއް އަނދައި އަޅިއަށް ވުމުން، އެއީ ހިނގާ ކެމިކަލް ހާދިސާ އެކެވެ. ކެމިކަލް ހާދިސާ މާއްދާއެއް ގައި ހިނގުމަށް ޓަކައި، އެ މާއްދާއަކަށް އެހެން މާއްދާއެއްގެ އަސަރުކުރަންޖެހެއެވެ. ދެ މާއްދާ ނުވަތަ އެއަށް ވުރެ ގިނަ މާއްދާތައް އެކުވެގެން އެއިން ކޮންމެ އެއްޗެއް ގައި ކެމިކަލް ހާދިސާއެއް ހިނގާ ހިނގުމަށް ކިޔޭ ނަމަކީ ކެމިކަލް ރިއެކްޝަން [chemical reaction] އެވެ.
އެކި މާއްދާތަކުގެ މެދުގައި ހިނގާ ކެމިކަލް ރިއެކްޝަން ހިނގުމަށް މެދުވެރިވަނީ، (ކެމިކަލް ބަދަލުއައުމުގައި ހިމެނޭ) އޭގެ އެންމެ ކުދި ބައިތައް ކަމުގައިވާ އެޓޮމްތަކުގެ މެދުގައެވެ. ކޮންމެ ޖިސްމެއް ވެސް ވަނީ ވަކިވަކި ޒައްރާތަކުން ނުވަތަ އެއްކޮށް ހުންނަ ޒައްރާތަކުންނެވެ. އެޓޮމްތައް އެކުލެވިގެންވާ ގޮތް (ސްޓްރަކްޗަރ) އެއްގޮތް ވިޔަސް، އޭގެ ސައިޒާއި، ބަރުދަން ތަފާތެވެ. އެހެންކަމުން، ސަތޭކަ އަށާރަ ވައްތަރެއްގެ އެޓޮމް ނުވަތަ ޒައްރާ މިއަދު އަހަރެމެންނަށް އެނގެއެވެ. އެންމެ ބޮޑު ޒައްރާ ވެސް އެންމެ ބާރުދަގަ މައިކްރޮސްކޯޕުން ނުފެންނަހާ ކުޑައެވެ. އެއްވައްތަރުގެ ޒައްރާތައް އެއްވެގެން އުފެދެނީ އެލެމެންޓް ނުވަތަ جوهر އެވެ. ސަތޭކަ އަށާރަ ވައްތަރުގެ ޒައްރާ ހުންނަ އިރު، ސަތޭކަ އަށާރަ جوهر ވެސް ވެއެވެ. ދަނގަޑާއި، ސަލްފަރ އާއި، މާކަރީ އާއި، އޮކްސިޖަންއާއި، ކާބަން އާ މިއިން ކޮންމެ ވައްތަރަކީ އެލެމެންޓް ނުވަތަ جوهر އެވެ. ތަފާތު ޒައްރާތައް އެކުވެގެން އުފެދެނީ ކޮމްޕައުންޑް އެވެ. އެތަކެއް ލައްކަ ކޮމްޕައުންޑް ވެއެވެ. ފެނާއި، އަލްކަހޯލާއި، ލޮނާއި، ލައިމް އަކީ ކޮމްޕައުންޑް އެވެ. ކޮމްޕައުންޑް އުފެދެނީ، ދޭއް ނުވަތަ އެއަށް ވުރެ ގިނަ ނުވަތަ ޒައްރާތައް އެކުވެގެންނެވެ.
ފަރުބަދަތަކާއި، ކަނޑުތައް ފަދަ ހުރިހާ ޖިސްމުތަކެއް އަދި ހުރިހާ ވައްތަރެއްގެ ގަސްގަހާގެއްސާއި، ޖަނަވަރުތައް އެކުލެވިގެންވަނީ ސަތޭކަ އަށާރަ ޖައުހަރުންނެވެ. ދިރިހުރި ނުވަތަ މަރުވެފައިވާ ހުރިހާ މަޚްލޫޤުންގެ ބިންގަލަކީ، މި ސަތޭކަ އަށާރަ ޖައުހަރެވެ. ކޮންމެ ޖިސްމެއް ވެސް އުފެދެނީ، މި ސަތޭކަ އަށާރަ ޖައުހަރުގެ ތެރެއިން އެކެއް ނުވަތަ އެއަށް ވުރެ ގިނަ ޒައްރާތައް އެކުވެގެންނެވެ. ވަޔާއި، ފަހާއި، ފެނާއި، ހޫނުކަމާއި، އަލިކަމާއި، އިލެކްޓްރިސިޓީ އާއި، ޖަރާސީމުތަކުން ކޮމްޕައުންޑްތައް ފުންޑުކޮށްލައި ނުވަތަ އެއްކޮށްލައެވެ. ބަދަލުވަނީ ސަބަބަކާ ނުލައެއް ނޫނެވެ. މގ އަންނަ ބަދަލުގައި، ޒައްރާތަކާއި، ޖައުހަރުތަކުގެ ޔުނިޓްތައް އެއް ޖިސްމުން އަނެއް ޖިސްމުގެ ތެރެއަށް ވަދެ ނުވަތަ ޖިސްމަކުން ނުކުމެ ވަކިވެދެއެވެ. ޖިސްމުތައް ފަނާވާތައް އަހަރެމެންނަށް ފެނެއެވެ. އެކަމަކު، އަހަރެމެން ގޮތް ނިންމަނީ، އޭތި ފެންނަ ގޮތަށް ކަމަށް ވުމާއެކު، އަހަރެމެންނަށް ބޭރުފުށުން މި ފެންނަ ފަނާވުން ނުވަތަ ވުޖޫދުވުމަކީ އެހެން ޖިސްމަކަށް ބަދަލުވެގެންދާ ދިއުމެވެ؛ ޖިސްމެއް ފަނާވުން، މިސާލަކަށް، މުޅަ ހަށިގަނޑެއް ކަށްވަޅުގައި އެ ބަދަލުވަނީ، ފެނާއި، ގޭސްތަކާއި، ފަސްގަނޑުގެ މާއްދާތައް ފަދަ އެހެން މާއްދާތަކަކަށެވެ. އަހަރެމެންގެ ޙިއްސުތަކަށް އަސަރުނުކުރާ ފަދަ ބަދަލަކުން އާ މާއްދާތައް އުފެދޭ ނަމަ، އެ މާއްދާތައް އުފެދޭ ކަމެއް އަހަރެމެންނަކަށް ރޭކާއެއް ނުލާނެ އެވެ. މި ސަބަބަށް ޓަކައި، އެއަށް އައީ ހަމައެކަނި ބދަލަކަށް ވާ އިރު، އަހަރެމެން މި ނިންމަނީ ކުރިން ހުރި މާއްދާ ފަނާވީ ކަމަށެވެ. ހަމަ އެއާއެކު، މި ސަތޭކަ އަށާރަ ޖައުހަރުގެ ތެރެއިން ކޮންމެ ޖައުހަރެއްގެ ޠަބީޢަތް ބަދަލުވެ، ޖިސްމާނީ އަދި ކެމިކަލް ޙާދިސާތައް އެއިން ކޮންމެ ޖައުހަރެއް ގައި ހިނގައެވެ. ކޮމްޕައުންޑެއްގެ ތެރޭގައި ޖައުހަރެއް އެހެން ޖައުހަރަކާ (ނުވަތަ ގިނަ ޖައުހަރުތަކަކާ) އެއްވާ އިރު ބަދަލުވަނީ ދަނގަނޑު [iron] ތަކަކަށެވެ. މާނަ އަކީ އެ ޒައްރާ ނުވަތަ އެޓޮމް އިން އިލެކްޓްރޯން މަދުވެ ނުވަތަ އެއަށް އިލެކްޓްރޯން އިތުރުވެ، ޖައުހަރުގެ ތަފާތު އެކި ޖިސްމާނީ އަދި ކެމިކަލް ޚާއްޞިއްޔަތުތައް ބަދަލުވެއެވެ. ކޮންމެ ޖައުހަރެއްގެ ޒައްރާތައް އެކުލެވިގެންވަނީ ނިއުކްލިއަސްއަކާއި، އިލެކްޓްރޯން މިހެން ކިޔޭ އެކި ޢަދަދުތަކުގެ ކުދި ޕާޓިކަލްތަކުންނެވެ. ނިއުކްލިއަސް ވަނީ ޒައްރާ ނުވަތަ އެޓޮމްގެ މެދުގައެވެ. ހައިޑްރޯޖަން ފިޔަވައި، ހުރިހާ ޖައުހަރުތަކެއްގެ އެޓޮމްތަކުގެ ނިއުކްލިއަސްތައް އުފެދިފައިވަނީ ޕްރޮޓޯން ނުވަތަ ނިއުޓްރޯން މިހެން ކިޔާ ޕާޓިކަލްތަކަކުންނެވެ. ޕްރޮޓޯން ގައި ހުންނަނީ ޕޮޒިޓިވް އިލެކްޓްރިކް ޗާޖެވެ. އަދި ނައިޓްރޯން ގައި އެއްވެސް އިލެޖްޓްރިކް ޗާޖެއް ނުހުރެއެވެ. އިލެކްޓްރޯން އަކީ، އޭގެ ނިއުކްލިއަސްގެ ވަށައިގެން ދައުރުވާ ނެގެޓިވް އިލެކްޓިކް ޗާޖެވެ. އިލެކްޓްރޯންތައް އޭގެ އޯބިޓްތަކުގައި އަބަދަކު ދައުރެއް ނުވެއެވެ؛ އޭގެ އޯބިޓް ބަދަލުކުރެއެވެ.
ރޭޑިއޯއެކްޓިވް ޖައުހަރުތަކުގައި ފިޝަންސް [fissions] ކިޔާ ބަދަލުތަކެއް އޭގެ ޒައްރާ ނުވަތަ އެޓޮމްތަކުގެ ނިއުކްލިއަސްތަކުގައި ހިންގާކަން ވެސް ދަލީލުތަކުން ވަނީ ހޯދިފައެވެ. ހަމައެއާއެކު، މި ނިއުކްލިއަރ ފިޝަންތަކުގައި އެއް ޖައުހަރު އެހެން ޖައުހަރަކަށް ބަދަލުވެއެވެ؛ އަދި ބައެއް މާއްދާތައް ފަނާވެ އެނާޖީ އަށް ބަދަލުވެއެވެ. ޔަހޫދީ ފިޒިކްސް ޢިލްމުވެރިޔާ އައިންސްޓެއިން (އަވަހާރަވީ 1375ހ. [1955މ.] ގައި) ވަނީ މި ބަދަލު ގެ ފޯމިއުލާ ހަދާފައެވެ. އެހެންކަމުން، ކޮމްޕއުންޑްތަކެކޭ އެއްފަދައިން element ތައް [ނުވަތަ ޖައުހަރު] ވެސް ބަދަލުވެ، އެކަތިން އަނެކައްޗަށް ވެސް ބަދަލުވެދާނެ އެވެ.
ދިރިހުރި ނުވަތަ މަރުވެފައިވާ ކޮންމެ މާއްދާއެއް ވެސް ބަދަލުވެއެވެ. މާނަ އަކީ، ކުރީގެ މާއްދާ ފަނާވެ އާ މާއްދާއެއް ވުޖޫދުވުމެވެ. މިއަދު ވުޖޫދުގައިވާ ހުރިހާ ދިރުމެއް، މިއަދު ވުޖޫދުގައިވާ ގަސްގަހާގެހި ނުވަތަ ޖަނަވާރުތައް މިގެކުރިން ވުޖޫދެއް ނުވެއެވެ. އަދި ކުރިން ވުޖޫދުވީ އެހެން ދިރުންތަކެކެވެ. އަދި މުސްތަޤްބަލުގައި، މިހާރު ދިރިހުރި އެއްވެސް މަޚްލޫޤެއް ނުހުންނާނެ އެވެ. އަދި އޭގެ މަކާނަށް އަންނާނީ ދިރުންހުރި އެހެން މަޚްލޫޤުންތަކެކެވެ. އަދި ހަމަ އެއާއެކު، ދިރުންނެތް އެއްޗިއްސަށް ވެސް ކަން އޮތީ މިހެންނެވެ. ވުޖޫދުގައިވާ ދިރުން ހުރި އަދި ދިރުން ނެތް ހުރިހާ އެއްޗެއް ވެސް ބަދަލުވާނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ، ޖައުހަރު ނުވަތަ އެލެމެންޓެއް ކަމުގައިވާ ދަގަނޑު އަދި ކޮމްޕައުންޑްތައް ކަމުގައިވާ ހިލަޔާއި، ކަށި އަދި ހުރިހާ ޒައްރާތައް އަބަދު ވެސް ބަދަލުވެއެވެ. މާނަ އަކީ، ކުރިން ވުޖޫވި އެތި ފަނާވެ، އެހެން އެއްޗެއް އުފެދެއެވެ. ފަނާވާ އެއްޗިއްސާއި، އަލަށް އުފެދޭ އެއްޗެހި އެކަތި އަނެކައްޗާ ވައްތަރުވާ ކަމުގައި ވާ ނަމަ، އެ ތަފާތު ދެނެގަތުމަކީ، އިންސާނާގެ ސިކުނޑިއަށް ވިސްނައިގަތުމަށް ނުކުޅެދިގެންވާ ކަމެކެވެ. އިންސާނާ ހީކުރާ ގޮތުގައި، މާއްދާ އަބަދު ވެސް ވުޖޫދުގައި ވެއެވެ. އޭގެ މިސާލަކީ، ސިނަމާ ފިލްމެއް ސްކްރީން ގައި ބެލުންފަދަ އެވެ. އެހެނީ، ތަފާތު މަންޒަރުތައް ދޭތެރެ ވަރަށް ކައިރިކޮށް ލޮލަށް ފެންނަ އިރު، އެކަން ފާހަގަނުކުރެވި، ބަލާ މީހުން ހީކުރަނީ އެއް މަންޒަރެއް ޙަރަކާތްކުރަނީ ކަމަށެވެ. ކަރުދާސްކޮޅެއް އަންދައި، އަޅިއަށް ވުމުން، އަހަރެމެން ބުނަނީ ކަރުދާސް ފަނާވެ، އަޅި އުފެދެނީ ކަމަށެވެ. އެހެނީ، އަހަރެމެންނަށް ފެންނަ ބަދަލަކީ އެއީ އެވެ. އައިސް ވިރުމުން، އަހަރެމެން ބުނަނީ، އައިސް ނެތި ގޮސް، ފެން އުފެދުނީ ކަމަށެވެ. މާއްދާ އާ ބެހޭ ފަހުގެ ޢިލްމުތައް ތަފްޞީލާ އެކު (السعادة الأبديّة) މި ފޮތުގައި ބަޔާންކޮށްފައި ވެއެވެ.
شرح العقائد މި ފޮތުގެ ކުރީކޮޅުގައި العلّامة سعدالدّين مسعود بن عمر التفتازاني ވިދާޅުވެފައި ވެއެވެ.: "اللّه تعالى ފިޔަވައި ވުޖޫދުގައި ވާ ހުރިހާ މަޚްލޫޤުންނަކީ العالم އެވެ. ހަމަ އެހެންމެ، މަޚްލޫޤުންގެ ކޮންމެ ވައްތަރަކީ عالم އެކެވެ. މިސާލަކަށް، އިންސާނުންގެ عالم، މަލާއިކަތުންގެ عالم، ޖަނަވާރުންގެ عالم، ދިރުން ނެ-ތް އެއްޗެހީގެ عالم މިހެންނެވެ. ނުވަތަ ކޮންމެ މާއްދާ އަކީ ޢާލަމެކެވެ".
شرح المواقف މި ފޮތުގެ 441 ވަނަ ޞަފްޙާ ގައި العلّامة السيّد شريف الجرجاني ވިދާޅުވެފައި ވެއެވެ.: "عالم އަކީ حديث އެވެ. މާނަ އަކީ، ކޮންމެ އެއްޗަކީ މަޚްލޫޤެކެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، މަޚްލޫޤުތައް ވުޖޫދަށް އައީ ނެތުމުގެ ތެރެއިންނެވެ. [އަދި މަތީގައި ކިޔައިދީފައިވާ ފަދައިން، މަޚްލޫޤުން ދުނިޔެ އަށް އަންނަނީ އެކަތި އަނެކަތިންނެވެ.] މާއްދާ އާއި، މާއްދާތަކުގެ ސިފަތަކަކީ އަލަށް އުފެދޭ حديث އެވެ. މި މައުޟޫޢު ގައި ޤަބޫލުކުރެވޭ ތަފާތު ހަތަރު ވިސްނުމެއް ވެއެވެ.
މުސްލިމުންނާއި، ޔަހޫދީންނާއި، މަސީޙީންނާއި، މަޖޫސީން ޤަބޫލުކުރާ ގޮތުގައި، މާއްދާތަކާއި، އޭގެ ސިފަތަކަކީ އަލަށް އުފެދޭ حديث އެވެ.
އެރިސްޓޯޓަލް އާއި، އޭނާއަށް ތަބާވި ފައިލަސޫފުން ބުނާ ގޮތުގައި، މާއްދާތަކާއި، އޭގެ ސިފަތައް ވަނީ އަޒަލުގައި އުފެދިފައެވެ. އެ މީހުން ބުނާ ގޮތުގައި، މާއްދާތަކާއި، އޭގެ ސިފަތައް އުފެދިފައިވަނީ ނެތުމުގެ ތެރެއަކުނެއް ނޫނެވެ. މިޒަމާނުގެ ކެމިސްޓްރީ އިން އީޖާބީގޮތެއްގައި ސާބިތުކޮށްދެނީ، އެ ޖަދަލު ގޯސްކަމެވެ. މިފަދައިން ޤަބޫލުކުރާ މީހާ ނުވަތަ ބުނާ މީހާއަކީ އިސްލާމް ދީނުން ބޭރުވެ ކުފުރުވެފައިވާ މީހެކެވެ. ހަމައެއާ އެކު، إبن سينا (Avicenna) އާއި محمّد فرابي ވެސް ވިދާޅުވަނީ މިހެންނެވެ. ".
އެރިސްޓޯޓަލްގެ ކުރިން އުޅުނު ފައިލަސޫފުން ބުނާގޮތުގައި، މާއްދާ ވަނީ އަޒަލުގައި އުފެދިފައެވެ. އެކަމަކު، އޭގެ ސިފަތަކަކީ، އަލަށް އުފެދޭ حديث އެވެ. މިއަދު ގިނަ ސައިންސްވެރިންގެ ހުރީ މި ގޯސް ޢަޤީދާ އެވެ.
މާއްދާތަކަކީ، އަލަށް އުފެދޭ حديث ކަމަށް އަދި އޭގެ ސިފަތައް އުފެދިފައިވަނީ އަޒަލުގައި ކަމަށް އެކަކު ވެސް ބުނެފައެއް ނެތެވެ. މި ހަތަރު މަޒްހަބުން ކުރެ އެއްވެސް މަޒްހަބަކަށް ކަލިނޮސް އަކަށް އެއްބަހެއް ނުވެވުނެވެ".
އެތައް ގޮތަކުން މުސްލިމުން ސާބިތުކޮށްދޭ ގޮތުގައި، މާއްދާތަކާއި، ސިފަތަކަކީ އަލަށް އުފެދޭ حديث އެވެ. ފުރަތަމަ ގޮތް ބިނާވެފައިވާ އަސާސަކީ، މާއްދާތަކާއި، އޭގެ ހުރިހާ ޒައްރާތައް އަބަދު ވެސް ބަދަލުވާ ކަމެވެ. ބަދަލުވާ އެއްޗަކީ އަޒަލުގައި އުފެދިފައިވާ އެއްޗަކަށް ނުވާނެ އެވެ؛ އެ ވަނީ އަލަށް އުފެދޭ حديث އަށެވެ. އެހެނީ، ކޮންމެ މާއްދާއެއް، އޭގެ ކުރީގައި ވި އެއްޗަކުން އުފެދުން އަޒަލުގެ މާޒީއާ ހަމަޔަށް ރުޖޫޢައެއް ނުވާނެ އެވެ. މި ބަދަލުތަކުގެ ފެށުމެއް ވާނެ އެވެ. މާނަ އަކީ، ފުރަތަމަ އުފެދުނު ބައެއް މާއްދާތައް އުފެދިފައިވަނީ ނެތުމުގެ ތެރެއިންނެވެ. ފުރަތަމަ އުފެދުނު ބައެއް މާއްދާތައް ނެތުމުގެ ތެރެއިން އުފެދިފައިނުވާ ނަމަ، މާނަ އަކީ، އޭގެ ކުރީގެ މާއްދާއިން ފަހުން އުފެދުނު މާއްދާގެ އުފެދުން ނިމުމެއް ނެތް މާޒީއާ ހަމައަށް ދާ ނަމަ، މާއްދާއަކުން އުފެދޭ އެހެން މާއްދާތަކުގެ ފެށުމެއް ނުވީހެވެ. އަދި އެއްވެސް މާއްދާއެއް ވެސް ވުދޫޖު ނުވީހެވެ. މާއްދާތައް މިހާރު ވުޖޫދުވުމާއި، އޭގެ އެކަތި އަނެކަތިން އުފެދުން ދައްކުވައިދެނީ، ނެތުމުގެ ތެރެއިން އުފެދުނު އެންމެ ފުރަތަމަ އުފެދުނު މާއްދާ އިން އެތަކެއް މާއްދާއެއް އޭގެ ފަހުން އުފެދިފައިވާ ޙަޤީޤަތެވެ.
އަދި ހަމަ އެއާ އެކު، މަތިން ވެއްޓޭ ހިލައެއް އައީ، އަޒަލުންނޭ ނުބުނެވޭނެ އެވެ. އެހެނީ، 'އަޒަލުގެ މާނަ އަކީ، ފެށުމެއް ނުވުމެވެ'. އަޒަލުން އެއްޗެއް އައިސްފައިވުން ނުވަތަ ފެށުމެއް ނުވުމުގެ މާނަ އަކީ، ނެތުމުގެ ތެރެއިން އުފެދުމެވެ. އަދި އަޒަލުގައި އުފެދުނު އެއްޗެއް އުފެދިގެން ނުވާނެ އެވެ. އަލަށް އުފެދޭ އެއްޗަކީ، އަޒަލުން އައިސްފައިވާ އެއްޗެއް ކަމަށް ކުރެވޭ ދަޢުވާއަކީ، ބުއްދީގެ ހަމަޔާއި، މަންޠިޤާ ޚިލާފު ބާޠިލު ދަޢުވާއެކެވެ. ހަމަ އެހެންމެ، އިންސާނުން އެކަކު އަނެކަކުގެ ފަރާތުން ގިނަވުން އެއީ އަޒަލުން އަންނަ އައުމަކަށް ނުވާނެ އެވެ. އިންސާނުން ގިނަވެފައިވަނީ، ނެތުމުގެ ތެރެއިން ފުރަތަމަ ޚަލްޤުކުރެއްވި ފުރަތަމަ އިންސާނާގެ ފަރާތުންނެވެ. ނެތުމުގެ ތެރެއިން ފުރަތަމަ ޚަލްޤުކުރެއްވި އިންސާނާ ވުޖޫދުނުވާ ކަމަށާއި، މީހުން އިސްވެދިޔަ އެކަކު އަނެކަކުގެ ފަރާތުން އުފަންވީ ކަމަށް ބުނެވޭ ކަމުގައި ވާ ނަމަ، އެއްވެސް އިންސާނަކު ވުޖޫދުނުވީހެވެ. މިއީ، ކޮންމެ މަޚްލޫޤަކާ ބެހޭ ގޮތުން ވެސް ކަން އޮތް ގޮތެވެ. މާއްދާތައް ނުވަތަ މަޚްލޫޤުތައް އެކަތި އަނެކަތިން އުފެދުމާ ބެހޭގޮތުން، "އެ އެއްޗެއް އައި ގޮތަކަށް އެ އެއްޗެއް އެނބުރި ދާނެ ކަމަށާއި، ނެތުމުގެ ތެރެއިން ފުރަތަމަ އުފެދުނު އެއްޗެއް ނެތް" ކަމަށް ބުނުމަކީ ޖާހިލު އަދި ބުއްދީގެ ހަމަތަކާއި، ސައިންސާ ފުށުއަރާ ބުނުމެކެވެ. ބަދަލުއައުމުން ދައްކުވައިދެނީ، އެއީ އަޒަލީ އެއްޗަކަށް ވުމެއް ނޫނެވެ. އެކަމަކު، އެއިން ދައްކުވައިދެނީ، ނެތުމުގެ ތެރެއިން އުފެދުމެވެ؛ މާނަ އަކީ، އެއިން ދައްކުވައިދެނީ واجب الوجود ގެ ސިފައެއް ނޫނެވެ. އެކަމަކު، ممكن الوجود ކަމެވެ.
ސުވާލު: "މި عالم ހެއްދެވި ފަރާތުގެ ޒާތުފުޅާއި، ސިފަތައް ޤަދީމްވެފައި އަޒަލީ އެވެ. އެހެންކަމުން، އެކަލާނގެ ހެއްދެވުން އަޒަލީ ކަމުގައި ވާ ނަމަ، عالم ވެސް އަޒަލީ ވާން ނުޖެހޭ ހެއްޔެވެ"؟
ޖަވާބު: އަހަރެމެންނަށް އަބަދުވެސް ފެންނަ ގޮތުގައި، އަޒަލުގައި ހެއްދެވި ފަރާތް، މާއްދާތަކާއި، ޒައްރާތައް ބަދަލުކުރައްވަނީ ތަފާތު އެކި ސަބަބުތައް މެދުވެރި ކޮށެވެ؛ މާނަ އަކީ، އެކަލާނގެ އެތަކެތި ފަނާކުރައްވައި، އޭގެ ބަދަލުގައި އެހެން އެ އެއްޗެހި އުފައްދަވާ ކަމެވެ. އަޒަލުގައި ހެއްދެވި ފަރާތުން އިރާދަކުރައްވާ ގޮތަކަށް އިރާދަކުރައްވާ އިރަކު މާއްދާތައް އެކަތި އަނެކަތިން ހައްދަވައެވެ. އެކަލާނގެ ޢާލަމްތައް ޚަލްޤުކުރައްވައި، މާއްދާއާއި، ޒައްރާ އީޖާދުކުރައްވަނީ ކޮންމެވެސް ސަބަބުތަކެއް މެދުކުރައްވައިގެންނެވެ. ހަމައެފަދައިން، އެއްވެސް ސަބަބަކާ ނުލައި ވެސް، އެކަލާނގެ އިރާދަކުރައްވާ ކޮންމެ އިރަކު އެކަލާނގެ އަށް އެ އެއްޗެހި ޚަލްޤުކުރެއްވިދާނެ އެވެ.
މަޚްލޫޤުންނަކީ، އަލަށް އުފެދޭ حديث ކަމަށް އިޢުތިޤާދުކުރާ މީހާ، އެ މަޚްލޫޤުން ފަނާވާނެ ކަމަށް، ނުވަތަ ފެށުނު ގޮތަށް އޭގެ ފަހުން ފަނާވާނެ ކަމަށް ވެސް ޤަބޫލުކުރެއެވެ. އެހެނީ، ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވި ފަރާތުން އެ އެއްޗެއް ފަނާކުރައްވައި ނެތިކުރައްވައެވެ. މިއަދު ވަރަށް ގިނަ ކާއިނާތުތައް އަހަރެމެންގެ ފަސް ޙިއްސަށް އިޙްސާސްނުވާ ގޮތަށް ނެތި ފަނާވެދާ ތަން އަހަރެމެންނަށް ފެނެއެވެ.
މުސްލިމެއްގެ ޙައިސިއްޔަތުން، މާއްދާތަކާއި، ޖިސްމުތަކާއި، ހުރިހާ އެއްޗެއް ނެތުމުގެ ތެރެއިން އުފައްދަވައި، އޭގެ ފަހުން ނެތިގެންދާކަމަށް އީމާންވާން ޖެހެއެވެ. ނެތުމުގެ ތެރެއިން މާއްދާތައް ވުޖޫދަށް އައިސް، އޭގެ ފަހުން ނެތިގެންދާ ތަން؛ މާނަ އަކީ، އޭގެ ބައްޓަމާއި، ސިފަތައް ފަނާވާތަން އަހަރެމެންނަށް ދަނީ ފެންނަމުންނެވެ. މީގެ ކުރިން ކިޔައިދީފައިވާނޭ ފަދައިން، އަޒަލީ ނުވިޔަސް، ޖިސްމުތައް ފަނާވުމަށް ފަހު އޭގެ މާއްދާ ހުންނާނެ އެވެ؛ اللّه تعالى އެ ޖިސްމުތައް އުފައްދަވާފައިވަނީ ގިނަ ޒަމާންތަކެއް ކުރިންނެވެ؛ އަދި ދުނިޔެ ޤިޔާމަތްވާ އިރު، އެ މަޚްލޫޤުން ފަނާކުރައްވާނެތެވެ. މިއަދުގެ ސައިންސްގެ ޢިލްމުން، އަހަރެމެން މި ޙަޤީޤަތް ޤަބޫލުކުރުމަކަށް ހުރަހެއް ނާޅައެވެ. އެކަން ޤަނޫލުނުކުރުމުގެ މާނަ އަކީ، ސައިންސްގެ ޢިލްމު ޤަބޫލުނުކޮށް، އިސްލާމް ދީނާ ދެކޮޅުވުމެވެ. އިސްލާމް ދީނުން ސައިންސްގެ ޢިލްމަކާ ދެކޮޅެއް ނޫނެވެ. އެކަމަކު، އިސްލާމް ދީން ދެކޮޅީ އިސްލާމް ދީނުގެ ޢިލްމު ނުއުނގެނުމާއި، އަޅުކަންތަކުގެ ވާޖިބުތައް އަދާނުކުރުމެވެ. ހަމަ އެހެންމެ، ސައިންސްގެ ޢިލްމުން އިސްލާމް ދީނާ ދެކޮޅެއް ވެސް ނޫނެވެ. އޭގެ އިދިކޮޅަށެވެ. ސައިންސުން އިސްލާމް ދީން 'ކޮންފާމްކޮށް' 'ވެރިފައި'ކޮށްދެއެވެ.
عالم، حديث ކަމަށް ވާ އިރު، ޚާލިޤަކު ވާނެކަން ޔަޤީނެވެ. އެހެނީ، ކުރިން ބުނެފައިވާނޭ ފަދައިން، އޭގެ ޒާތުން ހިނގާ ޙާދިސާއެއް ނުހުރެއެވެ. ލެބޯޓަރީތަކާއި، ފެކްޓަރީތަކުގައި، ކަވި ހިސާބުތަކާއި، އެތަކެއް ތަޖްރިބާތަކުގެ ނަތީޖާ ކަމުގައިވާ ބޭހާއި، ގޭގައި ގެންގުޅޭ ސާމާނައި، އިލެކްޓްރޯނިކް އާލާތްތަކާއި، ކަރަންޓުން ބޭނުންކުރާ އެއްޗިއްސާއި، ތަފާތު އެކި ހަނގުރާމަޔާއި ފަނާކުރަނިވި ހަތިޔާރުތަކާއި، އެތަކެއް ލައްކަ ޞިނާޢީ، ދަނޑުވެރިކަމުގެ އަދި ވިޔަފާރީގެ އުފެއްދުންތައް މިއަދު އުފައްދައެވެ. އެ ހުރިހާ އެއްޗިއްސަކީ، އޭގެ ޒާތުން އުފެދުނު އެއްޗެހި ކަމަށް ދަޢުވާކުރާ އެއްވެސް މީހަކު އެބަހުރި ހެއްޔެވެ؟ ނޫނެކެވެ. އެމީހުން ބުނަނީ، އެ ތަކެތި އުފެދިފައިވަނީ، ޢިލްމާއި، ބޭނުމާއި، ކޮންމެވެސް މީހަކު އުފައްދައިގެންނެވެ. އެހެންކަމުން، ކޮންމެ ޒަމާނެއް ގައި ފެންނަ ދިރުން ލެއްވި އެތަކެއް މިލިޔަން މަޚްލޫޤުންނާއި، ޖަމާދާތާއި، ޒަމާނީ ކަވި ހޯދުންތައް ފެނިފައިނުވާ ކަމަށާއި، އެތަކެތި އެކުލެވިފައިވާ ބައިތައް އުފެދި ފާޅުވީ އޭގެ ޒާތުގައި އަމިއްލަޔަށް ކަމަށް ނުބުނަނީ ކީއްވެގެން ހެއްޔެވެ؟ އެއީ، ދެފުށްކެހެރިކަމާއި، ޖަހާލަތާއި، ކަނޑައެޅިގެން ހުރި ގަމާރުކަން ފިޔަވައި ކޯއްޗެއް ހެއްޔެވެ؟ ކޮންމެ މާއްދާއަކާއި، ޙަރަކާތް ހައްދަވާ ފަރާތަކީ ހަމައެކަނި އެންމެ ޚާލިޤަކުކަން ސާބިތުވެއެވެ. އެ ޚާލިޤަކީ، واجب الوجود އެވެ. މާނަ އަކީ، އެކަލާނގެ ވުޖޫދުވީ ނެތުމަކުން ނޫންކަމާއި، އަޒަލުގައި ވޮޑިގެންވާ ކަމެވެ. އެކަލާނގެ ވުޖޫދުވުމަށް އެއްވެސް އެއްޗެއް ބޭނުންވެވޮޑިގެނެއް ނުވެއެވެ. އެކަލާނގެ އަޒަލުގައި ވޮޑިގެންނުވި ނަމަ، އެކަލާނގެ ވީހީ ممكن الوجود ނުވަތަ އެހެން މަޚްލޫޤުން ގޮތަށް حديث ނުވަތަ މަޚްލޫޤަކަށެވެ. އޭރުން އެކަލާނގެ އުފެދިފައިވީހީ ނެތުމުގެ ތެރެއިން، ނުވަތަ ބަދަލުވެގެން، އެހެން ޚާލިޤަކު އުފައްދާފައިވާ އެހެން މަޚްލޫޤަކުންނެވެ؛ އެއާއެކު، ޢަދަދު ނޭނގޭ ވަރަށް ޚާލިޤުން ބޭނުންވާނެ އެވެ. މަތީގައި ބަޔާންކޮށްފައިވާ ގޮތަށް، މަޚްލޫޤުންނަށް އަންނަ ބަދަލު އަޒަލީނުވާނެ ކަމާއި، ޢަދަދެއް ނެތް ވަރަށް ޚާލިޤުން ނުތިބޭނެ ކަމާއި، ޚަލްޤުކުރެއްވީ އެންމެ ޚާލިޤެއްކަން ވިސްނޭނެ އެވެ. އެހެނީ، ޚާލިޤުން އެކަކު އަނެކަކު ހައްދަވާ ނަމަ، ފެށުމުގައި ވެސް ޚާލިޤަކު ނެތީހެވެ. އެހެންކަމުން، ޚަލްޤުކުރެވިފައި ނުވާ ފުރަތަމަ ޚާލިޤަކީ ހުރިހާ މަޚްލޫޤޫން އުފެއްދެވި ހަމައެކަނި ޚާލިޤެވެ. އެކަލާނގެ އަށް ފަހު އަދި ކުރިން ވެސް އެހެން ޚާލިޤަކު ނެތެވެ. ޚާލިޤު، ޚަލްޤެއް ނުކުރެވޭނެ އެވެ. އެކަލާނގެ އަބަދުވެސް ވުޖޫދުވާނެ އެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް، އެކަލާނގެ ވުޖޫދުނުވާ ނަމަ، ހުރިހާ މަޚްލޫޤުން ވެސް ވުޖޫދުވުން ހުއްޓޭނެ އެވެ. واجب الوجود އަކީ، އެއްވެސް އެއްޗެއް އެއްވެސް ގޮތަކަށް ބޭނުންވެވޮޑިގަންނަވާ ފަރާތެއް ނޫނެވެ. ބިންތަކާއި، އުޑުތަކާއި، ޒައްރާތަތާއި، މަޚްލޫޤުން ވަކި ނިޒާމެއް ގައި ހައްދަވައި އީޖާދުކުރެއްވި ފަރާތެއް ވާނީ، އެކަލާނގެ އިރާދަކުރައްވާ ކޮންމެ އެއްޗެއް ވަގުތުން ހެއްދުމަށް ޤާބިލު، އާދަޔާޚިލާފަށް ކުޅަދުންވަންތަ އަދި ދެނެވޮޑިގެންވާ ފަރާތަކަށެވެ. އެކަލާނގެ ވާނީ ބަދަލެއް ނާންނަ އެންމެ ފަރާތަކަށެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމަކީ، އަބަދީ އެއްޗެއް ނޫން ނަމަ، އަދި ދާއިމީ ޢިލްމުގެ ވެރި ރަސްކަލާނގެ ނޫން ނަމަ، މަޚްލޫޤުން ވަކި ނިޒާމެއް ގައި ހައްދަވައި އީޖާދުނުކުރެއްވުނީހެވެ. އެއް ޚާލިޤަށް ވުރެ ގިނަ ޚާލިޤުން ތިބި ނަމަ، އެއްޗެއް އުފެއްދެވުމުގައި އިރާދް ތަފާތުވީހެވެ. އިރާދަ ޤަބޫލުނުކުރެވޭ ފަރާތަކީ އިލާހަކަށް ނުވާނެ އެވެ. އަދި މަޚްލޫޤުން އޮޅުންބޮޅުން ވީހެވެ. އަދި ވަޙީކުރައްވާފައިވާ ގޮތަށް ނިޒާމް ގަޑުބަޑު ވީހެވެ. (لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ) މާނައީ: "އެ ދެ ތާނގައި (އެބަހީ: އުޑާއި ބިމުގައި) الله މެނުވީ إله ންތަކެއް ވީނަމަ، އެ ދެ ތަން ފަސާދަވެއްޖައީހެވެ". އިރާދައިގައި ނުކުޅެދޭ ފަރާތް، ނުވަތަ ބޭނުންވާ ކަންތައް ނުކުރެވޭ ފަރާތް އިލާހަކަށް ނުވާނެ އެވެ. އިތުރު މަޢުލޫމާތު ބޭނުންވާ މީހުން، ޢަރަބި ބަހުންނާއި ތުރުކީ ބަހުން علي الأوشي (އަވަހާރަވީ 575ހ. [1180މ.]) ލިޔުއްވާފައިވާ قصيدة الأمالي ބައްލަވާށެވެ.
ޚާލިޤަށް ބަދަލެއް އައުމެއް ނެތެވެ. ކައުނު އުފެއްދެވުމުގެ ކުރިން އެކަލާނގެ ވޮޑިގެންވީ މިހާރު ވެސް ވޮޑިގެންވާ ގޮތަށެވެ. އެކަލާނގެ ހުރިހާ އެއްޗެއް ނެތުމުގެ ތެރެއިން ހެއްދެވި ހެން، އަބަދު ވެސް އަދި މިހާރު ވެސް ހުރިހާ އެއްޗެއް ހައްދަވައެވެ؛ އެހެނީ ބަދަލުއައުމަކީ، ނެތުމުގެ ތެރެއިން އެކަލާނގެ އުފައްދަވާ ކަމުގެ ދަލީލެކެވެ. މަތީގައި ބަޔާންކުރެވިފައިވާ ފަދައިން، އެކަލާނގެ އަބަދު ވެސް ވޮޑިގެން ވެއެވެ. އަދި އަބަދަށް ދެމިވޮޑިގެން ވެއެވެ. މި ސަބަބަށް ޓަކައި، އެކަލާނގެ އަށް އެއްވެސް ބަދަލެއް ނާދެއެވެ. މަޚްލޫޤުން އުފެދުމުގައި އެކަލާނގެއަށް ބޭނުންވި ފަދައިން، ކޮންމެ ހިނދުކޮޅަކު ވެސް މަޚްލޫޤުން އެކަލާނގެ އަށް ބޭނުންވެއެވެ. ހުރިހާ އެއްޗެއް ހައްދަވައި، ހުރިހާ ބަދަލެއް ގެންނަވަނީ، ހަމައެކަނި އެކަލާނގެ އެވެ. އެކަލާނގެ ހުރިހާ އެއްޗެއް ހައްދަވަނީ، ވާސިޠާއަކުންނެވެ. އެއީ، ކޮންމެ އެއްޗެއް ވަކި ނިޒާމެއްގެ މައްޗަށް ހިނގުމަށާއި، އިންސާނުން ޙަޟާރަތުގައި ދިރިއުޅުމަށް ޓަކައެވެ. ސަބަބުތައް އުފެއްދެވި ގޮތަށް، އެކަލާނގެ އަސަރުކުރުމުގެ ބާރާއި، ސަބަބުތަކަށް ކަމެއް ވެސް ހެއްދެވި އެވެ. އިންސާނާ އަށް އެއްވެސް އެއްޗެއް ނުއުފެއްދޭނެ އެވެ. އެކަމަކު، އިންސާނުންނަކީ ހަމައެކަނި މާއްދާތަކުގައި ސަބަބުތަކަށް އަސަރުކުރުމުގެ ވަސީލަތްތަކަށެވެ.
ބަނޑުހައިވުމުން ކެއުމާއި، ބަލިވުމުން ބޭސް ކެއުމާއި، އުއްބައްތިއެއް ދިއްލުމަށް އަލިފާންދަނޑިއެއް ރޯކުރުމާއި، ހައިޑްރޯޖަން ހޯދުމަށް ޒިންކަށް އެސިޑް އެޅުމާއި، ސިމިންތި ހެދުމަށް ކްލޭއާ އުވަ އެއްކޮށްގެން ހޫނުކުރުމާއި، ކިރު ހޯދުމަށް ގެރިއަށް ކާންދިނުމާއި، ކަރަންޓު ހޯދުމަށް ހައިޑްރޯ އިލްކްޓްރިކް އިންޖީނުގެ ހެދުމާއި، ކޮންމެ ވައްތަރެއްގެ ކާރުޚާނާ އެޅުމަކީ، اللّه تعالى ގެ މަޚްލޫޤުން ބޭނުންކުރާ ސަބަބުތަކާއި ވަސީލަތްތަކުގެ މިސާލެކެވެ. އޭރުން اللّه تعالى އާ އެއްޗެހި އުފައްދަވާނެ އެވެ. އަދި އިންސާނުންނަކީ، اللّه تعالى ޚަލްޤުކުރެއްވުމުގެ ވަސީލަތެކެވެ. اللّه تعالى ޚަލްޤުކުރައްވަނީ މިފަދައިންނެވެ. އެހެންކަމުން، "މީތި އުފެއްދީ އިންސާނާއޭ" އަދި "މީތި ހެދީ އަހަރެމެން" މިފަދައިން ޖާހިލު ގަމާރެއް ނޫނީ ނުބުނާނެ އެވެ. މީސްތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ، އެބައިމީހުން ހެއްދެވި އެކަލާނގެ މެނުވީ އެހެން އިލާހަކު ނެތް ޚާލިޤަށް ލޯބިވުމާއި، ދިރުއްވަވާ، މަރުގަންނަވާ ޚާލިޤަށް އިޚްލާޞްތެރި އަޅުންގެ ގޮތުގައި ތިބުމެވެ. އެބައިމީހުން ވާންޖެހޭނީ އެކަލާނގެ ޚާދިމުން އަދި އަޅުތަކުންނަށެވެ. މާނަ އަކީ، ކޮންމެ މަޚްލޫޤަކު ވެސް، އެކަލާނގެ އަށް އަޅުކަންކޮށް، ކިޔަމަންތެރިވެ އަދި އިޙްތިރާމް އަދާކުރުމެވެ. މި ޙަޤީޤަތް ވަނީ ވަރަށް ތަފްޞީލުކޮށް މި ފޮތުގެ ތަޢާރަފުގައި ލިޔެވިފައެވެ. ޚުދު އެކަލާނގެ ވަނީ واجب الوجود، އުފަންވުމެއް އަދި އުފަންކުރުމެއް ނެތް، އެއްކައުވަންތަ އިލާހުގެ ނަންފުޅަކީ اللّه ކަން ކަނޑައަޅުއްވާފައެވެ. ޚުދު އެކަލާނގެ އަހަރެމެންނަށް އަންގަވާފައިވާ އެކަލާނގެ ޒާތުފުޅުގެ ނަން ބަދަލުކުރުމުގެ ޙައްޤެއް އިންސާނުންނަށް ލިބިގެނެއް ނުވެއެވެ. އެކަމެއް ކުރުމުގެ ޙައްޤު ނެތް ކަމެއް ކުރުމަކީ ވަރަށް އަނިޔާވެރި އަދި ހުތުރު ކަމަކަށް ވާނެ އެވެ.
މަސީޙީންނާއި، އެ މީހުންގެ ފާދިރީން ޤަބޫލުކުރާ ގޮތުގައި، ތިން ޚާލިޤުން ވެއެވެ. މަތީގައި އަހަރެމެން ހުށަހެޅި ހެކިތަކުން އަންގައިދޭ ޙަޤީޤަތަކީ، ވޮޑިގެންވަނީ އެންމެ އިލާހަކު ކަމާއި، މަސީޙީ ދީނާއި، އެމީހުންގެ ފާދިރީން ގެނެސްދޭ ފާސިދު ޖަދަލުތައް ބާޠިލު ކަމެވެ.
اللّه أكبر اللّه أكبر لا إله إلّا اللّه
واللّه أكبر اللّه أكبر و للّه الحمد